Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި އުޅޭ ބިދޭސީން

ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި

ކުރީގެ ބައެއް ލިޔެކިޔުންތަކުގައި 70،000 މީހުން ރާއްޖޭގައި އުޅޭ ކަމަށް ފެންނަން އޮތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 05:38
ރާއްޖޭގައި އުޅެނީ ކިހާ ބިދޭސިންނެއް ކަމެއް ދެނެގަނެވިފައި ނެތް

ރާއްޖޭގައި އުޅެނީ ކިހާ ބިދޭސިންނެއް ކަމެއް ދެނެގަނެވިފައި ނެތް

މިހާ ހިސާބަސް ހޯދުނު ހޯދުންތަކުން ރާއްޖޭގައި 281،000 ބިދޭސީން އެބަތިބި ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތަފާސްހިސާބުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އުޅޭ ކަމަށް މިހާތަނަށް ހޯދުނު ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ 63754 މީހުން އުޅޭ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، އެކްސްޕެޓް އޮންލައިން ސިސްޓަމް އައުމުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންގެ އަދަދަު ސާފު ނުވާ ކަމަށެވެ. އެ ތަފާސްހިސާބުތައް ބެލެހެއްޓިފައި ނެތްކަމަށެވެ. އަދި ކުރީގެ ބައެއް ލިޔެކިޔުންތަކުގައި 70،000 މީހުން ރާއްޖޭގައި އުޅޭ ކަމަށް ފެންނަން އޮތް ކަމަށެވެ. އޭގެތެރެއިން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން 1000ހާ މީހުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ދޫކޮށްދާ މީހުންގެ ތަފާސް ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމާއި، އިމިގްރޭޝަނުން ފުރާއިރު ކެންސަލޭޝަން ލިންކް ނުވެ އޮންނާތީ، ރާއްޖޭގެ ބޯޑަރ ދޫކޮށް ދާމީހާ އަޕްޑޭޓް ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރެކޯޑްތައް ރަނގަޅު ނޫން ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރވަނީ 2013 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދޭތެރޭގައި ރާއްޖެއަށް އެތެރެވި ބަންގްލަދޭޝް އަދި އިންޑިއާ މީހުންގެ ތަފާސް ހިސާބުތައް ވެސް ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރެވޭ ކަމަށާއި، މިނިސްޓަރުކަމާ ހަވާލުވިއިރު އެއްވެސް މައުލޫމާތެއް އެނގޭ ވަރު ނުވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ކުރެވުނު މަސައްކަތުން ސިސްޓަމްތައް ހަމައަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރެގިއުލަރައިޒް ކުރަން ފެށި މަސައްކަތުގައި 43،000 މީހުން ރަޖިސްޓްރީ ކުރި ކަމަށާއި، ކޮވިޑާ ހެދި މީހުން ގެނެސްގެން އެކަން ކުރުން މަޑު ޖެހިފައި އޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރަޖިސްޓަރ ކުރި މީހުންގެ ތެރެއިން 8،938 މީހުން އެދިގެން ފުރުވާލި ކަމަށާއި، 2020 ވަނަ އަހަރުގައި 15،000 މީހުން އަމިއްލައަށް ފުރައިގެން ދިޔަކަމަށެެވެ. ހަމައެއާއެކު، 2021 ގައި 3،000 މީހުން ފުރައިގެން ދިޔުމާއެކު ޖުމްލަ 27،000 މީހުން މިހާރު ފުރައިގެން ގޮސްފިކަމަށެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްބިދޭސީން

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު