Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބިދޭސީން

ބިދޭސީންނަށް މިހާރު މަދުވަނީ އައިޑީކާޑެއް އެކަނި!

15 އޮކްޓޯބަރު 2021 | ހުކުރު 07:03

ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2021 | ހުކުރު 07:03
ގިޔާސުއްދީން ކުރިމަތީގައި ބިދޭސީން މުޒާހަރާ ކުރުން

ގިޔާސުއްދީން ކުރިމަތީގައި ބިދޭސީން މުޒާހަރާ ކުރުން

ބިދޭސީންގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ނުވެ އޮތް މައްސަލައެކެވެ. މި މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެ އެކި ސަރުކާރުތަކުން ވަނީ ވައުދުތައް ވެފައެވެ. އެ އުސޫލުގެ ދަށުން މި ސަރުކާރުން ވެސް ވަނީ ބިދޭސީންގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެފައެވެ. އެގޮތުން ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ޕްރޮގްރާމްތަކެއް ވެސް ފެށިއެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު ކޮވިޑާ ހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލާފައިވާއިރު 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔައެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް ތަފާތު ހޯދުންތަކުން ދައްކައެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމުކާއި އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ. ރާއްޖޭގެ މުޅި ޖުމްލަ އާބާދީގައި ވެސް އުޅެނީ ހަތަރު ލައްކައެއްހާ ދިވެހިންނެވެ.

މިހާ ގިނަ އަދަދަކަށް ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި ވަރަށް ގިނަ ބަޔެއްގެ އިހުމާލު ބޮޑެވެ. ރާއްޖޭގައި ނުގަވާއިދުން ދިރިއުޅެމުންދަނީ ކިހާ އަދަދެއްގެ ބިދޭސީންކަމެއް ބުންނަވެސް ދައްޗެވެ. މިކަމުގެ ނޭދެވޭ އަސަރު މިހާރު މި މުޖުމަތައުން ވެސް މިވަނީ ފެންނަން ފަށާފައެވެ.

މިހާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅެމުންދާއިރު ކުށުގެ ވެއްޓަށް ހުށަހެޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް މި އަންނަނީ އިތުރުވަމުންނެވެ. ބިދޭސީންގެ މެދުގައި މާރާމާރި ހިންގުމާއި ފުލުހުންނާއި ކުރިމަތިލުމާއި ވައްކަން ކުރުމުގެ އިތުރުން ޑޮލަރުގެ ވަގު ވިޔަފާރި ކުރުން ވެސް ހިމެނެއެވެ. މިހިސާބުން ނިމުނީކީ ނޫނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގައި ދިވެހިންނެކޭ އެއް ހަމައެއްގައި ބިދޭސީން ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެއިތުރުން ރާއްޖޭގައި ނުގަވާއިދުން ވިޔަފާރިތައް ވެސް އަންނަނީ ހިންގަމުންނެވެ. ކޮންމެ ވިޔަފާރިއަކަށް ބަލައިލިކަމުގައިވީނަމަވެސް ބިދޭސީންގެ އަތް ނުފޯރާ ވިޔަފާރިއެއް މަދުވާނެއެވެ. ރާއްޖޭގައި 18،000ށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް މީގެ އަޑީގައި ބިދޭސީން އުޅެނީ ކިތައް ވިޔަފާރީގައިތޯ ހޯދިފައެއް ނެތެވެ.

"އަން ޑޮކިއުމެންޓެޑް" ނުވަތަ ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ އޮތީ ފާލުން ނެއްޓިފައެވެ. މި ވާހަކައަކީ އަލަށް ދައްކާ ވާހަކައެއް ނޫނެވެ. އަދި ބަޔަކަށް ނޭގޭ ވާހަކައެއްވެސް ނޫނެވެ. މި ވާހަކަތަކަކީ އެންމެނަށް އެނގޭ އެކަމަކު ނުހުއްޓުވި އޮތް ބޮޑު ފެއިލްވުމެކެވެ.

އަބަދުވެސް ބިދޭސީން ވިޔަފާރިކޮށް ދިވެހިންނަށް އޮތް ފުރުސަތު ގެއްލުވާލާ ވާހަކައާ ހިސާބުން ސަރުކާރުން ދައްކަނީ ގާނޫނެއްގެ ވާހަކަ ނުވަތަ ކޮންމެވެސް ސިސްޓަމެއް ނެތް ވާހަކައެކެވެ. ބިދޭސީން ރާއްޖެ އެތެރެކޮށް އެކަމުން މަންފާ ހޯދާ ބަޔަކު އުޅޭކަމީ ފެންނަން އޮތް ހަގީގަތެކެވެ. ހައްލުކުރުމުގެ ބަދަލުގައި ދައްކާ ބަހަނާތައް ވަނީ ގިނަވެފައެވެ.

ދިވެހިންނެކޭ އެއް ހަމައެއްގައި ބިދޭސީން ވެސް ކުށްތަކަށް އަރައިގަންނަމުންދާއިރު ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވުމުން މުޒާހަރާ ވެސް ކޮށް ހަދައެވެ. ބިދޭސީންގެ ކަންތައްތައް މިހާ ހިސާބަށް ގޮސްފައިވާއިރު މި ހަގީގަތުގައި ވެސް ސަރުކާރުން ތަންކޮޅެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ވިސްނަން ޖެހިފައި އޮތް ކަމެކެވެ. ބަޔަކު މީހުން އަމިއްލަ މަންފާ ހޯދުމަށްޓަކައި ކުރިކަމަކުން މިއަދު ގައުމުގެ ހާލަތު މިއޮތީ މިހިސާބަށް ގޮސްފައެވެ.

ދިވެހިން އުޅޭ ހުރިހާ ގޮތްތަކަށް އުޅެމުން ނުވަތަ އުޅުމަށް ބިދޭސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ފަހަރު މިއީ އެމީހުންގެ އަމިއްލަ ގައުމު ނޫންކަން ވެސް ހަނދާން ނެތޭ ކަހަލައެވެ. ކުރުގޮތަކަށް ބުނާނަމަ ބިދޭސީންނަށް މަދުވަނީ މިހާރު ހަމައެކަނި އައިޑީކާޑެކެވެ.

ބިދޭސީން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
08 ޑިސެމްބަރު 2024

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

08 ޑިސެމްބަރު 2024
މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް