Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ބިން ހިއްކުން

އައްޑޫ ސިޓީގެ ބިން ހިއްކުމަށް ވެފައި އޮތް ވައުދު އެގޮތަށް ނިމިގެންދާނެ - ރައީސް

30 މާރިޗު 2022 | ބުދަ 13:45

އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނީ، މިޓިގޭޝަން މެޝަރސްތައް އޭގައި ހުރިގޮތަށް އަޅައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2022 | ބުދަ 13:45
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުން

އައްޑޫ ސިޓީގެ ބިން ހިއްކުމަށް ވެފައި އެ އޮތް ވައުދު އެގޮތަށް ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަފުޅުދަައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބިން ހިއްކުން އެއީ އައްޑޫ ސިޓީގެ ވައުދުނާމާގައި އޮތް ކަމެއް ކަމަށާއި، އެ ވައުދުނާމާ ތަންފީޒުކުރަމުންދާއިރު, އެކަން ކުރާނެކަމަށެވެ. ރައީސް ވިދާޅުވީ އޭގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި، އޭގައި ތިމާވެއްޓާބެހޭ މައްސަލަތަކެއް އަދި ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ތަރައްގީގެ ކޮންމެ މަޝްރޫެރއްގައި، ތިމާވެެއްޓާ ގުޅުންހުރި މިފަދަ މައްސަލަތަކެއް ހުންނަ ކަމަށެވެ. އެހެންކަމާއެކު އީ.އައި.އޭ.އެއް ހަދަމުންދާ ކަމަށާއި، އެއަށްފަހު، ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަން ހައްލުކޮށް، އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް ބަލައިގެން، އެފަދަ މަޝްރޫއުތައް ކުރިއަށްގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ބިން ހިއްކުމުގެ މައްސަލަވެސް ގެންދަވާނީ އެގޮތަށް ކަމަށެވެ. އަދި އީ.އައި.އޭ.ގެ ކޮންސަލްޓަންސީގެ ބައްދަލުވުންތަކެއް، މާރިޗު 9 ވަނަ ދުވަހު ބޭއްވި، އެންމެފަހުގެ ހުށަހެޅުންތައް އީ.ޕީ.އޭ.އަށް ހުށަހަޅައި، ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ރައީސް ވިދާޅުވީ ލަސްތަކެއްނުވެ އެޕްރޫވަލް ލިބިގެންދާނެ ކަމަށެވެ. އަދި އެއާއެކު އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނީ، މިޓިގޭޝަން މެޝަރސްތައް އޭގައި ހުރިގޮތަށް އަޅައިގެން ކަމަށާއި، އައްޑޫ ސިޓީގެ ބިން ހިއްކުމަށް ވެފައި އޮތް ވައުދު އެގޮތަށް ނިމިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫއިން 90 ހެކްޓަރުގެ ބިން، ހުޅުމީދޫއިން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި, ޓޫރިޒަމަށް ޚާއްސަކޮށްގެން ފަސް ހެކްޓަރުގެ 2 ރަށް ހިއްކުން ހިމެނެއެވެ. އަދި މަރަދޫ/މަރަދޫފޭދޫއިން 76 ހެކްޓަރުގެ ބިން ހިއްކުމާއި، ޓޫރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ 3 ރަށާއި 3.3 ހެކްޓަރުގެ 2 ރަށް ހިއްކުން ހިމެނެއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކަމުންދާއިރު، ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، އެ ތަނުގައި 5 ރަށް ހިކިގެންދާނެ ކަމަށެވެ. އެކަން ވެގެންދާނީ، މި ސަރަހައްދަށް ޓޫރިޒަމް ގެނައުމަށްޓަކައި ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް ކަމަށެވެ. އަދި މިހާތަނަށްއައިއިރު، އިގުތިސާދަށް ކުރިމަތިވި ދަތިކަމާއެކު, އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މިހާތަނަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި މިވޭތުވެދިޔަ 3 އަހަރު ބަޖެޓުން ކުރި ޚަރަދުގެ ބޮޑު ބައެއް ކަމަށެވެ. އައްޑޫ ސިޓީގައި ކުރަން ޖެހިފައި ހުރި މަސައްކަތްތައް ގިނަ ކަމަށާއި، އައްޑޫ ސިޓީ ބޭނުންވާ ޚިދުމަތްތައް ބައިވަރު އެބަހުރި ކަމަށެވެ. އަދި މި ކަންތައްތައް ކުރެވޭނީ އެގޮތަށް، މި ޚަރަދުތައް ކޮށްގެން ކަމަށާއި، މިއީ ބޭކާރު ޚަރަދެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ މީގެ ފައިދާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް