Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަސަން ލަތީފަށް ޚާއްސަ ޝުކުރެއް

ޕާޓީ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ހަސަން ލަތީފު ގެނެސްދެއްވާފައިވޭ: އެމްޑީޕީ

ޕާޓީ ނެގެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 08:57
އެމްޑީޕީގެ ޗެއާޕާސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށްދެއްވި ހަސަން ލަތީފު

އެމްޑީޕީގެ ޗެއާޕާސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށްދެއްވި ހަސަން ލަތީފު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށް ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ހަސަން ލަތީފު ގެނެސްދެއްވާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ހަސަން ލަތީފް ކޮށްދެއްވި މަސައްކަތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވައި އެމްޑީޕީން ބުނީ ޕާޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައި، އެ މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށާއި، އިދާރީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މެދުގައި މަސްލަހަތު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ޕާޓީގެ އެކިއެކި ގުނަންތައް ވަރުގަދަކުރުމަށާއި، މެމްބަރޝިޕް އިތުރުކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ޕާޓީ ނެގެހެއްޓުމަށް ވެސް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީއިން ބުނީ މިދިޔަ ސަރުކާރުގެ ޚުދުމުޚުތާރު އަނިޔާވެރިކަމުގެ ދުވަސްވަރުގައި އެ ޕާޓީ ރުކުރުވާލައި، ސިޔާސީ ހަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށް ސާބިތުކަން ހިފަހެއްޓުމަށް ޗެއާޕާރސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ލީޑަރޝިޕް ދައްކުވައިދީފައިވާ ކަމަށެވެ. އަދި ހަސަން ލަތީފުގެ ޗެއާޕާސަންކަމުގެ ދަށުން، ޕާޓީގެ އެންމެ މުހިއްމު އެއް މަގުސަދުކަމުގައިވާ އެކިއެކި ގައުމީ އިންތިޚާބުތަކަށް އެޕާޓީގެ ފަރާތުން ވާދަކޮށް ހުރިހާ އިންތިޚާބެއް އެމްޑީޕީން ކާމިޔާބުކޮށްފައިވާކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

ހަސަން ލަތީފް ޗެއާޕާސަންކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމާއެކު އެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 12 ފެބްރުއަރީ 2017 ގައެވެ. އަދި އެމްޑީޕީގެ ޗެއާޕާރސަންކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު މިހާތަނަށް އެއްކޮށް ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ހަސަން ލަތީފެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހަސަން ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު