Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝާމިލްއަޑު އިފްތިތާހުކުރުން

"ޝާމިލްއަޑު" އަކީ މަދަރުސަތަކުގައި ޝާމިލު ވެއްޓެއް ޤާއިމުކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް - މިނިސްޓަރ

މި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އާއި ޖަވާބު ޕްރައިވެޓް ލިމިޓެޑާގުޅިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2022 | ހޯމަ 11:02
ޝާމިލްއަޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވާހަކަ ދައްކަވަނީ

ޝާމިލްއަޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވާހަކަ ދައްކަވަނީ

ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން އުފެއްދި ކޮމްޕިއުޓަރ އެޕްލިކޭޝަން، "ޝާމިލް އަޑު" މިއީ މަދަރުސަތަކުގައި ޝާމިލު ވެއްޓެއް ޤާއިމުކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ 'ޝާމިލުއަޑު' އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ މި އެޕްލިކޭޝަނުން ދިވެހި ބަހުން ލިޔެފައި ހުންނަ ލިޔުންތައް އަޑުއެހުމުގެ ޤާބިލުކަން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އެ ކުދިންނަށް، ވަސްމީރުގެ އައު ގުލްޒާރަކަށް ވަނުމަށް ހުޅުވޭ ދޮރޯއްޓެއް ކަމަށާއި، މިއީ އެކުދީންނަށް އެހެންޏާ ނުއިވޭނޭ އަޑުތައް އެހުމަށް، ހުޅުވޭ ކަންފަތެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސުން ބޭނުންކުރާ އުކުޅުތަކަކުން ނުވަތަ ބޭނުންކުރާ ވަސީލަތްތަކަކުން ފުރިހަމަކުރެވޭނެކަމެއް ނޫން ކަމަށެެވެ. އަދި ފުރިހަމަ ޝާމިލު ވެއްޓެއް ބިނާ ކުރުމުގައި ސްކޫލު މުޖުތަމަޢުގައި ހިމެނޭ އެންމެންގެ ވިސްނުންވެސް އިންކްލޫސިވް ވާން ޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެން ޤަބޫލުކުރަންވީ ޙަޤީޤަތަކީ ނުކުޅެދުންތެރިކަމަކީ ވަކި ދަރިވަރެއްގެ ގައިގައި ހުރި ސިފައެއް ނޫންކަމަށާއި، ހުރިހާ ދަރިވަރުންނަކީވެސް ތަފާތު ކުދިންނަށް ވީހިނދު ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދޭން ނުކުޅެދެނީ ވަށައިގެންވާ ވެށި ކަމެވެ.

މިނިސްޓަރ ވިދާޅުވީ ޝާމިލުވެއްޓެއް ޤާއިމުކުރުމުގައި ވަސީލަތްތަކާއި ހުނަރުގެ އިތުރުން ސްކޫލު މުޖުތަމަޢުއަށް ނިސްބަތްވާ އެންމެންގެ ވިސްނުންވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިން ބައިވެރިކުރުމުގެ ނިޔަތުގައި ސުކޫލުގައި އޮންނަ ކަމެއްގައި ހަމަ އެކަނި އެކުދީން ހިމެނޭ ހަރަކާތެއް ގެނެސްދިނުމަކީ އެކުދިން ޝާމިލުކުރުމެއް ނޫން ކަމަށެވެ. އެކުދިން ޝާމިލުކުރެވޭނީ އެހެން ދަރިވަރުންވެސް ހިމެނޭ ހަރަކާތެއްގައި އެކުދީންގެ ހުނަރު ދައްކާލަން ފުރުޞަތު ލިބިގެން ކަމަށާއި، އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާ އިޝާރާތުން ވާހަކަ ދައްކަން ސްކޫލުގެ އެހެން ދަރިވަރުންނާއި މުވައްޒަފުންނަށް ދަސްކޮށްދީގެން ކަމަށެވެ.

އަދި އެއް ނަޒަރަކުން ބަލާއިރު، ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް ތަފާތުތަކެއް ހިމެނޭކަމަށް އެއްބަސް ވެވިގެން ކަމަށާއި، ހަމަހިމޭންކަމާއި ހަމަޖެހުން މުޖުތަމަޢުގައި ޤާއިމްވާނީ، އެހީތެރިކަމާއި އަޅާލުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތަރަހަކަމަށް ހެދިގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަނެއްކުއްޖާގެ ހުންނަ ތަފާތުކަމަށް ނުބަލައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ ރީތި ސިފަ ދަރިވަރުންނަށް ދަސްކޮށްދެވިގެން އަދި ހުރިހާ ދަރިވަރުންނަށް އަމިއްލަ ހާލަތާއެކު އުޅެވޭނެގޮތް މަގުފަހިކޮށްދީ އެކަމަށް ބާރު އެޅިގެން ޝާމިލްކުރެވިގެން ކަންކަން ކުރެވޭނެ ކަމަށެވެ.

މި ސޮފްޓްވެއަރ ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް އާގުޅިގެންނެވެ. މިމަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާނެފަދަ ސޮފްޓްވެއަރ އެއް ފަރުމާކުރުމަށެވެ.

މިއީދިވެހިރާއްޖަށް އައު މަސައްކަތަކަށްވެ، ގިނަ ދިރާސާތަކަކާއި ހޯދުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ކުރިންއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތެއްގެ ގޮތުގައިކަން ޑިވެލޮޕަރ ފާހަގަކުރައްވައެވެ. ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ "ޝާމިލުއަޑު"، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯއެސް ގައިބޭނުންކުރެވޭނެހެން ތަރައްގީކޮށްފައިވެއެވެ.

އަދި މީގެ އިތުރުން މި ސޮފްޓްވެއަރ ބޭނުންކޮށްގެން އެ ޑިޕާޓްމަންޓްގެ ވެބްސައިޓް އަށް ވެސް ވަދެވޭގޮތްހަދާފައި ވެއެވެ. ޝާމިލުއަޑު ސޮފްޓްވެއަރ އަކީ އޮފްލައިންކޮށް އެއްވެސް އިންޓަރނެޓް ކަނެކްޝަންއެއް ނެތި، ބޭނުންކުރެވޭ ސޮފްޓްވެއަރއެކެވެ. އަދި ކޮޕީ ޕޭސްޓްކޮށް ދިވެހި ލިޔުންތައް ކިޔުމަށް މިސޮފްޓްވެއަރ ބޭނުންކުރުމުގެ އިތުރުން އެންޓްރޮއިޑް ޕްލެޓްފޯމުގައި ޓޯކްބެކް ސަރވިސްއާއި އެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި މިސޮފްޓްވެއަރ ބޭނުންކުރުރެވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް މި ޕްރޮގްރާމަށް ގެންނަން ޖެހޭ މުހިއްމު އަޕްޑޭޓްތައް ގެނެސް އިތުރަށް ތަރައްގީކުރުމަށްވަނީ ހަމަޖެހިފައެވެ. ޝާމިލުއަޑުގެ ޔޫޒަރ އެކްސެޕްޓެންސް ޓެސްޓްގެ މަރުހަލާ ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެޔަރޑް ސޮސައެޓީ އޮފް މޯލްޑިވްސް އާއި ގުޅިގެންނެވެ.

ދިވެހި ރާއްޖޭގައި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރއެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާ ފުރަތަމަ ފަހަރަށް މިޕްރޮޖެކްޓް ވެގެންދާއިރު، މިއީ ދިވެހިބަހަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ. އަދިއެންމެހާ މުދައްރިސުންނަށާއި ދަރިވަރުންނަށް ނުހަނު ބޮޑު ފަސޭހައެއް މިސޮފްޓްވެއަރއިން ލިބިގެންދާނެއެވެ.

ޝާމިލްއަޑުމިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު