Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބޭއްވުން

އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި - ޕީޖީ

20 ޖޫން 2021 | އާދީއްތަ 08:51

ހޯމަ ދުވަހުގެ އަޑުއެހުމުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމާމެދު ކޯޓުން ގޮތެއް ނިންމާނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 20 ޖޫން 2021 | އާދީއްތަ 08:51
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކުރުމަށްފަހު އަލީ ވަހީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޖާމިނުވުމުގެ އެއްބަސްވުމުގައިވާ ހަތަރު މަސްދުވަހުގެ މުއްދަތު ހަމަވުމާއެކު ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވައިދޭން އަލީ ވަހީދު ހުށަހަޅުއްވާފައި ވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން ޕީޖީ ވިދާޅުވީ، ދައުވާ ލިބޭ މީހާ ރާއްޖޭގެ އިޚްތިޞާސް ނުހިނގާ ތަނެއްގައި ހުރުމުން ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުން، އެފަދަ މީހަކު ކޯޓުގެ ހުރުމަތް ކަނޑައިފިއްޔާ ހެދޭނެ ގޮތަކާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ.  

ޝަމީމް ވިދާޅުވީ، އެގޮތަށް ޝަރީއަތް ކުރުމަކީ ނިޒާމާ އެއްގޮތަށް ހިނގާނެ ކަމެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ދައުވާ ލިބޭ މީހާ ހުންނަން ޖެހޭނީ ރާއްޖޭގެ އިޚްތިޞާސް ހިނގާ ތަނެއްގައި ކަމަށް ގަބޫލުކުރެއްވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.  

ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ދައުވާ ރައްދުވާ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އަލީ ވަހީދުއާ ވެސް ސީދާ މުއާމަލާތު ނުކުރާ ކަމަށެވެ. ވަރަށް ޚާއްސަ ހާލެއްގައި މެނުވީ ދައުވާ ލިބޭ ފަރާތްތަކާއި މުއާމަލާތު ކުރަނީ ފުލުހުން މެދުވެރިކޮށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ނުވަތަ ފަނޑިޔާރުންގެ ސެކްޝަނާއި އަލީ ވަހީދުއާ ދެމެދު މުއާމަލާތު ތަކެއް ކުރެވޭކަމުގެ މައުލޫމާތު އެނގިވަޑައިގެންފައި ވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަމަކު މުއާމަލާތު ކުރެވެނީ ކޮންގޮތަކަށް ކަމެއް އެނގިފައި ނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަޑުބަރޭ ޖާމިނުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެން ނަމަވެސް ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވައިދޭން އަލީ ވަހީދު ހުށަހަޅުއްވާފައި ވުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިތުރު އަޑުއެހުމެއް ތާވަލުކޮށްފައިވަނީ ހޯމަ ދުވަހަށެވެ. މި އަޑުއެހުމުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމާމެދު ކޯޓުން ގޮތެއް ނިންމާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް