Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިމުގެ މައްސަލަ

ބިމުގެ މައްސަލައިގައި އައްޑޫ ސިޓީ ކައުސިލްގެ މައްޗަށް ވަގުތީ އަމުރެއް

9 އޯގަސްޓު 2021 | ހޯމަ 22:01

މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތިތައް ހުސްކުރުން މަޑު ޖައްސާލަން ވަނީ އަންގާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 އޯގަސްޓު 2021 | ހޯމަ 22:01
ނެގުމަށް ހަމަޖެހިފަވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގައި ހުރި ބިންތައް

ނެގުމަށް ހަމަޖެހިފަވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުގައި ހުރި ބިންތައް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ކައިރިން ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ބިމުގެ ކަންކަން ވަގުތީ ގޮތުން މަޑު ޖައްސާލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، މިހާރު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ގޯތިތައް ހުސްކުރުން މަޑު ޖައްސާލުމަށެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައި، ގޯތިތަކުގެ ވެރިފަރާތަށް އެ ތަން ހުސްކުރުމަށް ކައުންސިލުން ވަނީ ޖުލައި މަހުގެ 15ވަނަ ދުވަހު އަންގާފައެވެ. އަދި ބަދަލެއް ދޭން ޖެހޭނަމަ ކައުންސިލާއެކު އެކަމާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތްތަކަކުންނެވެ. އެ މައްސަލައިގައި ބުނެފައިވަނީ، ގޯތި ހުސްކުރުމަށް ކައުންސިލުން ނިންމީ ގޯތީގެ ވެރިންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ބިން ބަދަލުކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަކީ އެ މައްސަލަ ރައްދުވާ ސިޓީ ކައުންސިލާއި އެ މައްސަލަ ހުށަހެޅި ގޯތީގެ ވެރިފަރާތުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ކައުންސިލުން ގޯތި ބަދަލުކުރަން ނިންމި ނިންމުން މުޖާރާޖައާ ކޮށްދިނުމަށް ހުށަހަޅާފައިވަނިކޮށް އެ ފުރުސަތު ދީފައިނުވާ ކަަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ. އަދި އެފުރުސަތު ދިނުމެއް ނެތި ސަރުކާރު ބަންދު ދުވަސްތަކުގައި ކައުންސިލް އިދާރާގެ އޮފީސް ހުޅުވައިގެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށެވެ. ގޯތީގެ ވެރިފަރާތުގެ ބަހެއް ހޯދުމެއް ނެތި ގޯތި ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކިއްޔާތެއް ނަމަަވެސް ގޯތި ދޫކުރުމަށްފަހު، ދައުލަތުން އެ ބިން ބޭނުން ވެއްޖެ ހާލަތެއްގައި ވެރިފަރާތާ މަޝްވަރާ ކުރުމަށްފަހު އަދުލުވެރި އިންސާފުވެރި ބަދަލެއް ދިނުމަށްފަހު ބިން ނެގުމުގެ ބާރު ދައުލަތަށް ލިބިގެންވެއެވެ. މީގެ ކުރިން އަމަލުކޮށްފައިވަނީ ވެސް މިގޮތަށެވެ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު އެޅުމަށްޓަކައި ބިން ދައުލަތަށް ނެގުމުގައި ވެސް އަމަލުކޮށްފައިވަނީ މިފަދައިންނެވެ.

ގޯތިތަކާ ގުޅޭ އެހެން މައްސަލައެއްވެސް ކޯޓުގައި އޮތްއިރު ވަގުތީ އަމުރު ނެރުމުގެ ކުރިން މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކޯޓުން ނިންމާފައިވަނީ، ސިޓީ ކައުންސިލުން ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިފައިވާތީ އެ ފުރުސަތު ދިނުމަށެވެ. ވަގުތީ އަމުރަށް ޖަވާބު ދާރީވާން ފަސް ދުވަސް އަދި މައްސަލައަށް ޖަވާބު ދާރީވާން 10 ދުވަސް ސިޓީ ކައުންސިލަށް ދީފައިވަނީ މި މަހުގެ 4ވަނަ ދުވަހުއެވެ.

އެ ސަރަހައްދުން ބިންތައް ނެގުމަށް ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެ ނިންމުމުގެ ސަބަބުން ކައުންސިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ.

އައްޑޫ ކައުންސިލުން ބުނިގޮތުގައި އޭއީއެޗްގެ ވަށައިގެން ހުރި ގޯތިތައް ނެގުމަށް ނިންމީ އެބިންތައް ކުއްޔަށް ދޫކޮށް ކައުންސިލަށް އާމްދަނީ ހޯދުމަށެވެ. އެ ސަރަހައްދުން 44 ގޯތި ނެގުމަށް ވަނީ ނިންމާފައެވެ. އަދި މިއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރާ ކަމެއް ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލްއައްްޑޫ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް