Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީގެ ކޮވިޑްގެ ހާލަތު

އިއްޔެއަކީ ވޭތުވެ ދިޔަ 4 މަހާއި 10 ދުވަހަށްފަހު އައްޑޫއިން ކޮވިޑް ކޭސްއެއް ނުފެންނަ ފުރަތަމަ ދުވަސް

21 ޑިސެމްބަރު 2021 | އަންގާރަ 02:40

ކޮވިޑްގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ ކައުންސިލުން ވަނީ މޮނިޓަރިން އިން ނެގުމަށް އެޗްޕީއޭގައި އެދިފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 21 ޑިސެމްބަރު 2021 | އަންގާރަ 02:40
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް

ވޭތުވެދިޔަ 4 މަހާއި 10 ދުވަހަށް ފަހު އައްޑޫސިޓީން ކޮވިޑް-19ށް މީހަކު ޕޮޒިޓިވް ނުވާ ހަމައެކަނި ދުވަހަކީ އިއްޔެއެވެ. އިއްޔެ އައްޑޫގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 3 އެވެ. ރަނގަޅުވި މީހުންގެ ތެރޭގައި ކޮވިޑް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން މީހަކު ވެސް ހިމެނެއެވެ. މިވަގުތު އައްޑޫގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 53 އެވެ. މިވަގުތު ކޮވިޑް ހޮސްޕިޓަލުގައި އެއްވެސް މީހަކު އެޑްމިޓް ކޮށްފައެއް ނުވެއެވެ. އައްޑޫގެ އެކްޓިވް ކޭސް ތަކަށްބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫގައެވެ. އެއީ 44 މީހުންނެވެ. އޭގެ އިތުރުން މަރަދޫގައި 5 މީހަކު، މީދޫގައި 2 މީހަކު އަދި  ފޭދޫގައި ވެސް 2 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މިވަގުތު އައްޑޫސިޓީގައި ކަރަންޓީނު ކުރެވިފައިވާ އެއްވެސް ތަނެއް ނެތެވެ. އިއްޔެ ވެސް 107 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރެވިފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.

އައްޑޫގެ ކޮވިޑްގެ ޙާލަތު ވަރަށް ބޮޑަށް ހަމައަކަށް އެޅިފައިވާތީ ސިޓީގެ އަވަށްތައް މޮނިޓަރިން އިން ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން ވަނީ އެޗްޕީއޭގައި އަނެއްކާވެސް އެދިފައެވެ. މިދިޔަ އޮގަސްޓް މަހުން ފެށިގެން އައްޑޫ މޮނިޓަރިންގައި އޮންނައިރު ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން  އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ވެސް ގެއްލުންވެ ކަންކަން ކުރުމަށް ހުރަހަކަށް ވެފައިވާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލީ މިދިޔަ  އޯގަސްޓު މަހުގެ 28 ގައެވެ. ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ނޮވެންބަރު މަހުގެ ފަހުކޮޅު ވަނީ އައްޑޫގައި އިތުރު ފިޔަވަޅުތައް އަޅަންފަށާފައެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމާއި އާއްމު އެއްވުންތަކާއި ހަރަކާތްތައް ނުބޭއްވުމާއި ސްކޫލްތަކުގެ ކިޔެވުން ފިޔަވައި  އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށާއި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުމަށް ނިންމާފައިވެއެވެ.

ކޮވިޑް- 19 ގައި އައްޑޫން މިހާތަނަށް 13 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގެ ކޮވިޑްގެ ޙާލަތުއައްްޑޫ ސިޓީ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް