Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވުން

ހައިޓީގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

މޮއިސް އަވަހާރަކޮށްލުމުގެ ދެ ދުވަސް ކުރިން ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވީ އެރިއަލް ހެންރީ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖުލައި 2021 | ހޯމަ 17:31
ހައިޓީގެ ވަގުތީ ބޮޑުވަޒީރުކަމުގައި ހުންނެވި ކުލޯޑު ޖޯސެފް

ހައިޓީގެ ވަގުތީ ބޮޑުވަޒީރުކަމުގައި ހުންނެވި ކުލޯޑު ޖޯސެފް

ހައިޓީގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުންނެވި ކުލޯޑު ޖޯސެފް އެމަގާމުން އިސްތިއުފާދެއްވައިފިއެވެ.

ހައިޓީގެ ވަގުތީ ބޮޑުވަޒީރުކަމުގައި ކުލޯޑު ޖޯސެފް ހުންނެވީ ޖުލައި މަހުގެ 7 ވަނަ ދުވަހު އެގައުމުގެ ރައީސް ޖޮވެނެލް މޮއީސް އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވައި، މަގާމުގެ ބާރުތައް ބައިނަލްއަޤްވާމީ ދުނިޔެ ގަބޫލުކުރާ ބޭފުޅަކަށް ދެއްވުމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ހޯމަ ދުވަހު ވޮޝިންގޓަން ޕޯސްޓަށް ދެއްވި އިންޓަރވިއުއެއްގައި ޖޯސެފް ވަނީ ވިދާޅުވެފައެވެ.

ޖޯސެފް އެއިޝާރާތްކުރައްވަނީ މޮއިސް އަވަހާރަކޮށްލުމުގެ ދެ ދުވަސް ކުރިން ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވި އެރިއަލް ހެންރީއަށެވެ. އުމުރުން 71 އަހަރުފުޅުގެ ހެންރީ އަކީ ނިޔުރޯސަރޖަންއެކެވެ. ހެންރީ އަދި މަގާމާ ހަވާލުވެ ވަޑައިގެންފައެއްނުވެއެވެ.

ވޮޝިންގޓަން ޕޯސްޓަށް ދެއްވާފައިވާ އިންޓަރވިއުގައި ޖޯސެފް ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާދެއްވުމަށް އެއްބަސްވެވަޑައިގަތީ ގައުމަށް ފައިދާ ހުރި ގޮތަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ބާރުތައް ބަދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އޭނާއަކީ ކާކުކަން އެނގިވަޑައިގަންނަވާ ކޮންމެ މީހަކަށްވެސް، މިޒާތުގެ ކަންކަމަށް އޭނާގެ ހިތްޕުޅުގައި ޝައުގުވެރިކަން ނުހުންނަކަން އެނގޭނެކަމަށް ވިދާޅުވިއެވެ.

" ރައީސަކީ އަހަރެންގެވެސް ރައްޓެއްސެއް. އޭނާއަށް އިންސާފު ލިބުން އަހަރެންގެވެސް އެދުމަކީ" ޖޯސެފް ވިދާޅުވެފައިވެއެވެ.

11 މިލިއަން މީހުން ދިރިއުޅެމުން އަންނަ ހައިޓީއަކީ ސިޔާސީ ހަމަނުޖެހުން ބޮޑު ގައުމެކެވެ. އެކި ފަހަރުމަތިން އެގައުމުގެ ސަރުކާރުތައް ވައްޓާލުމުގައި ބޭރުގެ ފަރާތްތަކުގެ ބައިވެރިވުންވެސް ވަނީ ހިމެނިފައެވެ.

ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލާފައިވަނީ އެ ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވެރިކަން ކުރާ ރަށުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާއިރު މި ހަމަނުޖެހުންތަކުގައި އެތައްބަޔަކު ވަނީ މަރުވެފައެވެ. ސިޔާސީ ހަލަބޮލިކަމުގެ އިތުރުން ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ވެސް އެގައުމަށް އައީ އިތުރު ހަމަނުޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ހައިޓީ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
25 ޖުލައި 2022

ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ

25 ޖުލައި 2022
ބަހާމާސް ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލާ 17 މީހުން މަރުވެއްޖެ
05 ޖެނުއަރީ 2022

ބަޑީގެ ޙަމަލާތަކަކުން ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި

05 ޖެނުއަރީ 2022
ބަޑީގެ ޙަމަލާތަކަކުން ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި
14 އޯގަސްޓު 2021

ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް

14 އޯގަސްޓު 2021
ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް
21 ޖުލައި 2021

މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި

21 ޖުލައި 2021
މައްސަލަ ބޮޑުވެފައިވާ ހެއިޓީއަށް އައު ބޮޑުވަޒީރަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު