Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ޝަހީދު އަލިރަސްގެފާނުގެ ޤައުމީ ޤުރުބާނީން، ބޮޑުތަކުރުފާނު ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި!! 

އަލިރަސްގެފާނު ޝަހީދުކުރެވުނުތާ 478 އަހަރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 3 މާރިޗު 2022 | ބުރާސްފަތި 12:11
އަލިރަސްގެފާނާއި ގުޅޭ ލިޔުމެއް

އަލިރަސްގެފާނާއި ގުޅޭ ލިޔުމެއް

ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފެށުނީ ހިޖުރީ ގޮތުން 1400 ވަނައަހަރުގެ 1 ޝަޢުބާންގައެވެ.

ވީމާ، މިފަހަރު މިއީ 44 ވަނައަށް ފާހަގަކުރެވޭޝަހީދުންގެ ދުވަހެވެ.

ޝަހީދުންގެ ދުވަސް ނިޞްބަތް ކުރެވެނީ 1 ޝަޢުބާން 965 ގައި، އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޕޯޗްގީޒުން ރާއްޖެއަށް ދިން ވަރުގަދަ އުދުވާނުގައި، ޕޯޗްގީޒު ލަޝްކަރާއި ކުރިމަތިލައްވައި ކުރެއްވެވި ދީނީ ޤައުމީ ޖިހާދުގައި ދީނާ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ތާރީޚީ ހާދިސާއަށެވެ. އެއީ ޤައުމީ އެންމެ މަތިވެރި ޝަހީދެވެ. އަލި ރަސްގެފާނު ޝަހީދު ކުރުމަށްފަހު 1 ޝަޢުބާން 965 (19 މޭ 1558) އިން 1 ރަބީޢުލްއައްވަލު 981 (1 ޖުލައި 1573) އަށް 15 އަހަރު ރާއްޖެ އިސްތިއުމާރުކުރިއެވެ. އެއީ އެންމެ އަޅުވެތި އެންމެ އަނިޔާވެރި އިސްތިޢުމާރެވެ.

"މިދީބުގެ ހެޔޮދަރީންކުރެ ނަންއިތުރު އަލިރަސްގެފާނުން މާތް! ޝަހީދުވުމަށްފަހުން ދިޔައޫ އަމާންކަން ގެއްލި އުވިގެންތާ!" އުސްތާޛުލްޖީލު މުޙައްމަދު ޖަމީލު ދީދީ ވިދާޅުވެފައިވެއެވެ.

ޤައުމީ އެންމެ މަތިވެރި ޝަހީދު އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޝަހީދުކުރެވުނުތާ ހިޖުރީގޮތުން މިވީ 478 އަހަރެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނުގެ ދީނީ ޤައުމީ ޖިހާދާއި ޤުރުބާނީގެ ޒިކުރާއާކޮށް ޢިބުރަތް ހާޒިލްކުރުމުގެ ޚާއްސަ ދުވަހެވެ.

އަދި ޤައުމީ އެންމެހައި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ޚާއްޞަ ދުވަސްވެސްމެއެވެ. ޤައުމަށްޓަކައި ހިތާައިރޫހުން ނަފުސާއިޖިސްމުން ޖާނާއިމާލުން ޖިހާދުކުރުމާއި، ޤައުމުގެ ދިފާޢުގައި ޝަހީދުވުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހާލަތްތަކުގައި ޤުރުބާންވުމުގެ ޤައުމީ އަޒުމު އާލާކޮށް، ޤައުމަށް ތެދުވެރިވެ ވަފާތެރިވުމުގެ ޤައުމީ ރޫހު ދިރުވައި، ގައުމީ ވަތަނީ ޖޯޝް އިތުރުކުރުމުގެ ދުވަހެވެ.

ދިވެހި ޤައުމީ ދިދައިގެ އެންމެ ބޮޑު ކުލައަކީ ޤައުމީ ޤުރުބާނީގެ ހަނދާނާއިި ޒިކުރާއާއި ޤައުމީ ޝަހީދުންގެ ލޭ ރަމްޒުވާ ރަތް ކުލައެވެ.

ދިވެހި އިސްލާމީ ޤައުމިއްޔަތަށް ހިޖުރައިން 548ވަނަ އަހަރުން ފެށިގެން ހިޖުރީގޮތުން 895 އަހަރުވީއެވެ.

ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުން އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމީ ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލް 981ން ފެށިގެން މިވީ 462 އަހަރެވެ.

1 ރަބީޢުލްއައްވަލު 1365 (4 ފެބުރުވަރީ 1946)ގައި، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނުތާ މިވީ 78 އަހަރެވެ.

ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ.

ދީނާއި ޤައުމަށްޓަކައި ޖިހާދުކުރައްވައި ޝަހީދުވި، މިދީބުގެ ހެޔޮދަރީންގެ ޤުރުބާނީ މި ލޮބުވެތި ޤައުމު ދެމިއޮތްހާ ހިނދަކު ދެމިހުންނަ ހުއްޓެވެ.

އަލީ ރަސްގެފާނު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިރަސްގެފާނު ޝަހީދުކުރެވުނުތާ 479 އަހަރު!

އަލިރަސްގެފާނު ޝަހީދުކުރެވުނުތާ 479 އަހަރު!

21 ފެބުރުއަރީ 2023
"އަހަރެމެން ދިވެހީން" ނިކަން ކިޔައިދީބަލާށެވެ. އޭރަށް، "ޤައުމީ ލޯބި" ކެކި އުތުރޭނެއެވެ!

"އަހަރެމެން ދިވެހީން" ނިކަން ކިޔައިދީބަލާށެވެ. އޭރަށް، "ޤައުމީ ލޯބި" ކެކި އުތުރޭނެއެވެ!

26 ޖުލައި 2021
މަގޭ ރިޕޯޓް: ޝަހީދުންގެ ދުވަހަކީ ކަންކަން ސިޔާސީ ކުރުމަށް އޮންނަ ދުވަހެއް ނޫނެވެ.

މަގޭ ރިޕޯޓް: ޝަހީދުންގެ ދުވަހަކީ ކަންކަން ސިޔާސީ ކުރުމަށް އޮންނަ ދުވަހެއް ނޫނެވެ.

14 މާރިޗު 2021

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު