Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ލިންކްރޯޑު " ރުއްފަށާ"

ހިތަދޫ ރުއްފަށާ ނައްތާލުން: ރައްޔިތުންނަށް ހިތްދަތި އަސަރުތަކެއް ކުރުވި ކަމެއް

ސޯޝަލް މީޑިއާގައި ރައްޔިތުންދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަމުން

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 11 މާރިޗު 2022 | ހުކުރު 13:47
އައްޑޫ ލިންކްރޯޑުގެ "ރުއްފަށާ" ސަރަޙައްދުގައި ބޭއްވި މެރެތަންގެ ތެރެއިން

އައްޑޫ ލިންކްރޯޑުގެ "ރުއްފަށާ" ސަރަޙައްދުގައި ބޭއްވި މެރެތަންގެ ތެރެއިން

ބުރާސްފަތި ދުވަހުގެ މާ އިރާއި ގުގުމާލީ ގަބޫލުކުރަން ދަތިވި ޚަބަރަކާއެކުއެވެ. އައްޑޫގެ ލޭންޑްމާކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ "ރުއްފަށާ" ނައްތާލި ޚަބަރުންނެވެ.

އެތަނުގައި ހުރި އެންމެ ރުކެއް ދެ ރުކެއްގެ ވާހަކައެއް ނޫނެވެ. 50އަށް ވުރެ ގިނަ ރުއް ހިނދުކޮޅެއްގެ ތެރޭ އުފުރާތަން، ހަނަފަސް ކުރި ވާހަކައެވެ. މިޚަބަރާއެކު އެންމެން ވެސް ތިބީ ސުވާލުމާކެއްގެ ތެރޭ ޝޮކުޖެހިފައެވެ. ގަބޫލު ކުރިއަސް ނުކުރިއަސް މިހާރަކު އެތާކު ރުކެއްނެތެވެ. ދައުރުވަމުންދާ ފޮޓޯއާއި ވީޑިއޯތަކުން ފެނުނީ ރުއްތައް ނަގާ، ތަން ސާފު ކުރަމުން ދިޔަ މަންޒަރެވެ. ހެވީ ވެހިކަލްތަކުގެ އެހީގައި ހިނދުކޮޅެއްގެ ތެރޭ އެމަސައްކަތް ނިންމާލާފައި ވަނިކޮށެވެ.

މިއީ މީގެ ގަރުނެއްވަރު ކުރިން އިނގިރޭސިން ހިތަދޫ އާރްއޭއެފް ގައި އުޅުނު ދުވަސްވަރު އެސަރަޙައްދުގައި އިންދި ރުއްތަކެއް ކަމަށް އައްޑޫގެ ދުވަސްވީ މީހުން ބުނެއުޅެއެވެ. އެދުވަސްވަރު އައްޑޫގައި އުޅުނު މީހުންގެ ޙިއްސާވެސް އޮތް މިރުއްފަށާ އަކީ އައްޑޫގެ ތާރީޚަށްޓަކައި ނައްތާނުލައި ބާއްވަން ރައްޔިތުން އެދޭތަނެކެވެ. އައްޑޫ ލިންކް ރޯޑު ހެދިއިރުވެސް ރީތި ހިތްގައިމުކަމެއް ލިބިފައިވާ އެ ރުއްފަށާ އެގޮތުގައި ބާއްވަން ނިންމައި މަގުގެ އެ ސަރަޙައްދު 2 ކަފިކޮށްގެން މަގު ހަދާފައިވަނީ ހަމަ އައްޑޫސިޓީގެ ރައްޔިތުންގެ ހިތާއި ގުޅިފައިވާ ތަނަކަށް ރުއްފަށާ ވުމުންނެވެ. އެންމެ ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ރާއްޖޭގައި ހެދި ފުރަތަމަ މަގުގެ ގޮތުގައި އޮތް ލިންކްރޯޑުގެ އެންމެ ހިތްގައިމު ހިސާބަކީ ކޮންތަނެއްހޭ އަހައިފިނަމަ، ރުއްފަށާ ނޫން ދެވަނަ ތަނެއް، އައްޑޫ މީހުންނެއް ނުބުނާނެއެވެ.

އެއް މިސްރާބަކަށް، އެއްލައިނަކަށް، އެހާ އެއްވަރު ދިގުމިނަކަށް ހެދިފައިވާ އެހާ ގިނަ ރުއްތަކެއް މަގެއްގެ މެދުގައި ހުރި ތަނެއް ރާއްޖޭގެ އެއްވެސް ހިސާބަކުން ނުފެންނާނެއެވެ. މިސަބަބާއި ހުރެ އަލަށް އައްޑޫއަށް ޒިޔާރަތް ކުރާ ކޮންމެ ބަޔަކުވެސް "ރުއްފަށާ" ބަލާލާ އެހިސާބުގެ ރީތި ކަމާމެދު ވާހަކަދައްކާ ފޮޓޯނަގައެވެ. ވަކިން ޚާއްސަކޮށް އެސަރަޙައްދު ވީޑިއޯކޮށް އައްޑޫއަށް އައިކަމުގެ ރަމްޒެއްގެ ގޮތުން ދައްކާލަންވެސް ފޯނުގައި ރައްކާކޮށްފައި ބަހައްޓައެވެ.

ބުރާސްފަތި ދުވަހު މި ރުއް ނަގާފައިވަނީ އައްޑޫސިޓީ ކައުންސިލުގެ ހުއްދަޔާއެކުގައެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ ގެ ހުއްދަވެސް ލިބިގެންނެވެ. އައްޑޫސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ ރުއް ނަގަންޖެހުނު ސަބަބު މީޑިއާތަކާއި ޙިއްސާ ކުރައްވާފައެވެ. އެއީ މުސްކުޅި ރުއްތަކަކަށް ވާތީއެވެ. ބޭނުމެއް ހުރި އެއްޗަކަށް ނުވާތީއެވެ. ފައިދާއެއް ނެތް އެއްޗަކަށް ވާތީއެވެ. ހައިވޭ މަގެއްގެ މެދުގައި ހެދިފައި ވާތީއެވެ. ސާފު ކުރަން އުނދަގޫވީމައެވެ. ވިއްސާރައިގެތެރޭ ވައިގަދަވެއްޖެނަމަ ބިންދައިގެން ދިއުމުގެ ބިރު ހީވެފައިވާތީއެވެ. މީދާކޭ އުނބާއި އެތިއެތިގަނޑު ވެއްޓި ދުއްވާފައިދާ އަގުބޮޑު ވެހިކަލްތަކަށާއި މީހުންނަށް ގެއްލުންވާތީއެވެ. އެކްސިޑެންޓް ވުމުގެ އަސްލަކަށްވާތީއެވެ.  އަދިވެސް މިފަދަ އެތައް ކަމަކާއި ހުރެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެންނެވެ.

މޭޔަރު އެވިދާޅުވާ ގިނަ ކަންކަމާއި ގުޅިލާ މެހިފައިވަނީ ރުއް ސާފުކޮށް ބެލެހެއްޓުމާއެވެ. ރަނގަޅަށް ނުބެލެހެއްޓޭނަމަ އެހުރިހާ މައްސަލަތަކެއް ވެސް ކުރިމަތިވާނެއެވެ. ސާފުކުރުމަށް އުފުލަން ޖެހޭ ތަކުލީފަށްވުރެ އެރުއް އެތަނުން ނަގާ އޭގެ ބަދަލުގައި 2 ރުއް އިންދުން ވެގެންދާނީ ނުހަނު ފަސޭހަ ކަމަކަށެވެ. ކަން ނިމިގެންދިޔައީ ވެސް އެގޮތުގެ މަތިންނެވެ.

ރައްޔިތުން މިއަދު ހިތާމަ ކުރަނީއެވެ. ދިރިއުޅުމުގެ ހައިޖާނުގެ ތެރޭ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ހޯދުމަށް އެ ދިގުމަގުގައި ދުއްވާލަން ދާއިރު ފެންނަ ރީތި މަންޒަރު ގެއްލުނީތީއެވެ. "ރުށްފަށާ" އާއި އަރާހަމަކޮށް ރުއްތައް ގުނާލަން އާދަވެފައިވާ ބައެއް ކުދިންނަށް ގެއްލިގެން އެދިޔައީ އެކުދީންގެ ދުވަސްވީ ރަޙުމަތްތެރިއެކެވެ. ރަށުން ބޭރުގައި ތިބި އައްޑޫ ކުދިން ދެލޯ ފުރާ ރޯ އިމޯޖީތަކާއެކު މުޅި ސޯޝަލް މީޑިއާ ފުރާލީ "ރުއްފަށާ" މިސް ވާނެއޭ ބުނެއެވެ. އެއް އަތުން ތިމާވެށި ޙިމާޔަތް ކުރާ ޕޯސްޓަރުގައި ހިފައިގެން ތިބެ އަނެއް އަތުން ވެށީގައިވާ ދިރުން ނައްތާލުން ބަލައިނުގަނެވޭނެ އެވެ. ބޭރު ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމުގައި ނުހަނު މުހިންމު ރޯލެއް އަދާކުރާ، އައްޑޫ މެރެތަން ބާއްވަމުން އަންނަ އައިރަނާސްގެ ފައުންޑަރު އަދި ހެޑްކޯޗް ޙުސެން ޝުޖާޢުވަނީ މި ޢަމަލު ކޮށްވެރިކޮށް މިކަމުގެ ހިތާމަ ފާޅުކުރުމަށް ޓުވިޓަރގައި ހޭޝްޓެގެއް ހަދާފައެވެ.

ރުއް ނެގުން އެއީ އެކަން ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތްބާއެވެ. މިއީ މިރުއް ނެގުމާއި އިދިކޮޅު ކޮންމެ މީހެއްގެ ހިތުގައި ވެސް މިއަދު އުފެދޭނެ ސުވާލެކެވެ. މިފަދަ ކަމެއް ކުރިއިރު ރައްޔިތުންގެ ޚިޔާލު ނުހޯދީ ކީއްވެބާވައެވެ.؟

ރުއްގަސް ކެނޑުމުގެ ބަނަ ތާރީޚެއް އައްޑޫގައި އަށަގަންނަމުންދަނީ ކީއްވެބާވައެވެ. ގަމުގައި ހުރި ދުވަސްވީ ގަސްތައް ކެނޑި ޙާދިސާ އަދި ހަނދާނެއް ނުނެތޭނެއެވެ. އައްޑޫ ބޮޑުމަގުގެ މެދުގައި ހައްދާފައި ހުރި ބޮޑެތި ގަސްތައް ކަނޑާ ކޮށާލައި އެފިނި މަގު "ގިނި" މަގަކަށް އެވަނީ ހަދާފައެވެ. އައްޑޫ ސިޓީ ސްކޮޔަރ ހަދަންވެގެން އެތަނުގައި ހުރި ހުރިހާ ގަހެއް ކަނޑާލީއެވެ. އަދިވެސް ފެންނަނީ ހިތަދޫގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްގަސް ގަނޑާ ބިމާއި ހަމަކުރަމުން ދާ މަންޒަރެވެ. އެހެންޏާ ސްކޫލެއްގެ ބަޔަކަށްވާތީއެވެ. ނޫނީ ނާސަރީއެއް އެޅުމަށެވެ. ގްރީންހައުސް ގެތަކެއް ބެހެއްޓުމަށެވެ. މިއިން އެއްވެސް ޕްރޮޖެކްޓެއް ހިންގަމުންދާ ތަނެއް ނުފެންނަނީސް ފުރަތަމަ ކަމަކަށް ގަސްނަގާ ހުސްކޮށްލެވޭތަން އާދެއެވެ.

މި މޭރުމުން ކަންކަން ހިނގާނަމަ، ޒަމާނުއްސުރެ ބިޔަ ގަސްތަކުން ފުރިފައިވާ އައްޑޫސިޓީގެ މަލަމަތިން ކޮންކްރީޓްގެ އަސަރު ފާޅުވާކަށް ދެން މާގިނަ ދުވަހެއް ނެތެވެ.  

ރައްޔިތުން ހޮވާފައިވާ ވެރިންގެ ނިންމުމާއެކު މިއަދު ގެއްލިގެން އެ ދިޔައީ އައްޑޫ އެތަނަކާމެދު ފަޚުރުވެރިވާ އެމީހުންގެ ރުއްފަށާއެވެ. މިއަދަށްފަހު ރައްޔިތުންތިބީ މާދަމާ ދެން އައްޑޫއިން ގެއްލޭނެ ތަނަކާމެދު ބިރުހީވެ ކަންބޮޑު ވުމެއްގެ ތެރޭގައެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީއައްޑޫ ސިޓީ ހިތަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު