Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތައް

ހުޅުމާލޭގައި ހަފްލާތައް ބޭއްވުން މެދުކަނޑާލައިފި

ދާދިފަހުން ހަތަރު ނައިޓް މާކެޓެއް މާލެ ސަރަހައްދުގައި ބާއްވާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޖެނުއަރީ 2022 | ހުކުރު 06:37
ހުޅުމާލޭގައި ހަފްލާތައް ބޭއވުން މެދުކަނޑާލީ ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ

ހުޅުމާލޭގައި ހަފްލާތައް ބޭއވުން މެދުކަނޑާލީ ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ

މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުން މެނދުކަނޑާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ އެ ކޯޕަރެޝަނުން ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުން އަންނަ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ މިހާރު ފިޔަވަޅުތައް އަންނަނީ ހަރުކަށި ކުރަމުންނެވެ. ފުލުހުން ވަނީ މާސްކު އެޅުން ތަންފީޒުކުރުމަށް ނިކުންނާނެ ކަމަށް ބުނެފައެވެ.

Advertisement - newsAdvertisement

މާލޭގައި ކުރިއަށްދާ ނައިޓް މާކެޓު ފަދަ ތަންތަނަށް ހުއްދަ ދޫކުރުން މާލޭ ސިޓީ ކައުންސިލުން މެދު ކަނޑާލުމަށްފަހު ގިނަ ބައެއްގެ އެދުމުގެ މަތިން، އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް އެޗްޕީއޭއިން އެ ކައުންސިލަށް މިހާރު އަންގާފައިވާ ކަމަށާއި އެހެން ކަމުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޮވިޑާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު ނައިޓް މާކެޓްތައް ބޭއްވުން ހުއްޓުމަކަށް އައުމަށްފަހު، ދާދިފަހުން ވަނީ ހަތަރު ނައިޓް މާކެޓެއް މާލެ ސިޓީގައި ބާއްވާފައެވެ. ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓަކާއި ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައި އަދި ރަސްފަންނު ސަރަހައްދުގައިވެސްވަނީ ނައިޓް މަރކެޓެއް ބާއްވާފައެވެ.

ހުޅުމާލެއަކީ ގިނަ އަދަދެއްގެ މީހުން އެއްވެ ހަފްލާތައް ބާއްވަމުން އަންނަ ތަނެކެވެ. ކޮވިޑް ކޭސްތައް މަދުވެ ދިން ލުއިތަކާއެކު ގިނަ ބަޔަކު ގެންދަނީ އެކި ހަފްލާތައް ބާއްވަމުންނެވެ.

ކޮވިޑް-19ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު