Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ޑޮކްޓަރުންގެ ފުރަތަމަ ޑޮކްޓަރު

ޑރ އަހުމަދު ލަތީފު

ނިސްބަތްވަނީ ގައްދަޑުގޭ އާއިލާއަށް

ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2021 | ބުރާސްފަތި 15:28
ޑރ އަހުމަދު ލަތީފު

ޑރ އަހުމަދު ލަތީފު

އިހުޒަމާނުގައިވެސް ދިވެހީންގެ ތެރޭގައި ބޭސްވެރިން އުޅުނެވެ. ހަކީމުން ތިއްބެވެ. އެކަމަކު މިޒަމާނުގެ ވައްތަރަށް ޑޮކްޓަރުކަން ކިޔަވައިގެން ނުވަތަ އެމްބީބީއެސް ފާސް ހާސިލުކޮށްގެން ތިބި ޑޮކްޓަރުން ދިވެހީންގެ ތެރެއަށް ތައާރަފުވިތާ އަދި މާކަގިނަ ދުވަސްތަކެއް ނުވެއެވެ. މިހާރު ދިވެހީންގެ ތެރޭގައި ޑޮކްޓަރުން ވަރަށް ގިނައެވެ. އެއް އާއިލާއެއްގެ ތެރެއިންވެސް ހަތަރުފަސް ޑޮކްޓަރުން ފެނެއެވެ. އެމްބީބީއެސް ހާސިލްކޮށްގެން ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޚިދުމަތްކުރެއްވި ދިވެއްސަކީ ޑޮކްޓަރ އަހުމަދު ލަތީފެވެ. ގދ. ވާދޫ ގައްދަޑުގޭ އަހުމަދު ލަތީފެވެ. ދިވެހިރާއްޖޭގައި އެއް އާއިލާއެއްގެ ތެރެއިން އެންމެ ގިނަ ޑޮކްޓަރުން ފެންނަ އާއިލާއަކީވެސް ގައްދަޑުގޭ އާއިލާއެވެ.

އިންޑިޔާއިން އެމްބީބީއެސް ހާސިލުކުރައްވަައިގެން ޑރ އަހުމަދު ލަތީފް ރާއްޖެއަށް ވަޑައިގެންނެވީ 1967 ވަނަ އަހަރުއެވެ. ވަޒީފާ އަދާކުރެއްވީ އޭރުގެ ނަމުންނަމަ ގަވަރމެންޓް ހޮސްޕިޓަލުގައެވެ. އޭރު އެތަނުގައި ހުންނެވި ދިވެހި ހަމައެކަނި ޑޮކްޓަރަކީ އެއީއެވެ. ތަރުޖަމާނަކު މެދުވެރިނުކޮށް ބަލި މީހުންނާ ދިވެހި ބަހުން މުއާމަލާތު ކުރެއްވި ފުރަތަމަ ޑޮކްޓަރަކީ އެއީއެވެ. އެކަމަކު ދިވެހިންނަށް ޑރ އަހުމަދު ލަތީފުގެ ޚިދުމަތް މާކަގިނަ ދުވަހު ލިބޭގޮތެއް ނުވިއެވެ. ގަވަރމެންޓް ހޮސްޕިޓަލުގައި ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު އިތުރަށް ޚާއްސަވެ ވަޑައިގަތުމަށް ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ޚާއްސަވެވަޑައިގަތީ އޮޕަރޭޝަން ކުރުމުގެ ދާއިރާއިންނެވެ. އިނގިރޭސިވިލާތުގައި ކިޔަވާވިދާޅުވީ ސާޖަންކަމެވެ. އެފާސް ހޯއްދެވުމަށްފަހު ރާއްޖެއަކަށް އެނބުރި ވަޑައެއް ނުގަންނަވައެވެ.

ޑރ އަހުމަދު ލަތީފު އެނބުރި ރާއްޖެއަށް ވަޑައިނުގެންނެވުމުގައި ވަރަށް ބޮޑު ސަބަބެއް އޮތެވެ. ޚާއްސަވެ ވަޑައިގަތީ ސާޖަރީ ހެދުމުގެ ދާއިރާއިންނެވެ. އެދުވަސްވަރު ރާއްޖޭގައި އެޒާތުގެ ޚިދުމަތެއްގެ ދޮރު ހުޅުވިފައެއް ނެތެވެ. ގަވަރމަންޓް ހޮސްޕިޓަލުގައި އޮޮޕަރޭޝަން ތިއޭޓަރެއް ނެތެވެ. ކަމަށް ބޭނުންވާ ސާމާނެއް ނެތެވެ. އެހެންވީމާ އެންމެ މަތީ ފަންތީގެ ސާޖަނަކު މާލެ ވަޑައިގެން ކުރައްވާނޭ ކަމެއް ކުރެއްވޭނޭ ކަމެއް އޮންނާނެ ބާވަައެވެ. އަރާނޭ ރުކަކާއި ގެންގުޅޭނޭ ބަޅުވަޅިއެެއް ނެތި ރައިވެރިޔަކަށް ރައިވެރިކަން ކުރެވޭނޭ ބާވައެވެ. މިޒަމާނުގައިވެސް އަތޮޅުތެރޭގެ ކުޑަވަރެއްގެ ހެލްތު ސެންޓަރެއްގައި ވަޒީފާ އަދާކުރަން ސާޖަނަކު އަތުވެދާނެބާވައެވެ. ނާންނާނެއެވެ. އާދެވޭނެ ގޮތެއް ނޯންނާނެއެވެ. ޑރ އަހުމަދު ލަތީފު ބޭރުގައި މަޑުކުރެއްވީ އެސަބަބަށްޓަކައެވެ. ދިވެހީންނަށް ޚިދުމަތްކުރަން ބޭނުން ނުވެގެނެއް ނޫނެވެ.

ޑރ އަހުމަދު ލަތީފު މަޑުކުރެއްވީ އަދި ދިރިއުޅުންވެސް އިޚުތިޔާރު ކުރެއްވީ އިނގިރޭސިވިލާތުގައެވެ. ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ގައުމުގެ އެކިއެކި ހޮސްޕިޓަލްތަކުގައެވެ. އެތަނުގައި ވަރަށްވެސް މަގްބޫލު އަދި މަޝްހޫރު ސާޖަނެކެވެ. އެކަމަކު ޚިދުމަތް ކުރައްވަމުން ގެންދެވީ އިނގިރޭސިވިލާތުގައި ކަމުން ދިވެހީންގެ ތެރޭގައި ފަހުން ޑރ އަހުމަދު ލަތީފުގެ ނަންވެސް ހަނދާން ހުރި ބަޔަކު ނެތެވެ. އެކަމަކު ގައްދަޑުގޭ އާއިލާގެ ތެރޭގައި ޑރ އަހުމަދު ލަތީފު ހިމެނުނީ އެއާއިލާގެ އައު ޖީލުތަކަށް މަގު ދައްކަވައި ނަމޫނާވެސް ދެއްކެވި ބޭފުޅެއް ކަމުގައެވެ. އޭގެފަހުން އެއާއިލާގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ޑޮކްޓަރުންކަން ކިޔަވައި ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެންމެ އިސް ޑޮކްޓަރުކަމުގެ އާއިލާއަކީ އެ އާއިލާކަމުގައި ހިމެނިއްޖެއެވެ.

މިހަފުތާގެ ބުދަ ދުވަހު ޑޮކްޓަރ އަހުމަދު ލަތީފު ވަނީ އިނގިރޭސިވިލާތުގައި އަވަހާރަވެފައެވެ. އުމުރުފުޅަކީ 79 އަހަރެވެ. އަވަހާރަވީ ރާއްޖެއިން ބޭރުގައި އުޅުއްވާތާ 50 އަހަރުވީ ފަހުންނެވެ. އިނގިރޭސިވިލާތުގެ މެޑިކަލް ދާއިރާގައި ގާތްގަޑަކަށް 40 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވިތާވެސް 10 ވަރަކަށް އަހަރު ފަހުންނެވެ.

ޑރ އަހުމަދު ލަތީފަކީ އައްޑޫ މީދޫ އަލްގާޒީ މޫސާ ބަދުރުއްދީނުގެ ހުޅުދޫ ގެދަރު އަހުމަދު މަނިކުގެ އަލިމަނިކުގެ ހުވަދޫ ވާދޫ ގައްދަޑުގޭ ޑރ އަހުމަދު ލަތީފެވެ. މިދަރިކޮޅުން ރާއްޖޭގެ މޮޅެތި ޑޮކްޓަރުން ފާހަގަކުރެވިފައިވެއެވެ. ޑޮކްޓަރ އަހުމަދު ލަތީފަކީ ކުރީގެ މިނިސްޓަރ ސީނާ އަހުމަދު ޒާހިރުގެ ބޮޑުބޭބެއެވެ. ސީނާ ޒާހިރުގެ މަންމާފުޅު އާއިޝަތު ލަތީފާއަކީ ވެސް މޮޅު ދިވެހި ބޭސްވެރިއެކެވެ.

ޑރ އަހުމަދު ލަތީފުގެ މަންމާފުޅު ވާދޫ ދޮންތުއްތުދީދީއަކީ ވަރަށް މޮޅު ދިވެހި ބޭސްވެރިޔެކެވެ. ދޮންތުއްތުދީދީއަށް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޑރ އަހުމަދު ލަތީފާއި ދޮންދީދީ ނުވަތަ އައިޝަތު ލަތީފާގެ ވާހަކަ އިސްވެ ހިނގައްޖެއެވެ. ދެން ތިއްބެވީ މަރިޔަމް ލަތީފާއާއި އަބްދު ﷲ ލަތީފެވެ. މިތަނުން މަރިޔަމް ލަތީފާގެ އެކަނިވެސް ހަތަރު ޑޮކްޓަރުން އެބަތިއްބެވިއެވެ. މަރިޔަމް ލަތީފާ ނުވަތަ މަރިޔަމްދީދީ ކައިވެނި ބެއްލެވީ ޝައިޚު އަލީ ހުސައިންދީދީއާއެވެ. ލިބިވަޑައިގެންނެވި އެއްބޭފުޅަކީ ޑރ ފާތިމަތު އަލިދީދީއެވެ. އިތުރު ތިން ޑޮކްޓަރުން އުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. އަބްދު ﷲ ލަތީފަކީ މަޝްހޫރު ގައްދަޑުގޭ ލަތީފެވެ. ދިވެހި ބޭސްވެރިކަމުގެ ދެވަނައެއް ނުވާ ހަކީމެވެ. ޑރ އަލީ ލަތީފަކީ އޭނާގެ ބޭފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނީސާ އަހުމަދު

އަނީސާ އަހުމަދު

04 ނޮވެމްބަރު 2021
އަތަމާ އަބްދުއްލަތީފު

އަތަމާ އަބްދުއްލަތީފު

25 އޯގަސްޓު 2021
މާއެނބޫދޫ އަހުމަދު އާދަމް

މާއެނބޫދޫ އަހުމަދު އާދަމް

05 އޯގަސްޓު 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު