Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާޒް ޝަރީއަތް

ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމާ މެދު އަދި ގޮތެއް ނުނިންމަން: ޕީޖީ އޮފީސް

އިތުރު ފުރުސަތު ދޭނީ ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 26 މެއި 2017 | ހުކުރު 09:42
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރުވަނީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރުވަނީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިއުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް ( ޕީޖީ) އޮފީހުން ބުނެފިއެވެ.

މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި އެ މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒްގެ ފަރާތުން ޕީޖީ އޮފީހުގައި އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަކް ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން އެ މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިފައިވާ ކަމަށާއި އަދި އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށާއި މައްސަލަ އަނބުރާ ގެންދާނީތޯ ނިންމާނީ ކޮމެޓީން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތެއް އެންމެ ފަހުން ބާއްވާފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހަކީ ހުލާސާ ބަޔާން އިއްވައި އެ މައްސަލައިގައި ބޭއްވި އެންމެ ފަހު އަޑުއެހުމެވެ. ދެމް އޮންނަނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.

ޚުލާސާ ބަޔާން އިއްވުމަށްފަހު ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އަދި އެ ފުރުސަތަށް އެދުނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށް ރިޔާޒްގެ ވަކީލް ވިދާޅުވިއެވެ. އަދި ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް ރިޔާޒް އެދިފައިވާ ކަމުގެ ފޯމް ރިޔާޒްގެ ފަރާތުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.

އެހެން ކަމުން ޕީޖީ އޮފީހުން ރިޔާޒަށް އިތުރު ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމަންދެން ޙުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

ރިޔާޒް ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޙުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ އިތުރު ފުރުސަތު ދިނުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިމެންދެން ޙުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ނަމަވެސް ޙުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށާއި އަދި ޝަރުތު ހަމަވިޔަސް އެ ފުރުސަތު ދޭނީ ތުޙުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލާގައި ޚުލާސާ ބަޔާން އިއްވަމުން ރިޔާޒްގެ ޤާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ރިޔާޒުގެ ފޯނުގެ ޕިން ކޯޑް ޖެހުމަށް ޝަރީއަތަށް ފޯނު ގެނެސް ފުރަތަމަ ރިޔާޒަށް ޕިން ކޯޑް ޖެހުނީ ނުބައިކޮށް ކަމަށެވެ. ނުބައި ޕިން ކޯޑެއް ޖެހުމުން ފޯނު 10 މިނެޓަށް ޑިސްއޭބަލްވިކަމަށް ވަކީލް ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވެފައި ވަނީ އައިފޯނެއް ޑިސްއޭބަލް ވާނީ ނުބައި ޕިން ކޯޑް ފަސް ފަހަރަށް ޖެހުމުން ކަމަށް އެނގޭ ކަމަށާއި އަދި ފަސް ފަހަރަށް ނުބައި ޕިން ކޯޑް ޖެހުމުން ފޯނު ޑިސްއޭބަލް ވާނީ އެއް މިނަޓަށް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ރިޔާޒުގެ ފޯނު ހުޅުވަން ވަރަށް ގިނަ ޕިން ކޯޑްތަކެއް ފުލުހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތް މެދުވެރިކޮށް ފުލުހުންނަށް ރިޔާޒް އޭނާގެ ފޯނުގެ ޕިން ކޯޑް ދީފައިވާ ކަމަށާއި އެހެންކަމުން މި މައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ރިޔާޒުގެ ފޯނު ބޭނުންކޮށްގެން ފުލުހުން ހިންގަން ބޭނުންވި ތަހުގީގު ވެސް މިހާރު ނިމިފައިވާކަން އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ، ޕިން ކޯޑް ނުދިނުމުގައި ރިޔާޒުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އެ ޕިން ކޯޑް ފުލުހުންނަށް ރިޔާޒު ނުދިނީ، ކޯޓު އަމުރުގައި އެކަމަށް ބުނެފައިނުވާތީ ކަމަށެވެ. އަދި އެކަމަށް ވަކި ކޯޓު އަމުރެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ބުނުމުން ކަމަށެވެ. ކޯޓު އަމުރު ތަންފީޒުކުރުމުގައި ހަނު ނުހުރެވޭނެ ކަމަށް ބުނުމުން ރިޔާޒު ވާނީ އޭނާގެ ހަނދާނުގައި ހުރި ތިން ޕިން ކޯޑެއް ވެސް ދީފަ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ކޯޓު އަމުރުގައި ސީދާކޮށް ބުނެފައިވާ ކަމެއް ނޭނގޭ ކަމަށް ބުނެ އެކަމަށް ދެކޮޅު ހެދުމަކީ ވާޖިބަށް ހުރަސް އެޅުން ކަމަށެވެ. އަދި އެއްވެސް މަރުހަލާއެއްގައި ރިޔާޒު ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިނުވާ ކަމަށާއި އެހެންކަމުން ޕިން ކޯޑް ދިނުމަކީ ހަނު ހުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިފާއުގައި ބުނި ނަމަވެސް އެކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ރިޔާޒުގެ ފޯނުގައި ޕިން ކޯޑް ނުޖެހީ އެ ނިޔަތް އޮވެގެން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެއީ، އެ އަމުރުގައި ޕިން ކޯޑް ދިނުމަށް ޖަހާފައި ނެތް ކަމާއި އެހެން އޮތް ނަމަވެސް ޕިން ކޯޑް ދޭންޖެހޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ދިފާއުގައި ބުނެފައިވާތީ ކަމަށެވެ.

ފޮރެންސިކް ރިޕޯޓްގައި ފޯނުގެ މޮޑެލް ނުބައިކޮށް ޖެހިފައިވާ މައްސަލާގައި ދައުލަތުގެ ވަކީލް ވިދާޅުވީ، އެއީ މުޅި ރިޕޯޓަށް އަސަރުކުރާނެ ކަމެއް ކަމުގައި ދައުލަތުން ނުދެކޭ ކަމަށެވެ. އެއީ އެ ފޯނުގެ މުއާމަލާތްތަކެއް ޝަރީއަތުގެ މަޖިލީހުގައި ވެސް ކުރެވިފައިވާ ކަމަށާއި އަދި ފޯނުގެ އައިއެމްއީއައި ނަންބަރު ފޮރެންސިކް ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގައި އޮތީ އެއްގޮތަށް ކަމަށްވާތީ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއުގައި ހުށަހެޅި ފުލުހެއް ހެކި ބަސް ނުދިނުމަށް ނިންމުމުން އޭނާއަށް ހެކި ބަސް ދިނުން ލާޒިމްކޮށްގެން ހެކި ބަސް ނުނެގޭނެ ކަމަށް ދައުލަތުން ޤަބޫލު ކުރާ ކަމަށެވެ. އަދި ހެކި ބަސް ލާޒިމުކޮށްގެން ނެގުމަށް ޤާނޫނީ އަދި ޝަރުއީ އެއްވެސް އަސާސެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު