Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެމިންގޯ ހިފާ މައްސަލަ

ފްލެމިންގޯ ހިފައި، ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަނީ!

20 އޮކްޓޯބަރު 2021 | ބުދަ 03:35

ބާރަށުގައި ފްލެމިންގޯތަކެއް ހިފައި ވިއްކަން އުޅޭކަމުގެ މައްސަލައެއް ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޮކްޓޯބަރު 2021 | ބުދަ 03:35
ގުޑުގުޑާ ދޫނިތައް، ކުޅުދުއްފުށި ސިޓީގެ ކުޅީގައި،

ގުޑުގުޑާ ދޫނިތައް، ކުޅުދުއްފުށި ސިޓީގެ ކުޅީގައި،

ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފައި، ވިއްކަން އުޅޭ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ، ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނި މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން މިދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ބާރަށުގައި، ބަޔަކު ގުޑުގުޑާދޫނި ހިފައި، ވިއްކަން އުޅޭކަމުގެ މައްސަލައެއް ލިބިފައިވާ ކަމަށާއި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އީޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އީޕީއޭއިން ބުނީ މިގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ މީހުންނާއި، އަދި މިދޫނިތައް ގަނެވިއްކާ ވިޔަފާރި ކުރަމުންދާ މީހުންނާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ، ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް ގޯނާކުރާ މީހުން ހުއްޓުވުމަށާއި، އަދި މިފަދަ މީހުންނަށް ފާރަވެރިވާން ޖެހޭ ކަމަށް އީޕީއޭއިން ބުނެއެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު (ދޫނި ހިފައި، ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާވިއްކާ ދޫނީގެ ބާވަތާއި އަދަދު) އަދި ފޮޓޯ މި އެޖެންސީގެ ހޮޓްލައިން ނަންބަރު 7980379ށް މެސެޖުކޮށް ނުވަތަ erc@epa.gov.mv އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީއިން އަންގާ އެންގުންތަކާއި، މި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާ މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި، މިހާރު ވެސް އެކި މީހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އީޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް