Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނިޒާމުގެ ބަހުސް: ބަރުލަމާނީއަކީ ޖާދުވީ ބޭހެއް ނޫން!

ބަރުލަމާނީ ނިޒާމެއްގައި ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފަސޭހަފުޅުވާނެ ބޭފުޅަކީ ގާސިމް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 އޯގަސްޓު 2021 | ހޮނިހިރު 09:18
ބަރުލަމާނީ ނިޒާމަކީ ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫން ކަމަށް ގާސިމް ވިދާޅުވި

ބަރުލަމާނީ ނިޒާމަކީ ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫން ކަމަށް ގާސިމް ވިދާޅުވި

ރައްޔިތުންގެ މަޖިލީސް ހިންގަމުން ދަނީ ވަރަށް ބޮޑަށް އެކަމުގައި ބަރުލަމާނީގެ ކުލަ ޖައްސައިގެންނެވެ. ކަމެއްގައި ކަންބޮޑުވުން ފައުޅުކުރަން ވިޔަސް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރުގޭގެ ރޯލު އަދާކުރަނީވެސް ބައެއްފަހަރު މަޖިލީހުންނޭ ހީވެއެވެ. ކަމެއް ހައްލުވާނީ ރައްޔިތުންގެ މަޖިލީހުންނޭ އާއްމުންގެ ހިތްތަކަށް ވަނީ ވައްދާފައެވެ. ބަރުލަމާނީ ނިޒާމުގައި ކަންކަން ހިނގާ ގޮތަށްވުރެވެސް އިންތިހާއަށް ބޮޑަށް އެކަންކަން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފެނިގެން ދެއެވެ.

ފާއިތުވި ހަފުތާގައި ކޯލިޝަން ލީޑަރު ގާސިމް އިބްރާހީމް އެމަނިކުފާނުގެ މީޑިއާ މެދުވެރި ކުރައްވައި، ނިޒާމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުން ދެއްވީ ތަފާތު މެސެޖެކެވެ. ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގާސިމް މިގޮތަށް ވާހަކަފުޅު ދެއްކެވުމުން ދޭހަވަނީ ނިޒާމުގެ މި މައްސަލައިގައި އެމަނިކުފާނުގެ އިޚްލާސްތެރިކަމެވެ. ރިޔާސީ އިންތިޚާބުގައި ކޮންމެ ފަހަރަކު ވާދަކުރައްވިއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެސް ގެންގުޅުއްވާ ބޭފުޅެކެވެ.

ރިޔާސީ ނިޒާމަކަށްވުރެ ބޮޑަށް ބަރުލަމާނީ ނިޒާމަކުން ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފަސޭހަފުޅުވާނެ ބޭފުޅަކީވެސް ގާސިމެވެ. ސަބަބަކީ، ބަރުލަމާނީ ނިޒާމެއްގައި ވެރިއަކު ހޮވަނީ ރައްޔިތުންގެ މަޖިލީސް ތެރެއިން ކަމަށްވާތީއެވެ. އެހެންނަމަވެސް ގާސިމް މިފާގަހަކުރެވުނީ، ނިޒާމުގެ މައްސަލައިގައި އާދަޔާ ޚިލާފަށް އިޚުލާސްތެރި ބޭފުޅެއްގެ ގޮތުގައެވެ.

ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ރައީސަކީ ދައުލަތުން ބޮޑު ޚަރަދު ކޮށްފައި ބަހައްޓާފައި ހުންނަ ރަމްޒީ މަގާމެކެވެ. މިހާރުވެސް ރާއްޖޭގައި ރައީސާއި ނާއިބުރައީސަށް ގެގޮޅެއްދީ، އެ ގެކޮޅާއި ހުރިހާ ޚަރަދެއް ދައުލަތުން ބަލަހައްޓަމުން ދަނިކޮށް މިހާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށްވެސް ގެކޮޅެއްދީ، ޚަރަދުބަރަދު ބަލަހައްޓަން މިވަނީ ޖެހިފައެވެ.

މިހެން މިކަން އޮއްވައި، ބަރުލަމާނީ ނިޒާމު ގެނެސް ބޮޑު ވަޒީރެއް އައްޔަންކޮށް ބޮޑު ވަޒީރަށް އިތުރު ޚަރަދުކުރަން ޖެހި، ރައީސަކު ހޮވައި، ރަމްޒީ މަގާމަކަށް އިތުރު ޚަރަދުތަކެއް ކުރަން ދައުލަތުގައި އެހާ ފޯރުންތެރިކަން އެބަހުރިތޯ ގާސިމްވަނީ ސުވާލު އުފައްދަވާފައެވެ. އެއީ ބޭކާރު ޚަރަދުތަކެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

މިއީ މިދަނޑިވަޅަށް އެންމެ މުހިއްމުކަން ތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އަދި ބަރުލަމާނީ ނިޒާމެއް މިހާރުން މިހާރަށް ގެންނަން މަސައްކަތް ކުރަނީ، ކޮންކަމެއް ހާސިލް ނުވެގެންތޯ ސުވާލު ކުރެއްވިއެވެ. މިހާރު އޮތް ނިޒާމުން ކޮން ކަމެއް ނުވާތީ ތޯ އެއްސެވިއެވެ.

ގާސިމް ވިދާޅުވަނީ، ބަރުލަމާނީ ނިޒާމަކީ މުޅިން ހަމަޖެހޭ ނިޒާމެއް ނޫން ކަމަށެވެ. ރާއްޖެއަށް ބަލާއިރު، އެއްހާސް މީހުން ދެހާސް މީހުންގެ އާބާދީ އޮންނަ ތަނަކުން މަޖިލީހަށް ވަޑައިގެންނެވުނަސް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންކަމުން ދެން އެބޭފުޅަކު ރައްޔިތުންނަށް ވާނެ ވައުދެއް ކޮށްދޭނެ ކަމެއްވެސް ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެ ބޭފުޅަކު ރާއްޖޭގެ ހުރިހާ އެންމެންގެ މައްޗަށް އަމުރު މައުރޫފު ހިންގެވުމަށް އައްޔަން ކުރެވުމަކީ މޮޔަ ކަމެއް ކަަމަށް ގާސިމް ވިދާޅުވިއެވެ. އަދި ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އިރުއިރުކޮޅާ ވެރިކަމުގައި ހުންނަ މީހާ ދުރުކުރަން މަޖިލީހުގެ ތެރޭގައި، ހިންގާ ކޮރަޕްޝަންގެ އަމަލުތަކު ސަބަބުން ތަން އޮންނާނީ ބޮއްސުންލާފައި ކަމަށެވެ. އަދި ރާއްޖޭގައި މިއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށާއި، އެއީ މޮޔަ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.

ގާސިމަކީ، ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވާ ބޭފުޅެކެވެ. އެހެންނަމަވެސް އެވަރަށް ރައްޔިތުންގެ ތާއީދު ނެތުމުން ކޮންމެ ފަހަރަކުވެސް ކޯލިޝަން ހައްދަވަނީ އޭރަކު އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ސިޔާސީ ބޭފުޅުންނާއެއްކޮށެވެ.

ބަރުލަމާނީ ނިޒާމަށް ގާސިމުގެ ތާއީދު ނެތްކަން ވަރަށް ސާފުކަން ބޮޑުގޮތެއްގައި ހާމަ ކުރެއްވުމާއެކު ކޯލިޝަންގައި ދެމި ހުންނަވާނެކަން ހާމަކޮށް ގާސިމް މިވަނީ ނަމޫނާ ދައްކަވާފައެވެ. ފަސޭހައިން ވެރިކަމަށް ވަޑައިގެންނެވޭނެ މަގު އޮތްނަމަވެސް ގާސިމް ބޭނުންފުޅުވަނީ ގައުމުގެ ހަމަޖެހުމާއި، ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވަަން ކަން ހާމަކުރެއްވުމުން ދޭހަވަނީ، ގާސިމަކީ ކޯލިޝަނަށް ވަފާތެރި ބޭފެޅެއް ކަމެވެ.

ބަރުލަމާނީ ނިޒާމުގައި ވަރީރުންނާއި، ދައުލަތުގެ އެހެން އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮރަޕްޓު ނުވާނެ ކަމަށާއި، ޖަވާބުދާރީ ކުރުވަން ފަސޭހަވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ބަރުލަމާނީ ނިޒާމެއްގައި ކޮރަޕްޝަން ނޯންނަނަމަ އިންޑިއާ އޮންނާނީ ކޮރަޕްޝަނުން މިންޖުވެފައި ކަމާމެދު ޝައްކެއްވެސް ނެތެވެ.

ކޮރަޕްޝަނަކީ، ނިޒާމަކުން ވާކަމެއް ނޫނެވެ. ކޮރަޕްޝަނަކީ، އެ މަސައްކަތް ކުރަން އަންނަ މީހެއްގެ ނަޒާހަތްތެރިކަމާއި ގުޅިފައިވާ ކަމެކެވެ. ސުވާލަކީ، މިހާރުވެސް ވަޒީރުންނާ ކުންފުނި ތަކުގެ ވެރިން ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތް ކުޑައީތޯއެވެ. ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ އެ ފެންވަރުގެ ބޭފުޅުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން މަސައްކަތް ނުކުރާ ދުވަހެއް ނުދެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ދެން އޮތީ ބަރުލަމާނީ ނިޒާމުގައި ވަކި ބޭފުޅެއްގެ އާއިލާގެ މީހުން ނުވަތަ އަނބިންނަށް ސަރުކާރުގެ އިސް މަގާމަކަށް ނާދެވޭނެ ކަމަށް ދައްކަވާ ވާހަކައެވެ. އަޅުގަނޑުމެންނާ އެންމެ ކައިރި ގައުމުތަކުން މިސާލު ނަގަމާ ހިނގާށެވެ. ސްރީލަންކާއަށް ބަލާއިރު، އެ ގައުމުގައިވެސް ރާޖަޕަކްސާ އާއިލާގެ 7 ވަޒީރުން ކެބިނެޓްގައި ތިއްބަވައެވެ. މިދައްކަނީ އަޅުގަނޑުމެންގެ މި ކުޑަ ގައުމަށްވުރެ، ނިޒާމުތަކަށް ފަރިތަ ގައުމުތަކުގެ ވާހަކައެވެ. އެހެންވީމަ މިވާހަކައަކީވެސް އެހާ ހަމަޖެހޭ ވާހަކައަކަށް ނުވެއެވެ.

އެއްވެސް ގައުމަކީ، އެގައުމެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އާނ ބަހާއެކު އަންނަ ވެރިއަކު ހުންނަ ގައުމެއް ނޫނެވެ. އަބަދުވެސް ބަލަނީ މެޖޯރިޓީއަށެވެ. ބަރުލަމާނީ ނިޒާމު ގެންނަނީ، ބޭނުންފުޅުވާ ކޮންމެ ހިނދެއްގައި ވެރިކަމާ ކުޅެލަން ކަމަށްވާނަމަ، އެއަށްވުރެ ފުރިހަމަ ނިޒާމެއް ނެތެވެ. އެއާއެކު އުފެދޭ ސުވާލަކީ ނުވެގެން އުޅޭ ކަމަކީ މިއީތޯއެވެ؟ ނިޒާމު ގޯސްވެގެން އުޅެނީ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ވެރިކަން ބަދަލު ނުކުރެވިގެންތޯއެވެ.

ހަގީގަތަކީ، ކޮރަޕްޝަނާއި، ވުޒާރާތައް ޖަވާބުދާރީ ކުރުވުމާއި، މިކަންކަމަކީ، ނިޒާމާ ގުޅިފައިވާ ކަމެއް ނޫންކަމެވެ. ހުރިހާކަމެއްވެސް ގުޅިފައި އޮންނަނީ، އެކަމެއް ކުރަން ތިބޭ ބައެެއްގެ އިޚްލާސްތެރިކަމާއެވެ.

ގާސިމް އިބްރާހީމްޖޭޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ސޯލިހުކޯލިޝަންބަރުލަމާނީރިޔާސީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު