Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާކިންގ ޒޯނުން ޖާގަ ދޫކުރުން

ވިލިމާލޭގެ ރައްޔިތުންނަށް ހެދި ޕާކިންގ ޒޯނުން ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޒޯންގެ ޖާގައަށް އެދޭ ފަރާތްތަކުން 16 އޯގަސްޓުގެ 14:00 ގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2021 | ހޯމަ 02:50
ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހެދި ޕާކިންގ ޒޯން

ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ހެދި ޕާކިންގ ޒޯން

ވިލިމާލޭގެ ރައްޔިތުންނަށް ހެދި ޕާކިންގ ޒޯނުން ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެސިޓީގައި ދުއްވުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން ގެންގުޅޭ ހަތަރު ފުރޮޅުލީ ވެހިކަލްތައް، އަގުނަގައިގެން ޕާރކްކުރުމަށް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ކާރު، ވޭން އަދި 350 ކިލޯގެ ޕިކަޕްއަށް ކަމަށެވެ. ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ރުއް ޕާކު (ސުނާމީ ބިނާ) ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯން އިން 20 ޖާގައެވެ.

ޕާރކިންގ ޒޯންގެ ޖާގައަށް އެދޭ ފަރާތްތަކުން 16 އޯގަސްޓުގެ 14:00 ގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބަޔަށް އެކަމަށް އެދި ސިޓީއާއެކު، އައިޑީކާޑުގެ ކޮޕީ، ވެހިކަލްގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުމަށާއި ވިލިމާލޭގައި ދިރިއުޅޭ އެހެންނަމަވެސް ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ފަރާތެއްކަމުގައިވާނަމަ މިތަކެތީގެ އިތުރުން، ވިލިމާލޭގައި ދިރިއުޅޭ ފަރާތެއްކަން އެނގޭނެ ފަދަ ސިޓީއެއް ގޭގެ ވެރިފަރާތުގެ ނަމުގައި ހުށަހަޅަންވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން މިސިޓީ ހުށަހަޅަންވާނީ ސިޓީގައި ވިލިމާލޭ ސެކްޝަނުން ޞައްޚަކަމަށް ކަނޑައަޅާފައިވާ ތައްގަނޑު ޖެހުމަށްފަހު ކަމަށާއި ޖާގަ ހޯދުމަށް އެދި ސިޓީ ހުށަހަޅަންވާނީ ވެހިކަލްގެ ވެރިފަރާތުން ނުވަތަ ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން ވެހިކަލް ބޭނުންކުރާ ފަރާތުން ކަމަށް ވެސް ވަނީ ބުނެފައެވެ. ޕާކިންގ ޒޯނުން ޖާގަ ލިބޭ ފަރާތްތައް ކަނޑައެޅޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައިވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750.00 ރުފިޔާ ނެގުމަށެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1500.00 ރުފިޔާނެގުމަށެވެ. އެހެންނަމަވެސް މި ދުވަސްވަރަކީ ކޮވިޑް – 19 ގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1000.00 ރުފިޔާއެވެ.

ވިލިމާލެ އަކީ އާއްމު އުސޫލެއްގެ ގޮތުން އިންޖީނު އެޅި އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކެވެ.

މާލޭ ސިޓީ ކައުންސިލްވިލިނގިލި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން
17 ޑިސެމްބަރު 2025

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު