Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައްޑޫ މަސައްކަތްތެރިންގެ ވޯކްޝޮޕް

އައްޑޫ މަސައްކަތްތެރިންގެ މަސައްކަތުބައްދަލުވުން ފަށައިފި

ޕްރޮގްރާމްގެ ތެރެއިން ޖުމްލަ 3 ސެޝަން ބާއްވާނެ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2021 | އާދީއްތަ 14:03
އައްޑޫ މަސައްކަތްތެރިންގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން

އައްޑޫ މަސައްކަތްތެރިންގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން

ވިޔަފާރިއެއް ފަށައިގަތުމަށް އެހީތެރިވެދީ ކާމިޔާބު މަސައްކަތްތެރިއަކަށް ވުމަށް ބޭނުންވާނެ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ބާއްވާ މަސައްކަތު ބައްދަލުވުންތައް އައްޑޫގައި ފަށައިފިއެވެ. އިއްޔެ ހުޅުމީދޫގައި ފެށި މި ސިލްސިލާގެ ފުރަތަމަ ސެޝަން އޮތީ އެ ދެ އަވަށުގެ މަސައްކަތްތެރިންނާ އެކުގައެވެ.

މިއަދުގެ ބައްދަލުވުން އޮތީ ފޭދޫ ސްކޫލްގައެވެ. 1 ޖެހިއިރު ފެށިގެން ކުރިއަށްދާ މި ބައްދަލުވުން އަމާޒުކޮށްފައިވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތްތެރިންނަށެވެ. ކޮންމެ ދުވަހަކު 5 ގަޑިއިރަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ފަހު ސެޝަން އޮންނާނީ މާދަމާ އައްޑޫ ހައިސްކޫލް ހޯލްގައެވެ. މިއީ ހިތަދޫގެ މަސައްކަތްތެރިންނަށް ޚާއްސަކުރާ ސެޝަނެކެވެ. ހިތަދޫގެ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާފައިވާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9336787 މި ނަންބަރަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ޑަބްލިއުޑީސީން އެދެއެވެ.

Advertisement - newsAdvertisement

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން މަޢުލޫމާތުދޭގޮތުގައި، މިސެޝަންތަކުގައި، ފަހަށް ރައްކާކުރުމާއި، ކޭޝް ފްލޯ އެންޑް ބަޖެޓިންގއާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ އިތުރުން، ވިއްކުމާއި މާކެޓްކުރުމާއި، އަގުހެދުމާއި، ރައްކާތެރި ގޮތުގައި ކާބޯތަކެތި ތައްޔާރު ކުރުމާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް މަޢުލޫމާތު ދެވޭނެއެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވަނީ ބޭންކް އޮފް މޯލްޑިވްސްއާއި، ބިޒްނަސް ސެންޓަރ މޯލްޑިވްސްއާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، މޯލްޑިވްސް އިސްލާމިކް ބޭންކާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ.

މިއީ ކޮވިޑް 19ގެ ޞިއްޙީ ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާތައް ގެއްލި އާމްދަނީލިބޭނެ ވަޞީލަތެއްނެތި ގޭގައި އުޅެންޖެހިފައިވާ ފަރާތްތަކާއި، އަމިއްލަ މަސައްކަތެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ، މިކަމުގައި އެހީތެރިވެދިނުމުގެ ގޮތުން އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ ޕްރޮގްރާމެކެވެ.

އައްްޑޫ ސިޓީއައްޑޫ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު