Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލިއުޝާގެ މަރު

ލިއުޝާގެ މަރުގެ މައްސަލަ: ތަހުގީގު ރިޕޯޓު ނިންމުމާ ގާތަށް

20 ޖޫން 2021 | އާދީއްތަ 07:54

އެންޑީއޭގެ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2021 | އާދީއްތަ 07:54
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން،

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން،

މެތަޑޯން ފަރުވާ ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ލިއުޝާ ޝާކިރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، މައްސަލައިގެ ރިޕޯޓު ނިންމުމާ ގާތްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮމިޝަނާ މުއުމިނާ ވަހީދު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ލިއުޝާގެ މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށާއި، އަމިއްލަ ފަރާތަކުން މި މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ. މުއުމިނާ ވިދާޅުވީ މައްސަލައިގެ ރިޕޯޓު ވަރަށް އަވަހަށް އާންމު ކުރެވިގެންދާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަހުގީގު ބަޔާން ނަގަންޖެހޭ ފަރާތްތަކުން ބަޔާން ނެގުމާއި އޭގައި ހަދަން ޖެހޭ ފޮރެންސިކް އެނަލިސިސް ހެދުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނޭޝަނަލް ޑްރަގް އެޖެންސީން (އެންޑީއޭ)އަށް އިޝާރާތް ކުރައްވާ މުއުމިނާ ވިދާޅުވީ މި މައްސަލަ މީޑިއާގައި ފެންމަތިވުމާ ގުޅިގެން އެންޑީއޭއަށް ޒިޔާރަތްކޮށް، އެތަނުގެ ކަންކަން ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ. އެގޮތުން އެންޑީއޭގެ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އާއްމު ކުރާ ރިޕޯޓުގައި ތަފްސީލުތައް ހާމަކުރަނެ ކަމަށް މުއުމިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންޑީއޭއަށް ވެސް ވަކިން ރިޕޯޓު ފޮނުވާނެ ކަމަށެވެ.

ލިއުޝާއަކީ މަސްތުވާތަކެތިން ސަލާމަތްވުމަށް މެތަޑޯން ފަރުވާ ނަގަމުން އައި ޒުވާނެކެވެ. ނަމަވެސް މެއި މަހުގެ 21 ވަނަ ދުވަހުގެ ފަހުން ފަރުވާއަށް ގޮސްފައެއް ނުވެއެވެ. އޭގެ ފަހުން މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅެމުން ދިޔަ ކޮޓަރިންނެވެ.

މިކޭހާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެންޑީއޭއިން ބުނީ ލިއުޝާ ފަރުވާއަށް ނައުމުން އޭނާގެ އިތުރުން ލިއުޝާގެ އާއިލާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮންޓެކްޓް ނުވެ އުޅެނިކޮށް ލިބުނީ މަރުވި ޚަބަރު ކަމަށެވެ. އެންޑީއޭއިން ބުނީ މެތަޑޯން ފަރުވާގައި އަންނަން ޖެހޭ ގޮތަށް ފަރުވާ ނުނަގާނަމަ އޮޓޯއިން ޕްރޮގްރާމުން ވަކި ވާނެ ކަމަށެވެ.

އެންޑީއޭއިން ބުނީ މެތަޑޯންގެ ފަރުވާ ނަގައިގެން ބައެއް މީހުން އެއްކޮށް މަސްތުވާތަކެތިން ސަލާމަތްވެފައިވާ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެފަދަ މީހުން ރަނގަޅު ކުރުމަށް ކަމަށާއި، އަދި އެމީހުންނަށް އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި މީހަކު އެއްކޮށް ރަނގަޅުވެ މުޖުތަމައުއަށް ނުކުތުމަކީ އެންޑީއޭއަށް ވެސް ލިބޭ އެންމެ ބޮޑު ކުރިއެރުންކަން ފާހަގަކުރިއެވެ.

ލިއުޝާގެ މަރާގުޅޭ ގޮތުން އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ވިދާޅުވީ ލިއުޝާ ޕްރޮގްރާމަށް ނައުމުން އެންޑީއޭއިން ވީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށާއި މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށެވެ. އެހާ ދުވަސްވެގެންދާއިރު ޚަބަރު ބަލައިނުލެވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އަދީބު ވިދާޅުވިއެވެ.

ރާއްޖޭގައި އެންޑީއޭ ފިޔަވައި ފަރުވާ ހޯދުމަށް ދާނެ އެހެންތަނެއް ނެތްއިރު މިއަށްވުރެ ބޮޑަށް މިފަދަ ކޭސްތަކަށް ސަމާލުވާން ޖެހޭކަން އަދީބު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ފަރުވާ ނަގާ ކުދިން ފަރުވާއަށް ނައުމުން އެކުއްޖަކު ހުރި ހިސާބަކަށް ގޮސް ކަންކަން ބަލާކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެއްވެސް އުސޫލެއް މިންގަނޑެއްނެތި ކަންކަން ކުރުމުގެ ނަތީޖާއަކީ ފަރުވާއޭ ކިޔައިގެން ކުރެވޭ ކަންކަމުން ލިބެންޖެހޭ ފައިދާއަށްވުރެ ގެއްލުން ބޮޑުވުން ކަމަށެވެ. މީގެ އިތުރުން އަދީބު ވިދާޅުވީ ރާއްޖޭގައި ފަރުވާ ބައްޓަން ވަނީ ވަރަށް އަމުރުވެރިކޮށް ކަމަށެވެ. ދެމުންދާ ފަރުވާތަކަކީ ކޮން އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއްކަން ބުނެދޭން ޖެހޭ ކަމަށެވެ.

ގަލޮޅު ގެއަކުން ކުނި ވަސް ދުވާތީ ބެލިއިރު ލިއުޝާގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ 2 ވީ ބުދަ ދުވަހުގެ ރޭ މެންދަމު 2:33 ހާއިރުއެވެ. ލިއުޝާ މަރުވީ ފިޓް ޖެހިގެން ކަމަށް އާއިލާއިން ބުނެފައިވާއިރު، މި މައްސަލަ ފުލުހުން ވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް