Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޅ. މަޑިވަރު އެއަރޕޯޓް ހުުޅުވުން

މިއަދު ފާދިއްޕޮޅުގެ ރައްޔިތުންނަށް ޔަޤީންވާނެ އަޅުގަނޑުމެން ދެއްކީ ތޯތޯ ވާހަކައެއް ނޫންކަން: މިނިސްޓަރ ނަހުލާ

މަޑިވަރު އެއަރޕޯޓަކީ އެންމެ ފުރިހަމައަށް ތަރައްޤީ ކޮށްފައިވާ އެއް އެއަރޕޯޓު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ފެބުރުއަރީ 2022 | ހުކުރު 12:11
ޅ. މަޑިވަރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ ވާހަކަ ދައްކަވަނީ

ޅ. މަޑިވަރު އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ ވާހަކަ ދައްކަވަނީ

މިއަދު ފާދިއްޕޮޅުގެ ރައްޔިތުންނަށް މިސަރުކާރުން ދެއްކީ ތޯތޯ ވާހަކައެއް ނޫންކަން ޔަޤީންވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޅ.މަޑިވަރު އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަޑިވަރުގައި އެއަރޕޯޓެއް އެޅުމުގެ ވާހަކަ ދެކެވިގެން ދިޔަ ކަމަށާއި މިއަދު އެކަން މި ސަރުކާރުން ހަޤީޤަތަކަށް ހަދައިދީފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ތަރައްޤީ ކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ތެރެއިން މަޑިވަރު އެއަރޕޯޓަކީ އެންމެ ފުރިހަމައަށް ތަރައްޤީ ކޮށްފައިވާ އެއް އެއަރޕޯޓުކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ މި ސަރުކާރުން ކުރާ މަސައްކަތްތަކަކީ ނުވާކަމެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަން އުޅުނަސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ.

ފަނާކުރަނިވި އަޑުތަކާއި ކުރާ ފުރައްސާރައަކުން އަޒުމަށް މި ސަރުކާރުގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ މި އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ނިޒާމަށް ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މިއީ ރައްޔިތުންނަށް ހުރި ފުރިހަމަ ވަސީލަތެއް ކަމަށެވެ.

ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ

29 މޭ 2018 ގައެވެ.

މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މިދިޔަ އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނާނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.

މަޑިވަރު އެއާޕޯޓް

އިތުރަށް ކިޔާލަން

24 ޖޫން 2025

މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

24 ޖޫން 2025
މަޑިވަރު އެއާޕޯޓާ ދިމާލުން ލޯންޗަކާއީ ޑިންގީ އެއް ޖެހި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ
20 ފެބުރުއަރީ 2022

ރައީސް، ޅ އަތޮޅުގެ 6 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

20 ފެބުރުއަރީ 2022
ރައީސް، ޅ އަތޮޅުގެ 6 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
18 ފެބުރުއަރީ 2022

މަޑިވަރު އެއާރޕޯޓް ބޮޑުކޮށް އިންޓަރނޭޝަނަލް އެއާރޕޯޓަކަށް ހެދުމަކީ އަމާޒެއް - ރައީސް ސާލިހު

18 ފެބުރުއަރީ 2022
މަޑިވަރު އެއާރޕޯޓް ބޮޑުކޮށް އިންޓަރނޭޝަނަލް އެއާރޕޯޓަކަށް ހެދުމަކީ އަމާޒެއް - ރައީސް ސާލިހު
18 ފެބުރުއަރީ 2022

މަޑިވަރު އެއާރޕޯޓް ރަސްމީކޮށް ހުޅުވައިފި

18 ފެބުރުއަރީ 2022
މަޑިވަރު އެއާރޕޯޓް ރަސްމީކޮށް ހުޅުވައިފި
18 ޖެނުއަރީ 2022

މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި

18 ޖެނުއަރީ 2022
މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު