Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝޭން ވޯރން މަރުވުން

އޮސްޓްރޭލިއާގެ ކްރިކެޓް ތަރި ޝޭން ވޯރން މަރުވެއްޖެ

ޝޭން މަރުވީ އުމުރުން 52 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 މާރިޗު 2022 | ހުކުރު 17:20
އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް ޝޭން ވޯރން

އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް ޝޭން ވޯރން

އޮސްޓްރޭލިއާގެ ކްރިކެޓް ތަރި ޝޭން ވޯރން މަރުވެއްޖެއެވެ.

ގްރޭޓެސްޓް ލެގް-ސްޕިނަރ އޮފް އޯލްޓައިމްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޝޯން މަރުވީ ތައިލެންޑުގެ ކޯހް ސަމުއީ ސިޓީގަ ހުންނަ އޭނާގެ އަމިއްލަ ވިލާގައި ހުއްޓާ ހުކުރު ދުވަހުއެވެ. އޭނާގެ މެނޭޖަރުންގެ ޓީމުން ބުނިގޮތުގައި އުމުރުން 52 އަހަރުގައި ޝޯން މަރުވީ ހާޓް އެޓޭކްއެއް ޖެހިގެންނެވެ. އަދި ހާޓް އެޓޭކް އެއް ޖެހުމައެކު އޭނާގެ މެޑިކަލް ސްޓާފުން ކުރި މަސައްކަތުންވެސް އޭނާ ސަލާމަތްކުރެވިފައި ނުވާކަމަށް ޝޯންގެ މެނޭޖްމަންޓް ޓީމުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

ޝޯން ހުކުރު ދުވަހު މަރުވެފައިވާއިރު، މިއީ ހަމަ އެދުވަހު މަރުވި އޮސްޓްރޭލިއާގެ ދެވަނަ ކްރިކެޓް ލެޖެންޑެވެ. އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ރޮޑް މާޝް ވެސް ވަނީ ހާޓް އެޓޭކެއް ޖެހިގެން ހަމަ އެދުވަހު މަރުވެފައެވެ. މާޝް މަރުވިތާ އިރުކޮޅެއް ތެރޭ ޝޯން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް ޓްވީޓެއް ކޮށްފައެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ކްރިކެޓް ކުޅުމުގައި 15 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ޝޯން އަކީ 708 ޓެސްޓް ވިކެޓާއެކު އެގައުމުގެ އެއްވަނައިގައި ފާހަގަކުރެވިފައިވާ ކުޅުންތެރިޔާއެވެ. އަދި ދުނިޔޭގެ ފެންވަރިގައިވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.

ޝޯން މަރުވިއިރު އޭނާގެ ތިން ކުދިން އެބަތިއްބެވެ.

ކްރިކެޓް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
01 މާރިޗު 2023

ބޫޓާން އަތުން ބަލިވެ ރާއްޖެއަށް ސެމީގެ ފުރުޞަތެއް ނުލިބުނު

01 މާރިޗު 2023
ބޫޓާން އަތުން ބަލިވެ ރާއްޖެއަށް ސެމީގެ ފުރުޞަތެއް ނުލިބުނު
26 ފެބުރުއަރީ 2023

ބަހުރެއިން އަތުން ރާއްޖެ ބަލި

26 ފެބުރުއަރީ 2023
ބަހުރެއިން އަތުން ރާއްޖެ ބަލި
06 ނޮވެމްބަރު 2022

ރޭޕުގެ ތުހުމަތެއްގައި ލަންކާގެ ކުރިކެޓު ކުޅުންތެރިޔާ ދަނުޝްކާ ހައްޔަރުކޮށްފި

06 ނޮވެމްބަރު 2022
ރޭޕުގެ ތުހުމަތެއްގައި ލަންކާގެ ކުރިކެޓު ކުޅުންތެރިޔާ ދަނުޝްކާ ހައްޔަރުކޮށްފި
22 ނޮވެމްބަރު 2021

"ކުޅޭށެ ކްރިކެޓު، ކުޅޭށެ ކްރިކެޓު" ޅެމަށް ބައިގަރުނު ވާއިރު، ޤައުމީ ކްރިކެޓު ޓީމަށް، ވޯލްޑުކަޕަށް ވާސިލުނުވެވި އޮތީކީއްވެ؟

22 ނޮވެމްބަރު 2021
"ކުޅޭށެ ކްރިކެޓު، ކުޅޭށެ ކްރިކެޓު" ޅެމަށް ބައިގަރުނު ވާއިރު، ޤައުމީ ކްރިކެޓު ޓީމަށް، ވޯލްޑުކަޕަށް ވާސިލުނުވެވި އޮތީކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު