Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒައިދު ސަސްޓެނައިބިލިޓީ އެވޯޑް

ޒައިދު ސަސްޓެއިނެބިލިޓީ އެވޯޑާއެކު ޙިރާ ސްކޫލްގެ ޓީމް އައްޑޫއަށް

22 ޖެނުއަރީ 2022 | ހޮނިހިރު 14:11

މި އެވޯޑަކީ ދެމެހެއްޓެނިވި ޙައްލު ހޯދާ ފަރާތްތަކަށް ދުބާއީ ސަރުކާރުން ދޭ ޚާއްޞަ އެވޯރޑެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2022 | ހޮނިހިރު 14:11
ޙިރާ ސްކޫލްގެ ޓީމަށް މަރުޙަބާ ކިއުން

ޙިރާ ސްކޫލްގެ ޓީމަށް މަރުޙަބާ ކިއުން

ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ޒައިދު ސަސްޓެއިނެބިލިޓީ ޕްރައިޒް އެވޯޑް ޙަފްލާގައި ލިބުނު ފަޚުރުވެރި އެވޯޑާއެކު އައްޑޫސިޓީ ޙިރާ ސްކޫލްގެ ޓީމު އައްޑޫސިޓީއަށް އެނބުރި ގޮސްފިއެވެ.

ޙިރާ ސްކޫލްގެ ޓީމު އައްޑޫސިޓީއަށް އެނބުރި ގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

މި އެވޯޑަކީ، ދެމެހެއްޓެނިވި ހައްލު ހޯދާ ފަރާތްތަކަށް ދުބާއީ ސަރުކާރުން ދޭ ޚާއްސަ އެވޯޑެކެވެ. އެގޮތުން މި އަހަރުވެސް މި އެވޯރޑަށް ކުރިމަތިލުމަށް ރެކޯޑު އަދަދަކަށް ވަނީ ހުށައެޅުންތައް ލިބިފައެވެ. 4000 ޕްރޮޖެކްޓު އެކި ތަންތަނުން ހުށައަޅާފައިވާއިރު، އޭގެ ތެރެއިން ފައިނަލަށް ގޮސްފައިވަނީ 30 ޕްރޮޖެކްޓެކެވެ. އޭގެ ތެރެއިންވެސް އިނާމު ލިބިފައިވަނީ 10 ޕްރޮޖެކްޓަކަށެވެ. އެގޮތުން ޙިރާ ސުކޫލަށް ލިބިފައިވަނީ ގްލޯބަލް ހައިސްކޫލް ކެޓެގަރީން ސައުތު އޭޝިއާ ރީޖަންގެ އެއްވަނައެވެ.

ޙިރާ ސްކޫލްގެ ޓީމަށް ގަމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރުޙަބާ ވިދާޅުވީ އައްޑޫސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރާއި، ޙިރާ ފައުންޑޭޝަންގެ އިސްވެރިންނާއި ސްކޫލްގެ މެނޭޖްމަންޓާއި، ބައެއް މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނެވެ.

ޙިރާ ޓީމާ ބައްދަލުކުރައްވައި މޭޔަރ ޢަލީ ނިޒާރު ވަނީ، މި އެވޯޑަކީ އައްޑޫސިޓީގެ އިތުރުން މުޅި ރާއްޖެވެސް ފަޚުރުވެރިވާފަދަ އެވޯޑެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން ޙިރާ ސްކޫލުން ހޯދަމުންދާ ކާމިޔާބީއަށްޓަކައި ސްކޫލްގެ ދަރިވަރުންނާއި މެނޭޖްމަންޓަށް މޭޔަރު މަރުޙަބާ ވިދާޅުވިއެވެ. އަދި ޙިރާ ސްކޫލުން މި އެވޯޑް ޙާޞިލުކުރި ޕްރޮޖެކްޓް ތަންފީޒު ކުރުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރު ދެއްވާފައިވާކަމަށް ޙިރާ ސުކޫލުން މަޢުލޫމާތު ދެއެވެ. މި ބައްދަލުވުމުގައި، ޙިރާ ސްކޫލްގެ މެނޭޖްމަންޓްގެ ފަރާތުން ވަނީ، އެ ޓީމަށް މަރުޙަބާ ވިދާޅުވުމަށް މޭޔަރު ވަޑައިގެންނެވުމަކީ ލިބިގެންދިޔަ ޝަރަފެއްކަން ފާހަގަ ކޮށްފައެވެ.

އެ ސުކޫލުން ހުށަހަޅާފައިވަނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުން ކުރުމާގުޅޭ ޕްރޮޖެކްޓެކެވެ. އެގޮތުން ވާރޭފެން ޖަމާކޮށް، ސާފުކުރުމަށްފަހު، ބޭކާރު ނުވާގޮތަށް އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ގޮތްތައް މި ޕްރޮޖެކްޓުގެ ދަށުން ވަނީ ނިޒާމީ ގޮތެއްގައި ދައްކުވައިދީފައެވެ. އަދި ފެން އަލުން ސާފުކޮށްގެން އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ މޮޑެލްއެއްވެސް މި ޕްރޮޖެކްޓުގެ ދަށުން ދައްކުވައިދީފައިވެއެވެ.

ޔޫއޭއީއައްްޑޫ ސިޓީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް