Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮންސިއުލޭޓް ގާއިމްކުރުން

''ސޭވް އައްޑޫ'' ސްލޯގަންއަކީ ސަރުކާރާ ދެކޮޅަށް ގެންގުޅޭ ކެމްޕޭނުގެ ސްލޯގަންއެއް: މެމްބަރު ނިހާދު

ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް މިފަދަ އަޑުތައް ގަދަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 03:20
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު،

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު،

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އިންޑިއާގެ ސަރުކާރުން އިއުލާން ކުރުމާ ގުޅިގެން މީސްމީޑިއާގައި ބޭނުން ކުރަމުންދާ ''ސޭވް އައްޑޫ'' ސްލޯގަންއަކީ ސަރުކާރާ ދެކޮޅަށް ގެންގުޅޭ ކެމްޕޭނު ސްލޯގަންއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު ވިދާޅުވީ ސޭވް އައްޑޫ އަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ކެމްޕޭން ސްލޯގަންއެއް ކަމަށާއި، ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް މިފަދަ އަޑުތައް ގަދަވާނެ ކަމަށެވެ. މިއީ ކިހާ އަދަދެއްގެ ފައިސާއެއް ދީގެން ކުރާކަމެއްތޯ މެމްބަރު ނިހާދު ސުވާލު އުފައްދަވާފައިވެއެވެ. އަދި މިއީ ފިތުނައެއްގެ ގޮތުގައި މެމްބަރު ވަނީ ސިފަކުރައްވާފައެވެ.

Advertisement - newsAdvertisement

ސޭވް އައްޑޫ ސްލޯގަންއަށް މެމްބަރު ނިހާދު ވަރުގަދަ ރައްދެއް ދެއްވާފައިރު، މީގެ ކުރިން ވެސް ކޮންސިއުލޭޓް ގާއިމުކުރުމަށް ތާއީދުކޮށް ވާހަކަދައްކަވާފައިވެއެވެ. މެމްބަރު ނިހާދު ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ފޭދޫ ރައްޔިތުން ބޭނުންވާ ކަމަށާއި އެކަމުގެ ސަބަބުން ދެކުނަށް ކުރާ މަންފާ ރައްޔިތުންނަށް އެނގޭ ކަމަށެވެ. ކޮންސިއުލޭޓެއް ގާއިމުކުރެވިއްޖެނަމަ އައްޑޫ އާއި އިންޑިއާ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށާއި، ފެރީގެ ޚިދުމަތް އިތުރަށް ފުޅާކުރެވި، ކާރގޯ ސަޕްލައި އިތުވެގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް އަމާޒުކުރައްވައި މެމްބަރު ވިދާޅުވީ ބައެއް ބޭފުޅުންނަކީ އައްޑޫއަށް ތަރައްގީ ލިބެން ބޭނުންނުވާ ބޭފުޅުން ކަމަށާއި، އެބޭފުޅުން އަބަދުވެސް މަސައްކަތް ކުރަމުން އައީ އައްޑޫ ރައްޔިތުން މާލެސިޓީއަށް ބަރޯސާކުރުވަން ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ސަރުކާރެއްގައި ޗައިނާއިން ކުރާ ކަމެއްނަމަ އެކަމަށް އެއްބަސްވާނެ ކަމަށް މެމްބަރު ނިހާދު ވިދާޅުވިއެވެ. މީގެ އިތުރުން މެމްބަރު ނިހާދު ވިދާޅުވީ ހަގީގަތާ ޚިލާފު ގިނަ ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި، އައްޑޫ ސިޓީގައި އިންޑިއާއިން މިލިޓަރީ ބޭހެއް އަޅަން ނޫޅޭ ކަމަށެވެ. އަދި އެގޮތަށް ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރި ނަމަވެސް އައްޑޫ ރައްޔިތުން ހާސްވެގެން ނޫޅޭ ކަމަށެވެ.

އައްޑޫ ސިޓީގައި ކޮންސިއުލޭޓް ގާއިމުކުރުމަށް އެސިޓީއަށް ނިސްބަތްވާ 7 މެމްބަރުންގެ ތެރެއިން 6 މެމްބަރުން އެކަމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައިވެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުން ނިންމިކަން އިއުލާންކުރުމާއެކު ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ހަގީގަތާ ޚިލާފު ބައެއް ވާހަކަތައް ފަތުރަމުންނެވެ. ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް އެމަޤުސަދު ހާސިލް ނުވާނެ ކަމަށް އައްޑޫއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ދެރައެއް ލިބޭ ގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އައްްޑޫ ސިޓީކޮންސިއުލޭޓްކޮންސިއުލޭޓް އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު