Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީގެ ކޮވިޑްގެ ހާލަތު

އައްޑޫސިޓީގައި މިއަދު ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެ

13 ނޮވެމްބަރު 2021 | ހޮނިހިރު 18:36

މިއަދު އެކަނިވެސް 51 މީހުން ޕޮޒިޓިވް ވެފައިވޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 13 ނޮވެމްބަރު 2021 | ހޮނިހިރު 18:36
ސިޓީ ސްކޮޔަރ - އައްޑޫސިޓީ ހިތަދޫ

ސިޓީ ސްކޮޔަރ - އައްޑޫސިޓީ ހިތަދޫ

ގިނަ އަދަދެއްގެ ބަޔަކު އައްޑޫސިޓީން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އޭއީއޯސީ)ން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަދު ހަވީރު 6 ޖެހުމާ ހަމަޔަށް 51 މީހަކު އައްޑޫސިޓީން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އެއްދުވަހެއްގެ ތެރޭ އައްޑޫސިޓީން (މިފަހުގެ ތާރީޚެއްގައި) އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކަށް ބަލާއިރު ހިތަދޫން 21 މީހުން، މީދޫން 12 މީހުން، އަދި ފޭދޫން 14 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ އިތުރުން މަރަދޫން 2 މީހުންނާއި މަރަދޫފޭދޫން އެކަކު، އަދި ހުޅުދޫން ވެސް އެކަކު މިއަދު ޕޮޒިޓިވް ވެފައިވެއެވެ.

Advertisement - newsAdvertisement

މިފަހަކަށް އައިސް މެދުނުކެނޑި ކޮންމެ ދުވަހަކުވެސް އައްޑޫސިޓީން އަންނަނީ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. މިސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 396އަށް އަރާފައިވާއިރު، މިމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވީ މީހުންގެ އަދަދުވެސް ވަނީ 245އަށް އަރާފައެވެ. ކޮވިޑްގެ ހާލަތު މިވަގުތު އެންމެ ގޯހީ ހިތަދޫ ގައެވެ. ހިތަދޫގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ 224 މީހުން އެބަތިއްބެވެ.

މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން އައްޑޫވަނީ މޮނިޓަރިންގައެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ކޮންމެ ރެއަކު 9ން ފަތިހު 4އަށް ބޭރަށް ނުކުމެއުޅުން މަނާކޮށްފައިވެއެވެ. މި ދުވަސްވަރު އައްޑޫގައި ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވް ވަމުން ދިޔަކަމުގައިވިއަސް، މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން އައްޑޫގައި ގައުމީ ފެންވަރުގެ މުބާރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ދަނީ ބާއްވަމުންނެވެ. ހަރުކަށި ފިޔަވަޅުތަކަށް ލުއިދީގެން ތިއްބަސް ފެތުރެމުންދާ ބައްޔެއް އޮތްތަނެއްގައި ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

ގިނަ ބަޔަކު އެއްވެ ކުޅިވަރުކުޅުމާއި އެހެނިހެން ކަންކަމުގައިވެސް އުޅެމުންދާއިރު، ގައިދުރުކަމަށާއި މާސްކް އެޅުމަށް މިހާރަކަށް އައިސް ސަމާލުކަން ދޭތަނެއް ނުފެނެއެވެ. މިއަދުވެސް އައްޑޫސިޓީ ހިތަދޫއަށް ލެއްގި ބޮޑުމަސް ބަލަން ވެސް އެތައް ބަޔަކު އެއްވިއިރު، މިއިން ކަމަކަށް އިސްކަން ނުދޭކަން ފާހަގަވިއެވެ. މިހާރުވެސް ވައިރަލް ހުން ފަދަ ބަލިތައް ފެތުރެމުން އަންނަ އިރު، މިފަދަ ކޮންމެ އެއްވުމަކާއެކު ގިނަބަޔަކަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އައްޑޫސިޓީ ކައުންސިލުން މިކަމަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާކަމަށްބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް