Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލުނު ހުޅުވުން

ޑްރަގް ޓްރީޓްމެންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކުރި ''ވިލުނު'' ހުޅުވައިފި

ވިލުނުގެ އިންހައުސް ކެޕޭސިޓީއަކީ 60

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2022 | އާދީއްތަ 17:52
ޑްރަގް ޓްރީޓްމެންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކުރި ''ވިލުނު'' ހުޅުއްވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން

ޑްރަގް ޓްރީޓްމެންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކުރި ''ވިލުނު'' ހުޅުއްވައިދެއްވި ރަސްމިއްޔާތުގެ ތެރެއިން

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގާއިމްކުރި ''ވިލުނު'' ސެންޓަރ ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް، މިތިން ބޭފުޅުންނެވެ.

Advertisement - newsAdvertisement

ވިލުނު އަކީ ސަދަން ރީޖަންއަށް އަމާޒުކުރެވިގެން ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ފަރުވާދޭ މަރުކަޒެކެވެ. މިތަނުގެ އިންހައުސް ކެޕޭސިޓީއަކީ 60 އެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން ބުނީ ވިލުނު ސެންޓަރުން ދެވޭ ފަރުވާގެ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުން ކަމަށާއި، ވިލުނުގެ ޕްރޮގްރާމްތައް ބިނާވެގެންވަނީ ސައިކޮތެރަޕީގެ ދަށުން ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި މިތަނުގައި ހިންގޭ ފަރުވާގައި ހިމެނެނީ ޑިޓޮކްސިފިކޭޝަން، ޓްރީޓްމަންޓް، ރެސިޑެންޝިއަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރީހެބިލިޓޭޝަން, އަދި ރީއިންޓެގްރޭޝަން ފަރުވާ ކަމަށް ޑްރަގް އެޖެންސީން ބުނެއެވެ.

މިތަނުން ދެވޭ ފަރުވާގެ މުއްދަތު ބިނާވެގެންވާނީ ފަރުވާ ހޯދާ މީހާގެ ބޭނުންތަކަށާއި އަދި ފަރުވާއާއެކު އެމީހެއްގެ ހާލަތު ރަގަޅުވަމުންދާ ވަރެއްގެ މައްޗަށެވެ.

ވިލުނުގެ ޚިދުމަތް ފެށުމުގެ ގޮތުން ސ. ހުޅުމީދޫގެ ރަށު ކައުންސިލް، ހެލްތް ސެންޓަރ، އެން.ޖީ.އޯސް،، ޕޮލިސް ފަދަ ކަމާ ގުޅުންހުރި ދާއިރާތަކަށް ވަނީ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ހިންގިފައެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމާއި، ގުޅުންހުރި ދާއިރާތަކުގެ އެއްބާރުލުން ފަރުވާގެ ޕްރޮގްރާމް ހިންގުމަށް ހޯދުމެވެ. އަދި މީގެ އިތުރުން ޕްރޮގްރާމްގައި ހަރަކާތްތެރިވާ ޓެކްނިކަލް މުވައްޒަފުންނަށް ފަރުވާއާއި ގުޅޭ ތަމްރީން ދެވިފައިވާ ކަމަށް ޑްރަގް އެޖެންސީން ބުނެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީމަސްތުވާތަކެތި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު