Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަތަރުގެ މައްސަލަ

ރާއްޖެ ހިނގަމުންދަނީ ބޭރުގެ މަދު ބައެއްގެ ބާރުގައި: އާޒިމް

ގަތަރާ ގުޅުން ކަނޑާލާފައިވަނީ ރާއްޖެއާއެކު ޖުމުލަ ހަތް ގައުމަކުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 7 ޖޫން 2017 | ބުދަ 01:23
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

ދިވެހިރާއްޖެ ހިނގަމުންދަނީ ބޭރުގެ ނުފޫޒު ގަދަ މަދު ގައުމުތަކެއްގެ ބާރުގައިކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ދިވެހިރާއްޖެ ހިންގުމުގައި ރައީސް ޔާމީންގެ ކޮންޓްރޯލެއް ނެތް ކަމަށާއި މި ގައުމު ހިނގަމުންދަނީ ބޭރުގެ މަދު ގައުމުތަކެއްގެ ނުފޫޒާއި އެއްގޮތަށް ކަމަށެވެ.

ގަތަރާއެކު އޮތް 33 އަހަރުގެ ޚާރިޖީ ގުޅުން ކަނޑާލުމާއި ގުޅޭ ގޮތުން އަލީ އާޒިމް ވިދާޅުވީ، އެހާގިނަ ދުވަހު އޮތް ގުޅުމެއް ކަނޑާލުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ހިތާމައެއް ލިބިގެންދާނެ ކަމެއް ކަމަށެެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ކަނޑައަޅަނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި ފައިދާއަށް ވިސްނާފައި ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހަގީގަތަކީ ރާއްޖެއަށް ވަރަށް ގިނަ ގޮތްގޮތުން އެހީވާ ގައުމަކާއި މިފަދަ ގޮތަކަށް ގުޅުން ކަނޑާލުން އެއީ އެއްވެސްވަރަކަށް ވިސްނާފައި ކުރެއްވިކަމެއް ނޫންކަން. ދިވެހި ރައްޔިތުންނާއި ސިޔާސީ އެއްވެސް ކަމަކާބެހޭ ފަރާތަކާއި މަޝްވަރާކުރުމަށްފަހު ނިންމެވި ނިންމެވުމެއް ނޫން" އާޒިމް ވިދާޅުވިއެވެ.

ސައުދީގެ ރިޔާޒުން އަންނަ ފޯނު ކޯލަކުން ގައުމަކާއި އޮންނަ ޚާރިޖީ ގުޅުން ކަނޑާލާ ނަމަ ދިވެހިރާއްޖެ ވަރަށް ދަށު ދަރަޖައިގައި ކަމަށް އާޒިމްވިދާޅުވިއެވެ. މި ހިސާބަށް ކަންކަން ދިއުމުން ރައީސުލްޖުމްހޫރިއްޔާގެ މެޑިކަލް ކަންޑިޝަނާއި ދޭތެރޭ ދިވެހިން ކުރާ ސުވާލަށް އެމަނިކުފާނު ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ދިމާވެގެން އުޅޭ ގަތަރުގެ މި މައްސަލައަކީ އަރަބި ގައުމުތަކާއި ޖެހިގެން އުޅޭ މައްސަލައެއްކަމަށާއި، ރާއްޖެއިން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ މިވަގުތު ހިނގަނީ ބޭރުގެ މަދު ގައުމަކުން ބުނާގޮތަކަށް ކަމަށާއި، އެގޮތަށް ކަން ނުކޮށްފިނަމަ، ސަރުކާރުން ބޭނުންވާ ފައިސާއާއި ބޭނުންވާ ސާމާނު އެ ބޭނުންވާ މީހާއަށް ލިބުމާއި ދޭތެރޭގައި ޝައްކު އުފެދޭކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މިހާރު ސައުދީއާއި ޗައިނާއިން ފިއްތާލުމުން އެމީހުން ބޭނުންވާ ގޮތަށް ކަން ކުރާތަން މި ފެންނަނީ" އާޒިމް ވިދާޅުވިއެވެ.

މިއަދު ޓެރަރިސްޓުންނަކީ ކޮބައިކަން އޮޅިއްޖެކަމަށާއި، ރައީސް ނަޝީދަށް ޓެރެރިސްޓެއްގެ ލަގަބު ދިން އިރު ރާއްޖެއިން އައިސިސްއަށް ދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ޓެރެރިޒަމާއި ދެކޮޅަށް އަޅުގަނޑުމެން ފިޔަވަޅެއް އެޅުމުގެ ކުރިން ސީރިޔާއަށް ހަނގުރާމައަށް މީހުން ދިއުން ހުއްޓުވުން މާ ރަނގަޅުވާނެކަަމަށް އާޒިމް ވިދާޅުވިއެވެ.

އެކަން ނުހުއްޓުވާ އެހެންގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރާއްޖެއިން ވަނުމުގެ ބޭނުންނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޓެރެރިޒަމް ހުއްޓުވުމަށް ހިތްވަރު ދިނުމަށް ކަމަށް ބުނެ މެދު އިރުމަތީގައި އޮތް މި މައްސަލަގަނޑުގެ ތެރެއަށް ރާއްޖެއިން ވަނީ އަމިއްލަ ފައިދާގަނޑަކަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު