Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ފެށުން

ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭ ބޭނުންކުރަން ފަށައިފި

މިހާރު ރަންވޭގައި ޚިދުމަތް ދެވެނީ ގަޑިއަކު 8 އެއާކްރާފްޓަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 08:30
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފެށުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފެށުން

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޙަސަން އަރީފް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ރަސްމީ ރަންވޭއެއްގެ ގޮތުގައި އެތަން އަދި ބޭނުންކުރެވެން ނެތީ ކުރީގެ ސީޕްލެން ޓާމިނަލް ހުންނަނީ އައު ރަންވޭއާއި ކައިރީގައިކަމަށް ވާތީ އެރަންވޭއަށް ފްލައިޓުތައް ޖެއްސުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޚިލާފު ކަމަކަށް ވާތީކަމުގައި އަރީފު ވިދާޅުވިއެވެ.

Advertisement - businessAdvertisement

އައު ރަންވޭ އެއްކޮށް ބޭނުން ކުރަން ހުރަހަކަށްވާ ޓީއެމްއޭގެ ޓާމިނަލް އަންނަ މާޗު މަހުގެ ނިޔަަލަށް ހުސްކުރަން މިހާރު ވަނީ ނޯޓިސް ދީފައެވެ. އަދި އެޕްރީލް 1 ވަަނަ ދުވަހުން ފެށިގެން އައު ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމަށް ވަނީ ނިންމާފައެވެ. އައު ރަންވޭގެ ބޭނުން އެއްކޮށް ކުރެވޭނީ އައު ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުމުންނެވެ.

ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭ ބޭނުންކުރަން ފެށުމަށްޓަކައި ހޯމަ ދުވަހު ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ. އެގޮތުން ޓްރަޔަލްއެއްގެ ގޮތުގައި ހަތަރު އެއާކްރާފްޓް، ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭގައި ބޭނުންކޮށްފައިވެއެވެ.

އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއެކު އެއަރޕޯޓުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ފާހަގަކުރައްވާ އަރީފް ވިދާޅުވީ މިހާރު ރަންވޭއަށް ޚިދުމަތް ދެވެނީ ގަޑިއަކު 8 އެއާކްރާފްޓަށް ކަމަށެވެ. ނަމަވެސް މި ބަދަލާއެކު ގަޑިއަކު 16 އެއާކްރާފްޓަށް ޚިދުމަތް ދެވޭނެކަމަށް އަރީފް ވިދާޅުވިއެވެ. ފްލައިޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއަރ ކުރުމަށް މިހާރު ގާތްގަނޑަކަށް 10 މިނެޓް ހޭދަވާ ނަމަވެސް އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ގާތްގަނޑަކަށް ދެމިނެޓު ތެރޭގައި ރަންވޭ ކްލިއަރ ކުރެވޭނެކަން އަރީފް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ފްލައިޓުތައް ޖައްސާނެ ޖާގަ ނެތިގެން މަޑުކުރަން ޖެހެނީ ޕީކު ގަޑީގައި އެކަނިކަމަށް އަދި މި ބަދަލާއެކު ގިނަ ފްލައިޓުތަކަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތްދޭން ފެށި، އެއަރޕޯޓުގައި ޖައްސާނެ ޖާގަ ނެތިފައި ފްލައިޓުތައް މަޑުކުރާކަށް ނުޖެހޭނެކަމަށްވެސް އަރީފު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ފްލައިޓުތަކުން ތެލަށާއި ހޭދަވާ ވަގުތަށް ކުރަން ޖެހޭ ޚަރަދުތައް މަދުވެގެންދާނެ ކަމަށާއި މިއާއެކު ފްލައިޓުތަކުގައި ރާއްޖެއަށް ކުރާ ދަތުރުތައް އަގުހެޔޮވެ، ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

ވީއައިއޭ އިން 1 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފޭރުން: ފައިސާ ފެނިއްޖެތޯ އެހުމުން ފުލުހުން ބުނީ "އަޕްޑޭޓެއް ނެތް" ކަމަށް!

24 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު