ކ. މާލެ
|
19 މެއި 2021 | ބުދަ 18:18
އއ. ހިމަންދޫ 2007 ވަނަ އަހަރާ ޖެހެންދެން އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި
އއ. ހިމަންދޫ 2007 ވަނަ އަހަރާ ޖެހެންދެން އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި
ރާއްޖެއެމްވީ
ހައްދުފަހަނައަޅައި ދިއުން
"ހިމަންދޫ މިހާރު ފެންނަނީ އަަމާންކޮށް، ވަކިވެގަތް މީހުންވެސް މުޖުތަމައުގެ ހިއްސާއަކަށް ވެއްޖެ"
 
ހައްދުފަހަނައަޅާ ދިޔަ މީހުންނަށް ވެސް ހެޔޮމަގު ފެނި އެކުވެރި މުޖުތަމައެއް އެ ރަށުން ފެނޭ
 
ހަރުކަށި ފިކުރު ފަތުރާ ބޮޑެއްގެ ގޮތުގައި ހައްޔަރުކުރި މީހާއަކީ ކުށްކުރުމުގައި ދެމިހުރި މީހެއް
 
ހިމަންދޫގެ ހާދިސާއާއި ރައީސް ނަޝީދަށް ދިން ހަމަލައާ ގުޅުމެއް ވާކަމަށް ވާހަކަ ފެތުރިފައިވޭ

6 މެއި 2021 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލައާކު، ރާއްޖެވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމުގެ ބިރުވެރިކަމުން މިންޖުވެގެން ނުވާކަން ވަނީ ސާބިތުވެފައެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ސީދާ އަތެއްވާކަމަށް ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދިން ހިސާބުން އަޅުގަނޑުމެންނަށް މަޒީގެ ހިތި ސަފުހާތައްމަތިން ހަނދާން އައު ކުރުމަށް މަޖުބޫރުވިއެވެ.

ކަޅު ސަފްހާތަކުގެ ވާހަކަ ހިތައް ގެނައުމުން ހަނދާންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައްދުފަހަނައަޅާ ދިއުމުގެ ކަންކަން ހުއްޓުވުމަށް އއ. ހިމަންދޫގައި ހިންގި އޮޕަރޭޝަނުގެ މަތިންނެވެ. އެއީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހެވެ. ހިމަންދޫ އޮޕަރޭޝަނަކީ 29 ސެޕްޓެމްބަރު 2007 ވަނަ ދުވަހު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލައިގެން ދީފައިވާ ނިރުބަވެރި ހަމަލާއާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ހިމަންދޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 63 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަވެއެވެ.

ހިމަންދޫއާއި ރައީސް ނަޝީދަށް ދިން ހަމަލަ ގުޅެނީ ކޮންގޮތަކުން؟

ހިމަންދޫއަށް ސަލާމަތީ ބާރުތަކުން އަރައި ހިންގި އޮޕަރޭޝަނަކީ ދިވެހި ދައުލަތް ގަބޫލު ނުކުރުމާއި، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ކޯޓުން ބޭރުގައި ކުޑަކުދިންނާއި ކައިވެނި ކުރުމާއި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިހުތިރާމު ނުކުރާ ބަޔަކު ހިމަންދޫން ފާހަގަވާން ފެށުމުން ހިންގި އޮޕަރޭޝަނެކެވެ. 15 އަހަރު ކުރީގެ ސަފްހާތަކެއް އަލުން ބަލަން މި ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. 18 މެއި 2021 ހަރުކަށި ފިކުރު ފަތުރާ "ބޮޑެއް"ގެ ގޮތުގައި ސިފަކުރާ މީހާއާއި ގުޅޭގޮތުން ފެންމަތިވި ވާހަކަތައް އއ. ހިމަންދޫގެ ކޭހަށް އިޝާރަތްކުރުމުން އެ ރަށާއި މިކަން ނުގުޅި ފަރުނުޖެއްސެނީއެވެ.

ހަރުކަށި ފިކުރު ފެތުރުން ނުވަތަ ހަރުކަށި ފިކުރު ތަކުރާރު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އެކަމުގައި މުގުލުގައި ހުރި އޭރުގެވެސް "ބޮޑެއް" ކަމަށް ސާބިތުވެ ޖަލަށްލި އަބްދުﷲ އަލިމަނިކުކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. މިކަން ފުލުހުން ކަށަވަރު ކޮށްދީފައިނުވާއިރު، ފުލުހުން ހާމަކުރިހާވެސް އެއްޗަކީ މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ތުހުމަތުވާ 43 އަހަރުގެ މީހެއް ކަން އެކަންޏެވެ.

އޭނާއަށް 2008 ވަނަ ހުކުމް ކުރެވުނެވެ. 10 އަހަރުގެ ޖަލުހުކުމެކެވެ. އެހެނަސް އޭނާއަކީ އެހެން މީހުންހެން ޖަލަށް ލީމަ ކުށުގެ އަދަބު ތަންފީޒުކުރުމަށް ޖަލުގޮޅީގައި ހިމޭނުން އިންނަ މީހަކަށް ނުވިއެވެ. އެތަނުން ނިކުތުމަށް ރާވާ ޖަލުގައި ހަރުކަށި ފިކުރަށް މީހުން ރުކުރުވަން ފެށިކަމަށްވެއެވެ. ދެން ފެނުނީ ހަރުކަށި ފިކުރުގެ މި ނުރައްކާތެރި ކުށްވެރިޔާ 2010 ވަނަ އަހަރު ޖަލުން ފިލިތަނެވެ. ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން އަނެއްކާވެސް އަލިމަނިކު އަތުލައިގަތެވެ. އަލިމަނިކުގެ ޖަލުން ފިލުމުގެ ސިލްސިލާ އަދި މި ފެށުނީއެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ އެ ޖަލުންވެސް ފިލާފަައެވެ. މިފަހަރު އަލިމަނިކު އަތުލައިގަނެވުނީ މީހާގެ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ސިއްރިޔާތުގައި އުޅެނިކޮށް 2009 ވަނަ އަހަރު ގދ. ތިނަދޫއިންނެވެ. އެވަރުންވެސް އޭނާ ދޫދޭކަށް ނުވިސްނިއެވެ. ހައްޔަރުކޮށް ގދ.ތިނަދޫ އިން ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލުމަށްވެސް މަސައްކަތް ކުރިއެވެ.

އަލިމަނިކު ދަންނަ މީހަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދިންގޮތުގައި ޖަލު ހުކުމް ފުރިހަމަކޮށް މިނިވަންވުމަށް ފަހު ވެސް އަލިމަނިކު ދަނީ ހަރުކަށި ފިކުރާ ގުޅުން ހުރި އެކި ކަންކަމުގައި ބައިވެރިވެ އެކަމަށް ހިތްވަރުދިނުމުގައި ސިއްރިޔާތުގައި ހަރަކާތްތެރިވަމުންނެވެ. މި ދަންނަވާލެވުނީ ހިމަންދޫއާއި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުވައިދޭ ގޮތުގެ ވާހަކައެވެ. މި ދެކަން ގޮސް ގުޅެނީ އަލިމަނިކާއި އޭނާގެ ބައިވެރިންނާއެވެ.

ހިމަންދޫއަކީ ބިރުވެރިކަމުން މިންޖުވެފައިވާ މުޖުތަމައަކަށް މިހާރު ވަނީ ވެފައި - ރާއްޖެއެމްވީ

ހިމަންދޫއަކީ މިއަދު އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަށެއް

ހިމަންދޫގައި ހިނގާދިޔަ ހާދިސާގެ ވާހަކަ ދައްކާއިރު، އެރަށުގެ މިހާރު ހާލަތު ގެނެސްދިނުމަކީ ކޮންމެހެންވެސް މުހިންމުކަމެކަމެކެވެ. ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް ވަނީ މިއަދު ފެންނަނީ މުޅިން އައު ހިމަންދޫއެއް ކަމަށް ވިދާޅުވެފައެވެ. 15 އަހަރު ކުރީގެ ހިތި ހަނދާންތައް ހުރިނަމަވެސް، ހިމަންދޫން ބިރުވެރިކަންވެސް ފިލާގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މުޅިރަށްހެން ހަރުކަށި ފިކުރުގެ ޝިކާރައަކަށްވެ ރަށުގެ ކުދިބޮޑު އެންމެން ބިރުވެރިކަމުގައި ގިނަ އަހަރުތަކެއް ކަޑައްތުކުރި މި ރަށުގައި މިހާރު އޮތީ ހަމަހަމަކަމާއި މަސަލަސްކަމެވެ. މިކަން އެ ރަށު ކައުންސިލުން ހިއްސާކުރި ފޮޓޯތަކުން ރަނގަޅަށް ފަހުމުވިއެވެ.

ހިމަންދޫގެ ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ވަޒަންކޮށްލުމަށް ހިމަންދޫގައި ހިނގާފައިވާ މިފަދަ ފާހަގަކޮށްލެވޭ ކަމެއް ހިއްސާކޮށްލާނެމެވެ. އއ. ހިމަންދޫ ސްކޫލުގެ އެސެމްބްލީގައި ލަވަ ނުކިޔާ ގޮތަށް އެ ސްކޫލު ބޯޑުން ވަނީ 2010 ވަނަ އަހަރު ހަމަޖައްސާފައެވެ. ހަވީރު ނޫހުގައި 2010 ވަނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހު ލިޔެފައިވާ އާޓިކަލެއްގައި ބުނެފައިވަނީ، ސްކޫލު ބޯޑުގެ ޗެއާޕާސަން އަބްދުﷲ ޖަމީލު ވިދާޅުވި ގޮތުގައި އެސެމްބްލީގައި ސްކޫލުގެ ލަވަކިޔުން ހުއްޓާލީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ސްކޫލުގެ ގިނަ ޓީޗަރުންނާއި ބެލެނިވެރިންނަށް ފެނިގެން ކަމަށެވެ. ހިމަންދޫގެ އިތުރުން ރާއްޖޭގެ އެތައް ރަށެއްގައި މިއަދު ސްކޫލުގެ ލަވަ ނުކިޔަ އެވެ. ނުވަތަ ސްކޫލު ލަވައާއި ގައުމީ ސަލާން ކިޔަސް މިއުޒިކެއް ނުޖަހަ އެވެ.

އެކަމަކު މިއަދު މަންޒަރު މުޅިންތަފާތެވެ. މިއަދު ސްކޫލް ލަވަވެސް ޖަހައެވެ. ވަކި ޖަމާޢަތް ހަދައިގެން އުޅުނު މީހުން ކުށުގެ ހުކުމް ތަންފީޒުކޮށްގެންނާއި ޕޭރޯލްގައި ރަށަށް އެނބުރި އައިސްފައިވާއިރު ތައުބާވެ މިއަދު މިވަނީ މުޖުތަމައުގެ ހިއްސާއަކަށްވެފައެވެ. ހަރުކަށި ފިކުރި ރަށަށް ތައާރަފްކުރިކަމަށް ބުނާ ބީރައްޓެހިން ނުވަތަ އަލިމަނިކާއި އޭނާގެ ބައިވެރިންގެ އެއްވެސް ނުރައްކަލެއް ނެތެވެ. ރަށުގެ އެެއްވެސް ރައްޔިތަކާއި، ހަރުކަށި ފިކުރު ތަކުރާރުކުރުމުގެ ސިލްސިލާގައި މިއަދު އުޅޭ އަލިމަނިކާވެސް އަދި އޭނާގެ ބައިވެރިއަކާވެސް އެއްވެސް ގުޅުމެއް ނުވެއެވެ. ޓެރަރިޒަމްގެ ބިރުވެރިކަމުން މިންޖުވެފައިވާކަމަށް ފަޚުރާއެކު ހިމަންދޫން ބުނާއިރު، މިކަން ކޮންމެ ރަށަކަށް ކުރެވިގެން ނޫނީ އަދި ހިންދެމިލެވޭކަށް ނެތެވެ.

މިފަހަރު ވަކި ތަފާތުކަމެއް އެބަ ފެނޭތަ؟

އެތައް ޒަމާނެއްވީ "އަންޒަމާނުކަރައިގެ" މައްސަލައެއްގެ ގޮތުގައި ސިފަކުރަން ޖެހިފައިވާ ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމުގެ މައްސަލަ ހައްލުކުރަން އަދި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް، ރޭވިގެން، އިންތިޒާމް ކުރެވިގެން، ދާއިމީ ގޮތަކަށް ސަރުކާރުތަކުން މަސައްކަތް ކުރޭތޯ ވަނީ ސުވާާލުއުފެދިފައެވެ. ސަރުކާރުތަކުން ދައްކާ ވާހަކައަކީ ހައްދުފަހަނައަޅާދިއުމުގެ ހުޅުގަނޑު ވަގުތީގޮތުން ފޮރުވާލުމަށް ފަސް އަޅައަޅާލާފައި ދޫކޮށްލަނީއޭވެސް ބައެއް މީހުން ދަނީ ބުނަމުނެވެ. މިކަމަށް ވާގިދެނީ ދޭތެރެ ދޭތެރެއިން އަދިވެސް މި ނުރައްކާ އެކި ސިފަ ސިފައިގައި ފެނި ތަކުރާރުވަމުންދިއުމެވެ.

ހިމަންދޫއަށް ފަހު 2019 އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުގެ ރޭ ލަނޑާ ނަގަން ނުކުމެ އުޅުނު ރ.މަޑުއްވަރީ ބައެއްގެ މެދުގައި ޖެހުނު މައްސަލައާއި އެކަމާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކަކީވެސް މި ބިރުވެރިކަން އޮތް މިންވަރު ވަޒަންކުރުވާ މުޅި ރާއްޖެއަށް ސިހުން ގެނައި ކަންތައް ތަކެކެވެ. އެދޯނީގައި ތިބި މީހުންނަށް ކޮންމެ ވެސް ކަމެއްގައި "ބައިއަތު" ނުހިފުމުން މަޑުއްވަރީ ފެހިއަލި ހައްމާދަށް ވަނީ "މަރުގެ ހުކުމް" އިއްވާފައެވެ. ވަގުތުން ވަގުތަށް ހުކުމް ތަންފީޒް ކުރުމަށް އޭނާއަށް ހަމަލާ ދިނެވެ، ނަމަވެސް އޭނާ ފަތާފައި މާޅޮހަށް އަރާ ފަރުވާ ލިބި ސަލާމަތް ވިއެވެ. މާކަ ގިނަ ދުވަހެއް ނުވެ މިކަންވެސް ހަނަދާން ނެތުނީއެވެ.

ނުރައްކަލުގެ ބޮޑު ރާޅެއް ބިންދާނުލިޔަސް ކުދިކުދި ރާޅު ބީއްސާލަ ބީއްސާލަ އޮންނަތާ މިވީ އެންމެ އަހަރެއްހާ ދުވަހެވެ. މިއަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ މެދުގައި "މަޖުބޫރު" ހާލަތެއްގައި ނޫނީ އިންތިޚާބެއްގައި ވޯޓްނުލާނެ ބަޔަކު ފާޅުވިއެވެ. އެމީހުންގެ ތެރޭގައި ދީނީ އިލްމު ހާސިލްކޮށްގެން ހުރި މީހެއް ވެސް ނެތްއިރު ރާއްޖޭގެ ގިނަ ޝައިޚުންނަކީ އެމީހުންގެ ނަޒަރުގައި ބައެއް ނޫނެވެ. އަދި ކިއެއްތަ މި ސަރަހައްދުގެ ހައްދުފަހަނައަޅާފައިވާ ގްރޫޕްތަކުގެ އަމީރަކުވެސް ރާއްޖޭގައި އުޅޭކަމަށް ޚަބަރުތައް ފެތުރުނެވެ. ދެދުވަހެއް ވަންދެން އަމީރު މި ބަސް ކުޑަ މަގުބޫލުކަމެއް ހޯދުމަށްފަހު ހަނދާން ނެތިގެން ދިޔައީއެވެ.

ދެން ފެނިގެން ދިޔައީ އަނެއްކާވެސް ބޮޑު ރާޅެއް ބިންދާލިތަނެވެ. މިފަހަރުގެ ރާޅު މިކުޑަ ރާއްޖޭގެ ތާރީޚު ނުދެކޭހާ ބިރުވެރިއެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ކަންކަން ބަލަމުންދާއިރު، ތާރީޚް އިއާދަވިޔަ ނުދިނުމަށް ސަރުކާރުން ދަނީ މަސައްކަޔްކުރަމުނެވެ. ތަހުގީގަށް ބޭނުންވާ ބޭރުގެ އެހީ ވަނީ ވަގުތުން ހޯދާފައެވެ. ސަލާމަތީ ބާރުތަކުގެ އެލަޓް ލެވެލް މަތިކޮށް ހުރިހާ ވަސީލްތަކެއް މިކަމަށް ހުސްކުރިއެވެ. އަދި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ތަހުގީގުވެސް ކުޑަ މުއްދަތެއްގެ ތެރޭގައި މިވަނީ ފަށާފައެވެ. ރައްޔިތުންގެ އުންމީދަކީ މިފަހަރުގެ މި ބަދަލާއެކު މި ބިރުވެރިކަމުން މިންޖުވެ މިނިވަންކަމާއެކު އެއްވެސް ބިރަކާއި ނުލާ އާންމު މީހާއަށް ބޭރަށް ނިކުމެ އުޅެލެވޭވަރުވުމެވެ. އެންމެން މި ގައުމީ މަސައްކަތާ ގުޅިއްޖެނަމަ މިއީ ނުވާވަރުގެ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
8%
8%
0%
63%
13%
8%
ކޮމެންޓް
23 މެއި 2021 | އާދީއްތަ 03:32
ވިސްނާ ފިކުރުކުރާ މީހުންނަށް ޢިބްރަތެއް
އާޒިމްއާއި އާޒިމްގެ ރިޕޯޓު އެޑިޓްކުރި އެޑިޓަރަށް އެނގިވަޑައިނުގަންނަވާތޯ މިއުޒިކަކީ ދީނުގައި ހަރާމް އެއްޗެއްކަން. އއ. ހިމަންދޫއިން ތިކިޔާ ހަރުކަށި ފިކުރުގެ މީހުން ފެނުނެއްކަމަކު އެރަށު މަދަރުސާގެ ބެލެނެވެރިންނާއި މުދައްރިސުންގެ އިއްތިފާޤުން މިއުޒިކަކީ ރަނގަޅުކަމެއް ނޫންކަމަށް ޤަބޫލުކޮށް ﷲ ސްބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރީމާ އެކަމަށް ހަޖޫޖަހައި އެއަށް ހަރުކަށިފިކުރޭ ކިއުމަކީ ވަރަށް ދެރަކަމެއް. ތެދެއް. ފެކްޓްސް އިތުރުކުރަން އެވާހަކަ ހިމެނީމަ ރިޕޯޓް މާމޮޅުކަމަށް ހީވެދާނެ. އެކަމަކު ކަނޑައެޅިގެން ޙަރާމްކަމެއް ކަން އެނގި އެކަން ބަޔަކު ނުކުރާކަން އެނގުމަކީ އެކަމަށް މަލާމާތްކުރަންވީ ކަމެއް ނޫން. އެއީ ފަޚުރުވެރިވާންވީ ކަމެއް. އެއްކޮޅުން އަހަންނަކީ މުސްލިމެކޭ ކިޔާ އަނެއްކޮޅުން ދީނުގައި ހަރާމްކުރައްވާފައިވާކަމެއް ޙަލާލެއް ނުކުރެވޭނެ!!! މިއީ މީހަކު ޒިނޭކުރުން ޙަރާމޭ ބުނީމާ އޭނާއަށް "ހަރުކަށި ފިކުރު" ގެ ސިއްކަ ޖެހުން ފަދަކަމެއް. ހެޔޮ ވިސްނުން ދެއްވާށި!
20 މެއި 2021 | ބުރާސްފަތި 07:11
ގަޑުބަޑު ޕާޓީ
އެހެންތަ؟ ކަލޭމެނަށް ތިކަންވެސް އެނގޭނީ..މައުމޫނަށް ޖެއްސުމަށް ހިމަންދޫގަ ކަލޭމެން އުފެއްދި ގަޑުބަޑުގެ ހަގީގަތް ކަލޭމެނަށް އެނގޭނީ.