Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ ސިޓީގެ ތަރައްގީ

އައްޑޫ ސިޓީއަށް ރައީސް ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރޫއެއް ދަނީ ކުރިއަށް - މޭޔަރ

އައްޑޫގެ ކަސްޓަމްސް އިމާރާތް ނިމިފައިވާ ކަމަށާއި ދިގު އަހަރެއް ވަންދެން ނުނިމި އޮތް ދަނޑެއް މިހާރު ނިމެމުން އަންނަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 މާރިޗު 2022 | ހޯމަ 10:27
އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރ

އަލީ ނިޒާރު - އައްޑޫ ސިޓީގެ މޭޔަރ

އައްޑޫ ސިޓީއަށް ރައީސް ވައުދުވެވަޑައިގެންނެވި ބޮޑެތި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފެށިގެން ހިނގައްޖެ ކަމަށާއި، މަސައްކަތުގެ 80 އިންސައްތަ މި ދައުރު ތެރޭގައި ނިމިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްމުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ ބަނދަރު ހުޅުވުމަށް  ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ، މިހާރު ފެނިގެން މިދަނީ، ރައީސް ސާލިހު އައްޑޫ ސިޓީއަށް ވައުދުވެވަޑައިގެންފައިވާ އަދި އައްޑޫ ސިޓީއށް ޚާއްސަކޮށްގެން މެނިފެސްޓޯގައި ހިމެނިފައިވާ ހުރިހާ ކަމެއް ކުރެއްވުމަށް ސޮއި ކުރެވި ނުވަތަ އަމަލީ މަސައްކަތް ފެށިގެންދާތަން ކަމުގައެވެ.

Advertisement - newsAdvertisement

އައްޑޫގެ ކަސްޓަމްސް އިމާރާތް ނިމިފައިވާ ކަމަށާއި ދިގު އަހަރެއް ވަންދެން ނުނިމި އޮތް ދަނޑެއް މިހާރު ނިމެމުން އަންނަކަން ނިޒާރު ފާހަގަކުރެއްވިއެވެ.

މިއީ ވެރިކަމެއްގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި މިހާ ގިނަ މަޝްރޫއުތަކެއް ހިންގާ ފަހަރުކަމުގައި ނިޒާރު ވިދާޅުވިއެވެ.

މުޅި އައްޑޫ ސިތީގެ ހުރިހާ އަވަށެއްގެ މަގު ހެދުމާއި، 195 ހެކްޓަރުގެ ބިން އިތުރުވެގެން އަންނަ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ މަޝްރޫއުތައް ނިމިގެން އަންނައިރު އެއީ ޒަމާނީ ފެންވަރަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައެވެ. އެހެންކަމުން ރައީސް ސާލިހަށް އައޑޫ ސިޓީގެ ހުރިހާ ރައްޔިތުންގެ ހިފެހެއްޓުމެއް ނެތް ޝުކުރު ހައްގު ކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރުއައްްޑޫ ސިޓީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު