Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ބައްދަލުވުން މި ޙާލަތުގައި ފަސްކުރެވިދާނެ: އެލްޖީއޭ

ބައްދަލުވުން ކުރިއަށްގެންދާނީ އެޗްޕީއޭއާއި އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 08:38
ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުން

ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުން

ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ކޮވިޑުގެ މި ޙާލަތަށް ބަލައި އެބައްދަލުވުން ފަސް ކުރެވިދާނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ ކަމަށެވެ. އަދި ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓާއި، އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޖުލައި މަހުގައި ބާއްވާ ޢާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންވާނެކަމަށްވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެ މަހުން އެއްމަހު ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ބައްދަލުވުން ބޭއްވުމަށް ގޮތެއް ކަނޑައަޅަން އެލްޖީއޭއާއި އެޗްޕީއޭއާއި މަޝްވަރާކުރަން ނިންމާފައިވާކަން ރަސްމީ އާންމު ޖަލްސާގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާކަމަށެވެ. އެގޮތުން ކޮވިޑުގެ މި ޙާލަތުގައި 50ށް ވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފައިވާއިރު، ރައްޔިތުންގެ އެފަދަ އާންމު ބައްދަލުވުމެއް ބާއްވާނަމަ ގިނަ މީހުން ބައިވެރިވާނެކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް، މި ބައްދަލުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ސިޓީ ކައުންސިލުން ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ބައްދަލުވުން ކުރިއަށްގެންދާނީ އެޗްޕީއޭއާއި އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހުކަމަށްވެސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގައިވެސް އެކަމާއި ގުޅިގެން މަޝްވަރާ ކުރެވިފައިވެއެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލައި، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ބައްދަލުވުން ނުބޭއްވި ނަމަވެސް ކައުންސިލް ކުށްވެރި ނުވާނެކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން ކޮވިޑުގެ ޙާލަތަށް ބަލައި ބައްދަލުވުން ކުރިއަށް ގެންދިއުމަށް އިއުތިރާޒެއް ނެތްކަންވެސް އަފްޝަން ވަނީ ފާހަގަކުރައްވާފައެވެ.

އެލްޖީއޭއާއެކު ބޭއްވި މި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުން ކުރުމަށް ކުރިއަށް ރާވާފައިވާ ކަންކަމާއި، ކައުންސިލަށް ދިމާވާ ދަތިތަކާއި އަދި އެހީތެރިކަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މާލޭ ސިޓީ ކައުންސިލްއެލްޖީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު