Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާއީ ކުށްތަކުގައި ހިމެނޭ ކުޑަކުދިން

ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ތަނެއް ޤާއިމުކުރެވޭނެ އިރެއް އެންގުމަށް، ހޯމް މިނިސްޓްރީގައި ޕީޖީ އެދިވަޑައިގެންފި

15 ނޮވެމްބަރު 2021 | ހޯމަ 07:24

ދާދި ފަހުން މަރުގެ މައްސަލަތަކެއްގައި ހިމެނޭ ކުޑަ ކުދިންތަކެއް ބަންދުން ދޫކޮށްލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ނޮވެމްބަރު 2021 | ހޯމަ 07:24
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، ކުޑަކުދިން ބަންދު ކުރުމަށް ޤާނޫނުގައި ލާޒިމުކުރާ، އަދި ހުއްދަކުރާ މިންވަރުގެ ތަނެއް ޤާއިމުވާން ޖެހޭކަމަށް

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް- ޕީޖީ ވިދާޅުވީ، ކުޑަކުދިން ބަންދު ކުރުމަށް ޤާނޫނުގައި ލާޒިމުކުރާ، އަދި ހުއްދަކުރާ މިންވަރުގެ ތަނެއް ޤާއިމުވާން ޖެހޭކަމަށް

ކުޑަކުދިން ބަންދުކުރަން އެކަށީގެންވާ ތަނެއް ހެދޭނެ އިރެއް އެންގުމަށް ހޯމް މިނިސްޓްރީގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް (ޕީޖީ) އެދިވަޑައިގެންފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ އާދިއްތަ ދުވަހު ޕީޖީ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ދާދި ފަހުން، މަރުގެ މައްސަލަތަކެއްގައި ހިމެނޭ ކުޑަ ކުދިންތަކެއް ބަންދުން ދޫކޮށްލި މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، އެކުދިން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު، އެކުދިން ބަންދު ކޮށްފައި ތިބި ތަނާ ބެހޭގޮތުން ކޯޓުން ލިޔެފައިވާ ސަބަބުތައް ބެއްލެވިއިރު، ރަނގަޅު ވާހަކަތައް ކޯޓުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވިސްނާލަން ޖެހޭ ވާހަކަތައްވެސް އޭގައި އެބަހުރި ކަމަށް ޕީޖީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީޖީ ވިދާޅުވީ، ކުޑަކުދިން ބަންދު ކުރުމަށް ޤާނޫނުގައި ލާޒިމުކުރާ، އަދި ހުއްދަކުރާ މިންވަރުގެ ތަނެއް ޤާއިމު ކުރެވޭނީ ކިހާ ދުވަހަކުންތޯ އަންގަވައި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެކަން ސާފުވުމުން މަރުގެ މައްސަލަތަކުގައި ދައުވާ އުފުލުމަށްފަހު ބަންދުން ދޫކޮށްލާފައިވާ ކުދިން، އަލުން ބަންދު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

"ތަނެއް ނެތި، މިހާރު އެގޮތަށް އޮއްވައި ބަންދުގައި ބެހެއްޓުމަކީ، އަނެއްްކޮޅުން ބަލާއިރުގައި، ކޯޓުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑުމެންނަށް ކުރަންވެސް އުނދަގޫ ކަމެއް"ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެކުދިން ދޫކޮށްލުމަށް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން އެ މަރުޙަލާގައި ދައްކަވާނެ ވާހަކައެއްވެސް ނޯންނާނެކަމަށެވެ. އެއާއެކު، އެ ނިންމުން ރަނގަޅު ނަމަވެސް ނުވަތަ ގޯސް ނަމަވެސް، ހައިކޯޓުގައި ދައްކަވާނެ ވާހަކައެއް ނެތްނަމަ، ހައިކޯޓުގައި އިސްތިއުނާފު ކޮށްގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފޭސް ދޭއްގައި، މަރާލާފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ، ދާދި ފަހުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އެގޮތުން ކުޑަކުދިން ބަންދުކޮށްފައި ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކަށް ރިއާޔަތްކޮށް، ޖުވެނައިލް ކޯޓުން އެކުއްޖާ ގޭބަންދަށް ބަދަލުކުރީއެވެ.

އޭގެ އިތުރުންވެސް ބައެއް މައްސަލަތަކުގައި ހިމެނޭ ކުޑަކުދިން ޖަލު ބަންދުން ދޫކޮށްލާފައިވާއިރު، އައްސޭރި ޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ ކަރެކްޝަންސްއަށްވެސް އަންގާފައެވެ.

އެޗްއާރްސީއެމްހުސައިން ޝަމީމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
11 އޮކްޓޯބަރު 2025

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި
07 އޮކްޓޯބަރު 2025

މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

07 އޮކްޓޯބަރު 2025
މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
06 އޮކްޓޯބަރު 2025

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

06 އޮކްޓޯބަރު 2025
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
13 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި

13 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި
28 ފެބުރުއަރީ 2025

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި
26 ޖެނުއަރީ 2025

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު

26 ޖެނުއަރީ 2025
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް