Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފައިސާ ފޭރުން

"މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ސާޖަރީ އެއް ކުރަން ޖެހޭތީ ލާރިކޮޅެއް ބޭނުންވެގެން"

ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 10:52
ަމަކަރާއި ހީލަތުން ފައިސާ އަތުލާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ަމަކަރާއި ހީލަތުން ފައިސާ އަތުލާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން

ހެލޯ. މީ އައްމަޑޭ. ވަރަށް ދުވަސްކޮށްފައި މި ގުޅާލީ ވެސް އެހެން ނަންބަރަކުން. މިއުޅެނީ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލި ސާޖަރީ އެއް ކުރަން ޖެހޭތީ ލާރިކޮޅެއް ބޭނުންވެގެން. ވަރަށް އަވަހަށް ރިޓާންކުރާ ގޮތަށް ދީބަލަ ލާރިކޮޅެއް. ވަރަށް އަވަހަށް ރިޓާންކުރާނަން އިނގޭ! މި ފޮނުވާލަނީ އެކައުންޓް ނަންބަރު ޓްރާންސްފަރކޮށްލާ" މިއީ މިހާރު މަކަރާއި ހިލާތުން ފައިސާ ހޯދުމަށް ގެންގުޅޭ އައު އުކުޅެކެވެ.

މިއީ މިހާރު އާންމު ކޯލްތަކެކެވެ. ބޭންކަށް ފައިސާ ޓްރާންސްފާ ކުރާ ފަހުން އެއީ ނުވެސް ދަންނަ މީހެއްކަން އެނގެ އެވެ. އެކަމަކު އޭރު އޮންނަނީ ކަންވެ ނިމިފައެވެ. ނަންބަރު ރަނގަޅަށް ބަލާއިރު އެއީ ނުވެސް ދަންނަ ނަމްބަރެކެވެ. ދެން އެ ނަންބަރަށް ގުޅާއިރު ފޯން އޮންނަނީ އޮފް ކޮށްލާފައެވެ. ބޭންކަށް ގުޅާއިރު، އެ ފައިސާ ފޮނުވި އެކައުންޓްގައި ފައިސާއެއް ނުހުރެ އެވެ. އެހެންވެ، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތެއް ވެސް ނޯވެއެވެ.

މަކަރާއި ހީލަތުން، އޮޅުވާލައިގެންނާއި، އަދިވެސް މިނޫން ގޮތްގޮތަށް މީހުންގެ އަތުން ފައިސާ ހޯދުމަކީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މިކަން ހައްލުނުވެ މިހެން ދަމުންގޮސް، ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް މިކަން ކުރާ ގޮތަށް ނުވަތަ އެކަން ކުރާ މީހުން ގެންގުޅޭ އުކުޅުތަކަށްވެސް ބަދަލުތައް އަންނަމުންދެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިކަން ކުރަމުންދެއެވެ. އަދި ފޭކު ކޯލްތައް ކޮށްގެން ވެސް ފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހައްމަދު ސަޢީދު ވިދާޅުވީ މަކަރާއި ހީލަތުން މީހުންގެ އަތުން އެކި އަދަދުން ފައިސާ ހޯދާ މިފަދަ މައްސަލަތައް ކޮންމެ ދުވަހަކު ވެސް ފެންމަތިވާ ކަމަށެވެ. ކޮންމެ މައްސަލައަކަށް ބަލާލާއިރު ވެސް މި އޮންނަނީ ކޮންމެހެން ކުރަން ނުޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމުގެ ސަބަބުން އުފެދޭ މައްސަލައެކެވެ. ސައީދު ވިދާޅުވީ އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށާއި އެގޮތުން ކުރީގެ ރައްޓެއްސެއް ކަމަށް ބުނެ އޮޅުވާލާ ކަމަށެވެ. ސަޕްލައި ކުރާ ކުންފުނީގެ ނަމުގައި ވެސް ގުޅާ ކަމަށާއި އަދި ބެންކުގެ ނަމުގައިވެސް ގުޅާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއިން ކޮންމެ ނަމެއްގައި ގުޅި ކަމުގައިވިޔަސް، އަދި އެކި ވާހަކަތައް ދައްކައި އިތުބާރު ހޯދުމަށްފަހު އާޚިރުގައި މި އަތުލަނީ ފައިސާއެވެ. ޓްރާންސްފަރ ކުރުވައިގެންނާއި ބައެއް ފަހަރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުވައިގެން އެކަން ކުރާ ކަމަށް ވެސް ބީއެމްއެލުން މައުލޫމާތު ދީފައިވެއެވެ.

އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. ބީއެމްއެލުން ބުނީ ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށާއި، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ބީއެމްއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދީ، ލޯ ހުޅުވަންވީ ކަމެއް އެބައޮތެވެ. މިފަދައިން ނުދަންނަ ނަންބަރުތަކުން ކުރާ މެޖެސުތަކަށާއި ނުފެންނަ މީހުންނަށް އިތުބާރު ނުކުރުމަށެވެ. މީހަކު ގުޅާފައި ބުނާއިރަށް ފައިސާ ނުފޮނުވުމަށެވެ. އެކަމަކު މިކަހަލަ މައްސަލަތަކުގެ ހައްލު ވެސް އެބައޮތެވެ. އެއީ ހޭލުންތެރިކަން އިތުރުވުމެވެ. ނުދަންނަ މީހުންނާ ފައިސާގެ މުއާމަލާތްތައް ކުރުން ހުއްޓާލަންވީއެވެ. ރައްކާތެރިކަމާއެކު ބޭންކުގެ ހިދުމަތްތައް ބޭނުންކުރަންވީއެވެ.

އާންމުން ހޭލުންތެރި ކުރުވުމަށް ތަފާތު އެކި ކަންތައްތައް ކުރާއިރު އާއިލާ ތެރޭގައި ވެސް މިފަދަ ވާހަކަތައް އެބަ ދެކެވެންޖެހެއެވެ. މީހުންގެ ހަމްދަރުދީ ހޯދައިގެން ފައިސާ ހޯދާ ކަމެވެ. އެހެންނޫނީ މިފަދަ ލަނޑެއް އިތުރު އެހެން މީހަކަށް ވެސް ލިބިދާނެއެވެ.

ފޭރުންބޭންކް އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު