Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހެއިޓީއަށް ބިންހެލުމެއް އައުން

ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް

އެ ޤައުމުގެ ސިޔާސީ މަސްރަހުވެސް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2021 | ހޮނިހިރު 15:57
ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އަސަރު ކެރީބިއަން ކަނޑުގެ ބޮޑު ސަރަހައްދަކަށް ވަނީ ކޮށްފައި

ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އަސަރު ކެރީބިއަން ކަނޑުގެ ބޮޑު ސަރަހައްދަކަށް ވަނީ ކޮށްފައި

ކެރީބިއަން ސަރަހައްދުގެ ޤައުމެއްކަމަށްވާ ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޤައުމުގެ ހުޅަނގު ސަރަހައްދަށް އައި މި ބިންހެލުމުގައި 7.2 މެގްނިޓިއުޑްގެ ބާރުމިން ހުންނާނެއެވެ. އަދި ބިންހެލުމުގެ ސަބަބުން ބައެއް ސަރަހައްދުތައް ސުންނާފަތިވެފައިވާއިރު، މިހާތަނަށް މަރުވެފައިވަނީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއްގެ ފުރާނަ ގޮސްފައިވާކަން ކަށަވަރުކުރެވޭ ކަމަށް ހެއިޓީގެ ޑިރެކްޓަރ އޮފް ސިވިލް ޕްރޮޓެކްޝަން ޖެރީ ޗާންދްލަރ ވަނީ އޭއެފްޕީ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ. ބިންހެލުމުގައި އަނިޔާވި ބައެއް މީހުންނަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އަސަރު ކެރީބިއަން ކަނޑުގެ ބޮޑު ސަރަހައްދަކަށް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހެއިޓީއަށް 2010 ވަނަ އަހަރުވެސް ބާރުގަދަ ބިންހެލުމެއް އައިސް އެތައް ގެއްލުންތަކެއް ވެފައިވާއިރު، އަދިވެސް އެ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެވިފައިނުވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. އެ އަހަރު ހެއިޓީއަށް އެރި ބިންހެލުމުގައި ދެލައްކައަށްވުރެ ގިނަ މީހުން މަރުވެ، އެ ޤައުމުގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައެވެ. އަދި ޤައުމުގެ ޢުމްރާނީ ތަރައްޤީއަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެން ދިޔައެވެ.

ހެއިޓީއަށް ބިންހެލުމެއް އައިސްފައި މިވަނީ އެ ޤައުމުގެ ސިޔާސީ މަސްރަހުވެސް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ދާދިފަހުން ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލުމާއެކު އެ ޤައުމުގައި ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކެއް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ހައިޓީ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
25 ޖުލައި 2022

ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ

25 ޖުލައި 2022
ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ
05 ޖެނުއަރީ 2022

ބަޑީގެ ޙަމަލާތަކަކުން ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި

05 ޖެނުއަރީ 2022
ބަޑީގެ ޙަމަލާތަކަކުން ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި
21 ޖުލައި 2021

މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

21 ޖުލައި 2021
މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި
19 ޖުލައި 2021

ހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

19 ޖުލައި 2021
ހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު