Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން

ޓީޗަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް ޗާންސެލަރުގެ ތައުރީފު

ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 56 އިންސައްތަ ބޮޑުވެގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 09:31
ޑރ. ޙަސަން ހަމީދު- މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަންނަވަނީ

ޑރ. ޙަސަން ހަމީދު- މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުގެ ފަތްކޮޅާއި ހަވާލުވެވަޑައިގަންނަވަނީ

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހާމަކުރެއްވުމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ތައުރީފުކުރައްވައިފިއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 56 އިންސައްތަ ބޮޑުވެގެންދާނެކަމަށެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ޑރ. ޙަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޗަރުންގެ މުސާރަ 56 އިންސައްތައިން ބޮޑުކުރުން މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ނުވާވަރުގެ ކަމެއް ކަމަށެވެ. އަދި ލިބުން ޙައްޤު މިކުރިއެރުމާއެކު ހުނަރުވެރި ތައުލީމީ ރަށްވެހިންގެ އައު ޖީލެއް ބިނާކުރުމަށްޓަކައި ޤާބިލު ދަރިވަރުން ކެރިއަރެއްގެ ގޮތުގައި ޓީޗިންގ ނަގާނެ ކަމަށް ޑރ. ޙަސަން ލަފާކުރެއްވިއެވެ.

ޗާންސެލަރ މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ކުރެއްވި ޓްވީޓެއްގައިވެސް ވަނީ މީގެ ކުރީން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިއުލާންކުރެއްވުމަކީ ސްކޫލްތަކާއި ގުޅިފައިވާ ހުރިހާ ފަރާތްތަކަށް ލިބުނު މަތިވެރި އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި ހުނަރުވެރި ދަރިވަރުން މުދައްރިސްކަމާއި ކުރިމަތިލާ، މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބޭން މިނިސްޓަރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ސޯލިހުރިޔާސީ ބަޔާންޓީޗަރުން

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު