Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައްޑޫގެ ކޮވިޑް ހާލަތު

އައްޑޫގެ ހާލަތު ގޯހުން ގޯހަށް- ފިޔަވަޅު އަޅާތަނެއް ނުފެނޭ

10 ނޮވެމްބަރު 2021 | ބުދަ 19:24

ކޮވިޑަށް ގިނަ ބަޔަކު ފައްސިވަމުންދޭ

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 10 ނޮވެމްބަރު 2021 | ބުދަ 19:24
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އާބާދީގައި 35000އަށްވުރެ ގިނަ އަދަދަކަށް މީހުންދިރިއުޅޭ އައްޑޫސިޓީގައި ކޮވިޑް ފެތުރޭ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ، މިބަލީގެ އެކްޓިވް ކޭސް 397އަށް މިވަނީ އަރާފައެވެ. މިއަދު އެކަނިވެސް އައްޑޫސިޓީން 30 މީހުން ޕޮޒިޓިވްވެފައިވާއިރު، ހަފުތާ އެއްކޮށް މިދިޔައީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 20ން، 30ން، 40ން މީހުން ޕޮޒިޓިވް ވަމުންނެވެ. މިއަދުވެސް ހިތަދޫއިން 19 މީހަކާއި މަރަދޫއިން 6 މީހުންނާއި މަރަދޫފޭދޫއިން 2 މީހުންނާއި ފޭދޫގެ 3 މީހުން ޕޮޒިޓިވްވިއެވެ. މިވަގުތު ހިތަދޫގައި އެކަނިވެސް މިބަލިޖެހިފައިވާ 200އަށްވުރެ ގިނަ މީހުން ތިބިއިރު، ހިތަދޫ ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ މަރަދޫއާއި ފޭދޫންނެވެ. މިހަފުތާ ފެށިގެން އައިއިރު، ހުޅުދޫއާއި މީދޫއިންވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން، އެ ދެއަވަށުގެ އެކްޓިވްކޭސްވެސް 34އަށް އަރާފައިވެއެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިވަގުތު އައްޑޫސިޓީގައި 246 މީހުން ތިބިއިރު، އޭގެތެރެއިން 2 މީހުންނަށް މިހާރުވެސް ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ. އައްޑޫސިޓީގައި މިހާތަނަށް މިބަލީގައި 10 މީހަކުވަނީ ނިޔާވެފައެވެ.

އައްޑޫގެ އާންމު ހާލަތަށް ބަލާއިރު، ކޮވިޑް ޖެހުމުގެ އިތުރުން، ގިނަ ބަޔަކު އަންނަނީ ލޮލުރޯގާ، ޑެންގީ، އަދި ވައިރަލް ހުމަށް ޕޮޒިޓިވް ވަމުން ކަން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. މިދިޔަ އޮގަސްޓްމަހުން ފެށިގެން މިސިޓީ ވަނީ މޮނިޓަރިންގައެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު 9ން ފަތިހު 4އަށް ކާފިއު އިއުލާން ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިވަގުތު އައްޑޫގެ %90 މީހުން ވެކްސިން ޖަހާފައިވާތީ، ނެގެޓިވް ޕީސީއާރް ޓެސްޓާއެކު މިސިޓީއަށް އަންނަ އައުން ނިމުމަކަށް ގެނެސް، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ތަކެއް ވަނީ ދީފައެވެ. ރޯގާފެތުރުންވެސް ގިނަވެފައިވުމުން ގޭގޭގައި އެކަހެރި ވެގެންވެސް ގިނަ ބަޔަކު ތިބެން މަޖުބޫރު މިހާލަތުގައި، ސްކޫލްތަކަށް ގޮސްގެން ކިޔަވަމުންދާތީ، ފިލާވަޅު ނުލިބި ގޭގައި ތިބެންޖެހޭ އެތައް ކުދިންނެއްގެ ބެލެނިވެރިން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާދަމާއަކީ މިއަހަރުގެ ޖުމްހޫރީ ދުވަހެވެ. މިދުވަހަށް އައްޑޫސިޓީގައި ވަނީ ގިނަ ކުޅިވަރުތަކެއް ބާއްވަން ތައްޔާރުވެފައެވެ. ފަލިޖެހުމުގެ މުބާރާތެވެ. ސްޕޯޓް ފިޝިން މުބާރާތެވެ. ސްކޫލްތަކުގެ ހަރަކާތްތަކާއި ގޭމްތަކެވެ. މިހުރިހާ ކަމަކަށް ފަރިތަ ކުރުމުގެ ހަރަކާތްވެސް ދިޔައީ މިހަފުތާގެ ތެރޭގައި ބާރަށް ކުރިއަށެވެ.

އައްޑޫސިޓީގައި ބަލިތައް މިހާ ގިނައިރުވެސް މިކަމާ އަޅާލާ ބަޔަކުނެތެވެ. ފިޔަވަޅުތަކެއް ނާޅައެވެ. އެއްވެ އުޅުމެއް ނުހުއްޓުވައެވެ. ފިޔަވަޅުތައް ވަރުގަދަނުކޮށް އޮތީ އައްޑޫސިޓީ ކައުންސިލުން ހާމަކުރާގޮތުން، ލޮކްޑައުންއަކީ ހައްލަކަށް ނުވާތީއެވެ. ކޮވިޑާއެކު މިއަދު އުޅެން ޖެހިފައިވާތީއެވެ. ތަންތަން ބަންދުކޮށް ފިޔަވަޅު އެޅުމުން ވިޔަފާރިވެރިންނަށް ގެއްލުން ވެ އެކަމުގެ ޝަކުވާ ކުރާނެތީއެވެ. އެހެނިހެން ޚިދުމަތްތަކަށް ވެސް ބުރޫ އެރުމުން ރައްޔިތުން ކަންބޮޑުވާނެތީއެވެ.

އައްޑޫސިޓީގެ ސިއްހީ ނިޒާމުގެ ހާލަތު ބަޔަކަށް އޮޅިފައެއް ނުވެއެވެ. މުވައްޒަފުންގެ ދަތިތައް އިންތިހާއަށް އޮތް ތަނެކެވެ. ވަސީލަތްތަކާއި ރީތި ޢިމާރާތެއް ހުރުން ފިޔަވައި ތަނުގެ ޚިދުމަތް ސުމެކެވެ. އަބަދުވެސް އިވެނީ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ވާހަކައެވެ. މިތަންތަނުން އެކަށީގެންވާ ޚިދުމަތެއް ލިބެންދެން ވެސް އަޅުގަނޑުމެންގެ ސިއްހަތު ސަލާމަތުން ބެހެއްޓޭނީ، ހަލުވި ކަމާއެކު ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބެގެންނެވެ. ކަންކަން ގޯހުން ގޯހަށް ނުދަނީސް ފިޔަވަޅުއެޅުން ބުއްދިވެރިއެވެ.

އައްްޑޫ ސިޓީއައްޑޫ ސިޓީ ކައުންސިލްއައްޑޫގެ ކޮވިޑްގެ ޙާލަތު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް