Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ރޯޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ 1 ބިލިއަން ރުފިޔާގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

27 މާރިޗު 2022 | އާދީއްތަ 12:09

ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މާރިޗު 2022 | އާދީއްތަ 12:09
އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާއި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވަނީ

އައްޑޫ ސިޓީގެ މަގުހެދުމުގެ މަޝްރޫއާއި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވަނީ

"އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ފެނުގެ ނިޒާމް ގާއިމްކުުރުމުގެ 1 ބިލިއަން ރުފިޔާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އާދީއްތަ ދުވަހުގެ މެންދުރު އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވިއިރު ރައީސްގެ އަރިހުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖަޔަރ ޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން, އައްޑޫ ސިޓީގެ މަގުހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށްޓަކައި 21 ފެބްރުއަރީ 2021ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ދެމެދު ސޮއިކުރެވުނެވެ. މި މަޝްރޫއުގެ އަގު 77،630،898.00 (ހަތްދިހަ ހަތް މިލިއަން ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިހަ އަށް) ޔޫއެސް ޑޮލަރަށް އަރާއިރު, އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 1,197,068,447.16 (އެއްބިލިއަން އެއްސަތޭކަ ނުވަދިހަ ހަތް މިލިއަން ފަސް ދޮޅަސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަތް ރުފިޔާ ސޯޅަ ލާރި)އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންޓަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ "އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ- އެލް.އީ.އޭ އެސޯސިއޭޓް ސައުތު އޭޝިއާ ޖޭވީ"އެވެ. އައްޑޫސިޓީގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ މަގުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ, ޑިޒައިންކުރުމާއެކު ކޮންސްޓްރަކްޝަންގެ މަސައްކަތް ހިމެނޭ ގޮތަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ ފެން ހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ. އެގޮތުން ގާއިމްކުރާ ފެންހިންދާ ނިޒާމުގެ ޖުމްލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެއެވެ.

މި މަޝްރޫއުގައި ހިމެނޭ, މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގައު އަތުރައިގެން ތަރައްގީކުރާނެއެވެ. ހަމައެއާއެކު ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންޓް ސްޓެބިލައިޒްޑް ބޭސް (ސީ.އެސް.ބީ) ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ސީ.އެސް.ބީ ލޭޔަރގެ މަގުސަދަކީ ގާއިމްކުރާ ފެންހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި އެ ނިޒާމަށް ދިމާވެދާނެ މައްސަލަތަކުން އެ ނިޒާމު ރައްކާތެރިކުރުމެވެ. ސީ.އެސް.ބީ ލޭޔަރ އެޅޭ މަގުތައް, ތާރު ނުވަތަ ޕޭވަރ ބްލޮކް މަގުތަކެއްގެ ގޮތުގައި އިތުރަށް ތަރައްގީކުރުމަށާއި، މިމަޝްރޫއުގައި ނުހިމެނޭ ބައެއް މަގުތައް ތަރައްގީކުރުމަށް ހިމެނުމަށާއި، އަދި ފޭދޫގައި މިހާރު ގާއިމުކުރެވިފައިވާ ފެންހިންދުމުގެ ނިޒާމުގައި ނުހިމެނޭ ސަރަހައްދުތަކުގައި މިނިޒާމު ގާއިކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުގެ އެލް.އޯ.ސީގެ ދަށުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅި, މިހާރުވަނީ އެޕްރޫވްކުރުމުގެ މަރުހަލާގައެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ނިމޭއިރު އައްޑޫ ސިޓީގައި މިހާރު ތާރުއަޅާފައިވާ މަގުތަކުގެ ތެރެއިން ޖުމްލަ 4.3 ކިލޯމީޓަރު މަގުގެ ރީސަރފޭސިންގ މަސައްކަތް ކުރުމަށާއި, ތަރައްގީކުރާ މަގުތަކުގައި މަގުބައްތިއާއި ސީސީޓީވީ ކެމެރާ ހަރުކުރުމާއި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކަންކަމުގެ އިތުރުން، އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 463.1 ކިލޯމީޓަރުގެ އައު 4 ލޭންގެ ޑީޓުއަރ ލިންކް ރޯޑެއްވެސް މިމަޝްރޫއުގެ ދަށުން ގާއިމްކުރެވޭކަމީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ތަރައްގީގެ އާ އަރުތަތަކެކެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް