Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ގޮފިތައް ބަންދުކުރުން

ބުރާސްފަތި ދުވަހުން ފެށިގެން ބީއެމްއެލްގެ ހުރިހާ ގޮފިތަކެއް ބަންދުކުރަނީ

ބީއެމްއެލް ހުޅުވައިގެން ޚިދުމަތް ދިނުން މެދުކަނޑާލާފައި ވަނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 17:18
ބީއެމްއެލް

ބީއެމްއެލް

ބުރާސްފަތި ދުވަހުން ފެށިގެން ޖޫންމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ގޮފިތަކެއް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ, މެއި މަހުގެ 27 ވަނަ ދުވަހުގެ ފެށިގެން, ކަސްޓަމާ ސާވިސް ސެންޓަރު ހިމެނޭހެން, ބޭންކުގެ ހުރިހާ ގޮފިތަކަކާއި ސާވިސް ސެންޓަރުތަކެއް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުމަށް ނިންމާފައި ވާކަމަށެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޮންލައިން ބޭންކިންގެ ޚިދުމަތާއި ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ޚިދުމަތް މެދުކެނޑިގެން ނުދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން ވެސް ބޭންކުން ދެމުން ގެންދާ އެހެނިހެން ބައެއް މުހިންމު ޚިދުމަތްތައް ހަފްތާ ބަންދު ނޫން ދުވަސްތަކުގައި ލިބެމުން ދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އޭގެ ތެރޭގައި ހިމެމެނީ ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި, އީމެއިލް މެދުވެރިކޮށް މުސާރަ ޖަމާކޮށްދިނުމުގެ ޚިދުމަތާއި, އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލްގެ ޗެކްތައް ޕްރޮސެސް ކުރުމެވެ. އެގޮތުން މެންދުރު 12:00 ގެ ކުރިން ޖަމާކުރާ ބީއެމްއެލް ޗެކެއް ވާނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމުގައިވާ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއާ ކުރުމަށް އެދުވަހަކު ފޮނުވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތަކުގައި ލޯކަލް ބޭންކް ޓްރާންސްފާގެ ޚިދުމަތާއި އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފާ ރިކުއެސްޓް, އެދުވަހަކު ޕްރޮސެސް ވާނެއެވެ. އަދި ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ 100,000 ރުފިޔާ އަށްވުރެ މަތީ އާރް.ޓީ.ޖީ.އެސް ޓްރާންސްފާ ރިކުއެސްޓް ވެސް އެދުވަހަކު ޕްރޮސެސް ވާނެއެވެ. އޭގެއިތުރުން ހެނދުނު 11:00 ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހަކު ޕްރޮސެސް ވާނެކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް ހުޅުވައިގެން ޚިދުމަތް ދިނުން މެދުކަނޑާލާފައި ވަނީ, ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮވިޑް ފެސިލިޓީބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު