Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީގެ ސިޔާސީ މަސްރަހު ހޫނުވުން

ބަޑީގެ ޙަމަލާތަކަކުން ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި

ޙަމަލާ ދީފައިވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ގޭންގުތަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖެނުއަރީ 2022 | ބުދަ 10:18
ހެއިޓީގެ ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ- ބޮޑުވަޒީރު އެރިއަލް ހެންރީ ވަނީ އެފަދަ ޙަމަލާތަކެއް އޭނާއަށް އަމާޒުވުމުގެ ބިރު މީގެ ކުރިންވެސް އޮތްކަމަށް ވިދާޅުވެފައި

ހެއިޓީގެ ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ- ބޮޑުވަޒީރު އެރިއަލް ހެންރީ ވަނީ އެފަދަ ޙަމަލާތަކެއް އޭނާއަށް އަމާޒުވުމުގެ ބިރު މީގެ ކުރިންވެސް އޮތްކަމަށް ވިދާޅުވެފައި

ހެއިޓީގެ ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ ހުންނެވި ތަނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކެއް ދީފިއެވެ.

ހޮނިހިރު ދުވަހު ދިން މި ޙަމަލާގެ ވީޑިއޯ ފުޓޭޖުތައް މިހާރު އާންމުވެފައިވާއިރު، އޭނާއަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައިވަނީ އެ ޤައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތަކަށް ވަޑައިގަންނަވައިގެން ހުންނަވަނިކޮށެވެ. އެގޮތުން މިނިވަން ދުވަހާއި ގުޅިގެން ޚާއްސަ ތަޤުރީރެއް ކުރެއްވުމަށް ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް މި ޙަމަލާއިން ދިފާއުވުމަށް ސެކިއުރިޓީން ވަނީ ވަގުތުން އޭނާ އެތަނުން ބޭރަށް ނެރުއްވާފައެވެ. މި ޙަމަލާއާއި ގުޅިގެން ފުލުހުންވެސް ރައްދު ޙަމަލާތަކެއް ދީފައިވާއިރު، އެކަކު މަރުވެ، 2 މީހަކަށް އަނިޔާތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރު އޮފީހުން ބުނެފައިވަނީ، ޙަމަލާ ދީފައިވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ގޭންގުތަކުން ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައިވެސް އެފަދަ ގިނަ ޙާދިސާތަކެއް ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަގުތީ ބޮޑުވަޒީރު އެރިއަލް ހެންރީ ވަނީ އެފަދަ ޙަމަލާތަކެއް އޭނާއަށް އަމާޒުވުމުގެ ބިރު މީގެ ކުރިންވެސް އޮތްކަމަށް ވިދާޅުވެފައެވެ.

ހެއިޓީގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ބޮޑުވަޒީރުކަމަށް ހެންރީ އައްޔަން ކުރައްވާފައިވަނީ ގައުމު ހުއްޓުމަކަށް އައިސް އޭރު ހުންނެވި ވަގުތީ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހެންރީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ އިންތިޚާބެއް ބޭއްވޭނެ އެންމެ އަވަސް މަގެއް ފަހިކޮށްދިނުން ކަމަށެވެ.

ޖުލައި 7 ވަނަ ދުވަހު ހެއިޓީގެ ރައީސް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ އިރު، ގައުމު އޮތީ ނާދިރު ފައްތަރެއްގައެވެ. މޮއިސް އަވަހާރަކޮށްލި ހާދިސާގައި އަނބިކަނބަލުންނަށް ވެސް ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ.

އެ ޤައުމުގެ ރައީސް އަވަހާރަކޮށްލި ގްރޫޕްގައި ހިމެނެނީ އެކި ގައުމުތަކުގެ އަސްކަރިއްޔާގައި އުޅުމަށްފަހު ރިޓަޔަރވެފައިވާ ކޮމާންޑޯއިން ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ހެއިޓީގެ ރައީސް އަވަހާރަކޮށްލުމާއެކު އެޤައުމުގައި ވެރިކަމުގެ ބާރުތަކާމެދު ވެސް ވަނީ ނުތަނަވަސްކަން އުފެދިއެވެ. ގާނޫނު ހަދާ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު، ގާނޫނުގައި ބުނާ ގޮތުން، ރައީސެއް ނެތް ހާލަތެއްގައި ގައުމުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވާނީ ސުޕްރީމް ކޯޓުގެ ރައީސެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރައީސް ވަނީ ކޮވިޑްގައި އަވަހާރަވެފައެވެ.

ހައިޓީ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
25 ޖުލައި 2022

ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ

25 ޖުލައި 2022
ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ
14 އޯގަސްޓު 2021

ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް

14 އޯގަސްޓު 2021
ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް
21 ޖުލައި 2021

މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

21 ޖުލައި 2021
މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި
19 ޖުލައި 2021

ހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

19 ޖުލައި 2021
ހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު