Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރު ޕްރޮމޯޓް ނުކުރާނަމަ ސިޔާސީ ބޭފުޅުންގެ ބޭނުމެއް ނެތް

ސިޔާސީ ބޭފުޅުން، އެ ބޭފުޅުންގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ޓުވީޓެއްހާ މިންވަރުވެސް ކޮށްނުލާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 14:49
ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ބައެއް ބޭފުޅުން

ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ބައެއް ބޭފުޅުން

ކޮންމެ ވެރިކަމެއްގައިވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަނީ ވަކި ބޭނުމެއްގައެވެ. ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އެންމެ ބޮޑު ޒިންމައަކީ ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރުމެވެ. އަދި ގައުމުގައި ހިންގާ ބޮޑެތި މަޝްރޫއުތައް ޕްރޮމޯޓްކޮށްދީ، އެ ވެރިކަމެއްގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދިނުމެވެ.

މި ސަރުކާރުވެސް ވެރިކަމަށް އައީ، މީގެ ކުރީގެ ސަރުކާރުތައްވެސް ވެރިކަމަށް އައި ގޮތަށް ކޯލިޝަނެއްގެ ތެރެއިންނެވެ. ކޯލިޝަންގެ ލީޑަރުން ގަބޫލްކުރާ އެއް ސިޔާސަތެއް ހިފައިގެން އެ ސިޔާސަތު ތަންފީޒު ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން އެކުލަވާލި ކޯލިޝަން ބަދަހިކަމާއެކު އޮތްކަމެވެ. އެ ލީޑަރުން މިހާރު ވެރިކަމުގައި ހުން ނެވި ރައީސުލްޖުމްހޫރިއްޔާއާއެކު ބަދަހި ކަމާއެކު އެބަ ތިއްބެވެ.  އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމަކަށް ކޯލިޝަން ލީޑަރުން ތާއީދު ކުރައްވައެވެ. އަދި ރައީސް ކަންކަން ނިންމަވަނީވެސް ލީޑަރުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިއީ މި ކޯލިޝަން ބަދަހި ކަމާއެކު ދެމި އޮތުމުގެ އަސްލެވެ.

ލީޑަރުންގެ މި ބަދަހިކަން މިހެން ފެނުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ ފަރާތުން އެންމެ އެކަށީގެންވާ ގޮތުގައި ސަރުކާރު ޕްރޮމޯޓްކުރާ މަންޒަރު ނުފެންނާތީ ގިނަ ބަޔަކު އެ ވާހަކަ ދައްކައެވެ. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުފެނެއޭ ދެންނެވުމުންވެސް ދޮގަކަށް ނުވާނެއެވެ. ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ސޯޝަލް މިޑިއާގައި ޕްރޮމޯޓް ކުރާތަން ފެންނަނީ މަދު ބޭފުޅެއްގެ ފަރާތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑިޕީގެ ސިޔާސީ އެކްޓިވިސްޓުންވެސް ގިނަ ފަހަރަށް ފެންނަނީ ރައީސްގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވާ މަންޒަރެވެ. މިހެން މިކަން ހިނގަމުން އަންނާތީ ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކުގެ ވާހަކަ ވައިގަ ނުހިފައެވެ. މިކަމުގެ ޒިންމާ ސިޔާސީ ބޭފުޅުން ނަންގަވަން ޖެހެއެވެ. މަޝްރޫއުތައް ޕްރޮމޯޓް ކޮށް ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރުމުގެ ބައި ވަރަށް ދަށްކޮށް ދާކަން އެންމެ ބޮޑަށް އެނގިގެންދަނީ، ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ހިއްސާ ކުރުމަށް ޓީވީ ޕްރޮގްރާމަކަށް އެރުމަށް މި ދެންނެވި ސިޔާސީ ބޭފުޅުންނަށް ދައުވަތު އެރުވި ނަމަވެސް ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅަކު ނުވާތީއެވެ. އެހެންކަމުން މި ބޭފުޅުން ބޮޑު މުސާރައިގައި ތިބުމުގެ މާ ބޮޑު ބޭނުމެއް އޮތްކަމަށް ނުފެނެއެވެ.

ހަމައެއާއެކު، ރައީސް ސާލިހު ވަޒީފާ ދެއްވާފައިވާ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް ސިޔާސީ މަގާމްތަކުގައި އެތައް ބޭފުޅުންނެއް ތިއްބެވިއިރު، މި ބޭބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއަރުވާ، ސަރުކާރަށް އަމާޒުވާ ސިޔާސީ ހަމަލާތަކުގެ ދިފާއުގައި މަސައްކަތް ކުރައްވާ މަންޒަރުތައް ހަގީގަތުގައިވެސް ފެންނަމުން ނުދާކަމުގައި ދަންނަވަން ޖެހެއެވެ.

މި ސަރުކާރުގެ ފާއިތުވި ދެ އަހަރާއި ބައިގައި ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. މި ކެމްޕެއިން އިދިކޮޅުން ހިންގާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ސިޔާސީ މަގާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ އައްޔާން ކުރައްވާފައިވާ ބޭފުޅުންގެ ފަރާތުން މި ކެމްޕެއިނާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރާ މަންޒަރެއް ނުފެނެއެވެ. ސަރުކާރުގެ ދިފާއުގައި ސޯޝަލް މިޑިއާގައިވެސް އެއްޗެއް ލިޔެލާނެ ބޭފުޅަކު ނެތެވެ. ސިޔާސީ ބޭފުޅުން، އެ ބޭފުޅުންގެ އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ޓުވީޓެއްހާ މިންވަރުވެސް ކޮށްނުލައެވެ. މިއީ މިހާތަނަށް ފެންނަން އޮތް ސާފު ހަގީގަތެވެ.

މިކަންކަން މިހެން އޮތުން މިއީ ސިޔާސީ ގޮތުންނާއި، އަދި ކުރިޔަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ސާލިހް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ ތަރައްގީގެ މުހިންމު ޕްލޭންތަކަށް އޮތް ބޮޑު ގޮންޖެހުމެއް ކަމުގައި ވެގެން ދިޔުން އެކަށީގެން ވެއެވެ. ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ސާލިހުގެ ސިޔާސަތުތަކާއި، ސަރުކާރުގެ އެޖެންޑާއެވެ. ސަރުކާރުގެ މެނިފެސްޓޯއެވެ. އަދި ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިމަގުން މަސައްކަތް ކުރެއްވުމަކީ އެ މަގާމުތަކަށް އެ ބޭފުޅުން އައްޔަން ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމެވެ.

ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތުކޮށް، ސަރުކާރުގެ ތަރައްގީއާއި އަދި އެނޫންވެސް ސިޔާސަތުތަކާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށް، ދެވަނަ ސިޔާސީ ފިކުރެއްގައި މަސައްކަތްކުރާނަމަ އެ ބޭފުޅުންނަށް ސިޔާސީ ވަޒިފާތަކުގައި ބޮޑު މުސާރައިގައި ދެމި ތިބެވިގެން ނުވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު