ކޮވިޑް-19: އެންމެ ފަހުގެ

18,678,703
  • އެހީގެ ސާމާނު އަވަހަށް ލިބޭނެ ގޮތް ހަދަމުންދޭ
  • މިހާތަނަށް 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްފައިވޭ
  • 6900 ށް ވުރެ ގިނަ ސާމާނުގެ ޑިކްލަރޭޝަން ނިންމައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
އެހީގެ ސާމާނު އަވަހަށް ލިބޭނެ ގޮތް ހަދަމުންދޭ

އެހީގެ ގޮތުގައި ޝިޕްމަންޓްތައް ބޭރުން ފޯރުކޮށްދޭއިރު އެ ޝިޕްމަންޓްތައް އަވަހަށް ފޯރުކޮށްދިނުމަށް މަސަައްކަ ކުރަމުންދޭ.

ކޮވިޑް-19 އާއި ގުޅިގެން އިތުރު ބާވަތްތަކުގެ ޑިއުޓި މައާފް ކުރުމުގެ މަޝްވަރާތަކެއް މެޑް އާ ގުޅިގެން ކުރަމުންދޭ.

6 މެއި 2020 | ބުދަ 15:09
Writer Profile Picture
ޙުސައިން މަޚްތޫމް
މިހާތަނަށް 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްފައިވޭ

ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ މައާފް ކުރުމާއި ގުޅިގެން މިހާތަނަށް 9.6 މިލިއަން ރުފިޔާގެ ޑިއުޓީ މައާފް ކޮށްފައިވޭ.

6 މެއި 2020 | ބުދަ 15:06
Writer Profile Picture
ޙުސައިން މަޚްތޫމް
6900 ށް ވުރެ ގިނަ ސާމާނުގެ ޑިކްލަރޭޝަން ނިންމައިފި

މިހާތަނަށް 6900 ށް ވުރެ ގިނަ ސާމާނު ޑިކްލަރޭޝަން ނިންމާފައިވޭ.

361 އުޅަނދަކަށް އިންވާޑް ކްލިއަރަންސް ދީފައިވޭ.

6 މެއި 2020 | ބުދަ 14:55
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑާއި ގުޅިގެން ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެ ކުރަމުންދޭ

މިހާތަނަށް 4.7 މިލިއަން މާސްކް

ޑިސްއިންފެކްޓް ކުރާ ސާމާނު 240 މެޓްރިކް ޓަނުގެ

ސައިބޯނި 59 މެޓްރިކް ޓަނުގެ

6 މެއި 2020 | ބުދަ 14:51
Writer Profile Picture
ޙުސައިން މަޚްތޫމް
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ މިދިޔައަހަރާ އަޅާ ބަލާއިރު އެއްވަރެއްގައި ހިފަހެއްޓިފައި.

ކާޑުގެ ބާވްތްތަކާއި، ޕެޓްރޯލް، ބިހުން ކުރިއަރާފައިވޭ. އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓް ޑިއުޓީ މިދިޔައަހަރާ އަޅާ ބަލާއިރު އެއްވަރެއްގައި ހިފަހެއްޓިފައި.

6 މެއި 2020 | ބުދަ 14:48
Writer Profile Picture
ޙުސައިން މަޚްތޫމް
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1 މިލިއަން

ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރާއި ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ބަދަލު އައިސްފައިވާ އިރު، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް މި އަހަރުގެ އެޕްރީލްގެ ނިޔަލަށް 12 ބިލިއަނަށް އަދި އިންޕޯޓް ޑިއުޓީގެ ގޮތުގައި 1 މިލިއަން ލިބިފައިވޭ.

6 މެއި 2020 | ބުދަ 14:44
Writer Profile Picture
ޙުސައިން މަޚްތޫމް
އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި ދަތިކަމެއް ނެތި ފަހިކޮށްދޭނެ: ކަސްޓަމްސް

ރައީސް އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އާންމު ބޭނުންތަަކަށް ބޭނުންވާ ތަކެތި ދަތިކަމެއް ނެތި ފަހިކޮށްދެވޭނެ ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ކަސްޓަމްސް އިން ބުނެފި. ކަސްޓަމްސްގެ މަސައްކަތްވެސް ދާނީ އެގޮތަށް.

6 މެއި 2020 | ބުދަ 14:42
Writer Profile Picture
ޙުސައިން މަޚްތޫމް
ބަންގުލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 574 ށް
6 މެއި 2020 | ބުދަ 14:06
Writer Profile Picture
އަމަން ހަލީމް
އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕަޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 557ށް
5 މެއި 2020 | އަންގާރަ 22:23
Writer Profile Picture
އަމަން ހަލީމް
އިތުރު 2 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު 20 އަށް!
5 މެއި 2020 | އަންގާރަ 22:22
Writer Profile Picture
އަމަން ހަލީމް
އިތުރު މީހަކަށް ވެންޓިލޭޓަރު ގުޅައިގެން ފަރުވާދޭން ފަށައިފި
5 މެއި 2020 | އަންގާރަ 22:22
Writer Profile Picture
ލައިޝާ އަހްމަދު
މާލޭގައި އެކްޓިވް ސަވައިލެންސްގެ ގޮތުގައި އިތުރު ޓެސްޓުތަކެއް ދަނީ ހަދަމުން

މިހާރު މާލޭގައި އެކްޓިވް ސަވައިލެންސްގެ ގޮތުގައި އިތުރު ޓެސްޓުތަކެއް ދަނީ ހަދަމުން، އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންވެސް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން،

5 މެއި 2020 | އަންގާރަ 15:09
Writer Profile Picture
ލައިޝާ އަހްމަދު
މަރުވި ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު ދަނީ ކުރިއަށް

ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަބްރޫކު ވިދާޅުވި، އަދި އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނެކަމަށް ވިދާޅުވި،

5 މެއި 2020 | އަންގާރަ 15:05
Writer Profile Picture
ލައިޝާ އަހްމަދު
މަރުވި ބިދޭސީ މީހާގެ އުމުރަކީ 33 އަހަރު

އޭނާއަކީ މިހާރު ފެނިފައިވާ ބިދޭސީ ކްލަސްޓަރއަކާ ގުޅުމެއް އޮތް މީހެއްތޯ ދަނީ ބަލަމުން، ރޭ ދަންވަރު ޓެސްޓްގެ ނަތީޖާ ލިބުނީވެސް، މިރޭ ޖަވާބެއް ދެވޭނީ އެކަމަށް،

އޭނާގެ އުމުރަކީ 33 އަހަރު،

ނިޔާވި ބިދޭސީ މީހާގެ ޓެސްޓް ހެދީ އެއްފަހަރު

5 މެއި 2020 | އަންގާރަ 14:54
Writer Profile Picture
ލައިޝާ އަހްމަދު
ބިދޭސީ މީހާ ވަޅުލާނީ ރާއްޖޭގައި އެސްއޯޕީގައި އޮންނަ ގޮތަށް

އެމްބަސީގެ ފަރާތުން އާއިލާއަށް ކޮމިއުނިކޭޓް ކޮށްފައިވޭ، ރާއްޖޭގައި އެސްއޯޕީގައި އޮންނަ ގޮތަށް ވަޅުލުމުގެ ކަންކަން ކުރަން އާއިލާއިން ކޮންސެންޓް ދީފައިވޭ

5 މެއި 2020 | އަންގާރަ 14:50
Writer Profile Picture
ލައިޝާ އަހްމަދު
ބިދޭސީ މީހާ ސިކުނޑީގެ ސީޓީ ސްކޭން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވޭ

ބިދޭސީ މީހާ ނިޔާވީ މިއަދު ހެނދުނު، ސިކުނޑިއަށް ލޭއެޅިފައިވޭ، ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ، ކުޑަ ވަގުތުކޮޅެއް ލިބުނީ،

ސިކުނޑީގެ ސީޓީ ސްކޭން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވޭ، ބެލެވެނީ ލޭ ހޮޅިއެއް ފަޅައިގެން ގޮސް ކަމަށް އަދި ކުރިންވެސް ހުރި ބައްޔެއް ކަމަށް ބޮޑަށް ބެލެވެނީ، މިސާލަކަށް ލޭ ހޮޅިއެއް އުފެދުމުގައި ހުރި އައިބެއް ކަހަލަ ކަމެއް ކަމަށް،

-ޑޮކްޓަރުން-

5 މެއި 2020 | އަންގާރަ 14:49
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދެ ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ދެ ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ. ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން އިނގިފައިވަނީ ނިޔާވެފައިވަނީ ދިވެއްސެއް ނޫން ކަމެވެ. މީގެކުރިން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ ދިވެއްސެކެވެ. ރޭގެ ވަގުތެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފަ އެވެ.

5 މެއި 2020 | އަންގާރަ 13:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
5 މެއި 2020 | އަންގާރަ 11:58
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 6 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަަދަދު 551 ށް
5 މެއި 2020 | އަންގާރަ 00:30
Writer Profile Picture
ލައިޝާ އަހްމަދު
"ވަކި ބަޔަކަށް ރައްކާތެރިކަން ލިބި، އަނެއްބަޔަކު ނުރައްކަލުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
4 މެއި 2020 | ހޯމަ 22:59
Writer Profile Picture
ލައިޝާ އަހްމަދު
ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި 6 މީހުންގެ ތެރެއިން 3 މީހުން ސްޓޭބަލް

ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 6 މީހުންގެ ޙާލަތު

- 80 އަހަރުގެ ފިރިހެން މީހާ: އޮކްސިޖަން ދޭން ފެށިފައި

- 58 އަހަރުގެ އަންހެން މީހާ: ޙާލު ސްޓޭބަލް

- 48 އަހަރުގެ ފިރިހެން މީހާ: ޙާލު ސްޓޭބަލް

- 70 އަހަރުގެ މިހާ: އޮކްސިޖަން ދޭން ފެށިފައި

- 88 އަހަރުގެ މީހާ: ވެންޓިލޭޓަރުގައި

- އެހެން ކަމަކާ ޑޮކްޓަރަށް ދެއްކި މީހެއް- ޙާލު ސްޓޭބަލް

4 މެއި 2020 | ހޯމަ 22:34
Writer Profile Picture
ލައިޝާ އަހްމަދު
މަގުމަތީގައި އުޅެގެން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލޮކްޑައުންގެ ވަގުތުގައި މަގުމަތީގައި އުޅެގެން މިހާތަނަށް 139 މީހަކު ހައްޔަރުކޮށްފައިވާއިރު، ހޯމަ ދުވަހު އެކަނިވެސް 6 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވޭ

4 މެއި 2020 | ހޯމަ 22:21
Writer Profile Picture
ލައިޝާ އަހްމަދު
މިހާތަނަށް ޑެލިވަރީއަށް 6000 ޕާމީޓް، ވެހިކަލްއަށް 4000 ޕާމިޓް ދޫކޮށްފައިވޭ

ޑެލިވަރީއަށް 6000 ޕާމީޓް، ވެހިކަލްއަށް 4000 ޕާމިޓް ދޫކޮށްފައިވޭ

އަދި ސަޕޯޓް ސްޓާފުންނަށް 5000 ޕާމިޓް ދޫކޮށްފައިވޭ

4 މެއި 2020 | ހޯމަ 22:20
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖެއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މިހާތަނަށް 9231 ސާމްޕަލް ނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 545 މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް.

އަދި 8344 މީހެއްގެ ނަތީޖާ ނެގެޓިވްވެފައިވާއިރު، ނަތީޖާ ނުލިބިވެސް 345 ސާމްޕަލްއެއްވާކަމަށް ވިދާޅުވި

މިހާތަނަށް 4049 ކޮންޓެކްޓެއް މި ކޭސްތަކާ ގުޅިގެން ފާހަގަވެފައިވާއިރު، 234 ތަނެއް ވަނީ މޮނިޓަރިންއަށް ލެވިފައި

އައިސޮލޭޝަންގައި މިވަގުތު ތިބީ 458 މީހުން އަދި ކަރަންޓީންގައި 1759 މީހުން

4 މެއި 2020 | ހޯމަ 22:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅު

"ރާއްޖޭގައި ކޯވިޑް-19 ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް.

އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.

މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ."

4 މެއި 2020 | ހޯމަ 18:54