Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ މަސްރޭސް 2021

"ޖަޒީރާ މަސްރޭސް 2021" މިފަހަރު މިއީ ސްޕޯޓްސް ފިޝިންގ ރޭހެއް

4 ނޮވެމްބަރު 2021 | ބުރާސްފަތި 11:45

މި ފަހަރުގެ މުބާރާތް ވަނީ މުޅި ރާއްޖެއަށް ހުޅުވާލާފައި

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 4 ނޮވެމްބަރު 2021 | ބުރާސްފަތި 11:45
ޖަޒީރާ މަސްރޭސް 2021

ޖަޒީރާ މަސްރޭސް 2021

ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެން އައްޑޫސިޓީގައި "ޖަޒީރާ މަސްރޭސް 2021"ގެ ނަމުގައި މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޖަޒީރާ މަސްރޭސް މިފަހަރު ކުރިއަށްދަނީ ބަދަލުތަކަކާއެކު ހަމައެކަނި ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެންނެވެ. މި މުބާރާތް ފުރަތަމަ ބާއްވަން ހަމަޖެހުނީ މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެންނެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އައްޑޫސިޓީގައި އެދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރާތީ މިހާރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ ނޮވެންބަރ މަހުގެ 11 ވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ އައްޑޫސިޓީ މަރަދޫގައެވެ.

Advertisement - newsAdvertisement

މިއީ އިކުއެޓޯރިއަލް ފިޝިންގ ކްލަބާއި އައްޑޫސިޓީ ކައުންސިލާއި އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގައި މުޅިން އަލަށް ތައާރަފުވެފައިވާ, ސްޕޯޓްސް ފިޝިންގއަށް ޒުވާނުން ޝައުގުވެރިކޮށް، މި ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އިކުއެޓޯރިއަލް ފިޝިންގ ކްލަބުން މަޢުލޫމާތު ދެއްވައެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް 11 ޓީމު ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ހުޅުވިފައިވާއިރު، މިހާތަނަށް ރާއްޖޭގައި ސްޕޯޓްސް ފިޝިންގއިން މަޝްހޫރުކަން ހޯދަމުން އަންނަ މޫސާ ކަލީމް, އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް(ބޮންޑާ) ފަދަ ފަރާތްތަކުގެ ޓީމްތައް ބައިވެރިވެފައިވެއެވެ. މި މުބާރާތުގައި އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް "ބޮނޑަމަހާ" ނުވަތަ އެންމެ ބޮޑުމަސް ބޭނިފަރާތް ހޮވުން އޮންނާނެއެވެ. އޭގެ އިތުރުން މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވާނެއެވެ.

މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަށް ކަނޑައެޅިފައިވާ އިނާމަކީ 30،000 ރުފިޔާއެވެ. ދެވަނަ ޓީމަށް 20،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 10،000 ރުފިޔާގެ އިނާމް ކަނޑައެޅިފައިވެއެވެ.  

މި މުބާރާތުގެ ކޯ ސްޕޮންސަރަކީ ޝޮޕް އެންޑް ގޯއެވެ. ސިލްވާ ސްޕޮންސަރަކީ ޗޮކޯ ބްލާސްޓްއެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި އެކޫޑާ، ސްޓާރޓް ބެޓެރީސް، ޔަމަހާ/އެލިޔާ، އަދި ބޮބްމާލިން ގިއަރ ހިމެނެއެވެ.

މިދިޔަ އަހަރުގެ ޝޮޕްއެންގޯ ޖަޒީރާ މަސްރޭހުގައި 16 ޓީމަކުން ވާދަކުރިއެވެ. އެ މުބާރާތުގައި އެންމެ ބޮޑުމަސް ބޭނި މީހާއާއި ޓީމުގެ އިތުރަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމާއި އެންމެ ގިނަ މަސްބޭނި ޓީމް ހޮވާފައިވެއެވެ.

އައްްޑޫ ސިޓީއައްޑޫސިޓީ މަރަދޫ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް