ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19: ދެކުނު ކޮރެއާގައި ހުންނަ ސެމްސަންގ ކުންފުނީގެ ކާރުޚާނާއެއް ބަންދުކޮށްފި
ޔޮންހެޕް ނިއުސް އޭޖެންސީން ޚަބަރު ފަތުރާގޮތުގައި، ސެމްސަންގ އިލެކްޓްރޯނިކްސް ކުންފުނިން ވަނީ މިއަދުން ފެށިގެން، ދެކުނު ކޮރެއާގައި ހުންނަ އެކުންފުނީގެ ކާރުޚާނާއެއް ބަންދުކޮށްފައެވެ. ގުމްނީ ނަމަކަށް ކިޔާ އަވަށުގައި ހުންނަ މި ކާރުޚާނާ ބަންދުކުރީ، އެ ކާރުޚާނާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށް ޔޮންހެޕް ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ.
ކޮވިޑް-19: ޖަޕާނުން ދެވަނަ މީހަކު މަރުވެއްޖެ
ޖަޕާނުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މަރުވެފައިވަނީ އެޤައުމުގެ އުތުރު ހޮއްކައިޑޫ އަވަށުގެ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ވައިރަސްގެ އަލާމާތްތައް ފެނިގެން އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށާއި، އޭނާ ވައިރަސްއަށް ޕޮޒިޓިވްވީ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ލަފާކުރަނީ، އެމީހާއަށް ކޮވިޑް-19 ޖެހުނީ ހޮސްޕިޓަކުގައި ހޭދަކުރި މުއްދަތުގައި ކަމަށެވެ.
ޖަޕާނުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 6 މީހުން ވަނީ މަރުވެފައެވެ.
ފާއިތުވެދިޔަ 9 ދުވަހުގެ ތެރޭގައި ދުނިޔޭގެ 33 ޤައުމަކުން ކޮވިޑް-19 ފެނިފައިވޭ: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ
ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް 33 ޤައުމަކުން އަލަށް ކޮވިޑް-19 ފެނިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
އެ ޤައުމުތަކަކީ :
ކޮވިޑް-19: ކުވޭއިތުގައި އިތުރު 02 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ކުވެިއިތުގެ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމިނިސްޓްރީގެ އިސް މަސްއޫލުވެރިން ވިދާޅުވެފައިވަނީ ފާއިތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އައި އެ ހުރިހައި މީހުންގެ ޙާލުވެސް ރަނަގޅުކަމަށާއި، އެ އެންމެންނަށް ސަރުކާރުގެ ބެލުމުގެ ދަށުން ފަރުވާދެމުންދާކަމަށް މަސްއޫލުވެރިން ވިދާޅުވިއެވެ.
ކުވޭތުން ކޮވިޑް-19 ފެނުނީ މިދިޔަ ހޯމަދުވަހުއެވެ. މިހާތަނަށް އައިއިރު 46 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19: ޔޫރަޕުގެ އިތުރު 4 ޤައުމަކުން ވައިރަސް ފެނިއްޖެ
ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔޫރަޕުގެ އިތުރު ހަތަރު ޤައުމަކުން މިއަދު މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.
ސްވިޑަން:ސްވިޑަންގެ 4 ޞަރަޙައްދަކުން ވައިރަސް ފެނިފައިވާއިރު 12 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.
ޖަރުމަން ވިލާތް:ޖަރުމަން ވިލާތުގެ 6 ސްޓޭޓަކުން ވައިރަސް ފެނިފައިވާއިރު 66 މީހުން މިހާނަތަށް ވަނީ ޕޮޒިޓިވްވެފައެވެ.
ނޯވޭ:15 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް، އެޤައުމުގެ ނޯވޭޖިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ވަނީ ހާމަކޮށްފައެވެ.
ކްރޮއޭޝިޔާ:ކްރޮއޭޝިޔާއިން 6 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް އެޤައުމުގެ ނެޝަނަލް ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ވަނީ ހާމަކޮށްފައެވެ.
ޔޫރަަޕްގެ އެހެން ޤައުމުތަކުގެ ތެރެއިން މީގެކުރިން ވައިރަސް ފެނިފައިވަނީ ލަގްޒެމްބާރގް، ރުމޭނިއާއ، ގްރީސް އަދި އިޓަލީންނެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިޓަލީންނެވެ. އިޓަލީން 1،128 މީހުންނަށް ވައިރަސް ޖެހި، 17 މީހުން ވަނި މަރުވެފައެވެ.
ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 376 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ދެކުނު ކޮރެއާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މަޢުލޫމާތުދޭ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިތުރު 376 މީހުން ވަނީ އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ގިނަ މީހުންނަކީ، ގިޔޯންގް-ބަކް ޕްރޮވިންސްގެ ޑައެގޫ ސިޓީގެ މީހުންކަމަށް އެ ސެންޓަރުން ބުނެެއެވެ. ފާއިތުވި 24 ގަޑިއިރުގައި ކޮވިޑް-19 ގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މިހާތަނަށް އައިއިރު، ދެކުނު ކޮރެއާއިން 3،526 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް-19: އެމެރިކަން އެއަރލައިންސުން މިލާނަށް ދަތުރުކުރުން މެދު ކަނޑާލައިފި
މިކަމާއި ގުޅޭގޮތުން އެމެރިކަން އެއަރަލައިންސުން ޢާއްމުުރި ބަޔާނެއްގައި ބުނެފައިވަނީ އިޓަލީ ވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީއާއި، ޑިމާންޑް ދަށްވުމުގެ ސަބަބުން އެ އެއަރަލައިނުން އެޤައުމުގެ މިލާނަށް ކުރަމުން އައި ތާވަލު ދަތުުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން، އެޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، ނިއުޔޯކް-މިލާން އަދި ނިއުޔޯކް-މަޔާމީ ތާވަލު ދަތުރު ހުއްޓާލާކަމަށެވެ.
ކޮވިޑް-19: ތައިލޭންޑުން މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ތައިލޭންޑުން ފުރަތަމަ ފަހަރަށް މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.
ތައިލޭންޑުގެ ޑިޕާރޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް ސުވާން ޝާއީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޑެންގޫ ހުން ޖެހިގެން ކަމަށާއި، ފަހުން ހެދި ތަހުލީލުތަކުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސުވާން ޝާއީ ވިދާޅުވެފައިވެއެވެ.
ކޮވިޑް-19: އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ އެއްގަމު ޞަރަހައްދީ އިން ބަންދުކުރަން ޕާކިސްތާނުން ނިންމައިފި
އަފްޣާނިސްތާނުން ކޮވިޑް-19 ފެނުމާއި ގުޅިގެން، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ޞަރަޙައްދީ އިން ބަންދު ކުރަން ޕާކިސްތާނުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދެޤައުމުގެ ގުޅޭ އެއްގަމު ޞަރަޙައްދީ އިން "ޗަމަން ބޯޑަރ" މާދަމާއިން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށާޢި، ޞަރަޙައްދީ އިން ހުރަސްކޮށް އެއްވެސް ބޭނުމެއްގައި ދެޤައުމުގެ ރައްޔިތުންނަށް، ސަރުކާރުން ވަކި ގޮތެއް އަންގަންދެން ހުރަސް ނުކުރެވޭނެކަމަށެވެ. ބަޔާނުގައި ވާގޮތުން "ޗަމަން ބޯޑަރ" ބަންދުކުރީ ހަތް ދުވަހުގެ މުއްދަތަކަށެވެ. މިފަދަ ފިޔަވަޅެއް އެޅީ "ޗަމަން ބޯޑަރ" ހުރަސްކޮށް މީހުން ޕާކިސްތާނަށް އެތެރެވާނަމަ، ޕާކިސްތާނުގެ ރައްޔިތުން ކޮވިޑް-19 އަށް ހުށަހެޅިގެންދާނެތީކަމަށް ބަޔާނުގައި ވެއެވެ. އަދި މި ފިޔަވަޅަކީ ދެޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޕާކިސްތާނު ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިހާތަނަށް އައިއިއު އަފްޣާނިސްތާނުން އެކަކު، އަދި ޕާކިސްތާނުން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް-19: ރާއްޖެގައި މި ވައިރަސްޖެހިފައިވާ އެއްވެސް މީހަކު ނެތްކަމުގެ ޔަޤީންކަން ދެން: ހެލްތު މިނިސްޓްރީ
ރާއްޖޭގައި ކޮވިޑް-19 ގެ ޙާލަތު ހާމަކުރެއްވުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ އަދި ޝައްކުކުރެވޭ މީހަކުވެސް މިހާރު ނެތްކަމަށެވެ. އަދި މި ވައިރަސް އިން ރައްކާތެރިވުުމުގެ ގޮތުން، ކުރިޔަށްގެންދާ ސަރވައިލެންސް ޕްރޮގުރާމުގެ ވަރުގަދަ ކުރުމުގެ ގޮތުން އިއްޔެ، ދިވެއްސަކު އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ޓެސްޓު ކުރިކަމަށާއި، އެމީހާވެސް ވައިރަސްއަށް ނެގެޓިވް ކަމަށެވެ.
އިއްޔެ ޓެސްޓު ހަދާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކިޓުގެ އެހީގައެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅޭ އެންމެހައި މަޢުލޫމާތު ހާމަކަން ބޮޑުގޮތެއްގައި ޢާންމު ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެކަމަށެވެ.

ކޮވިޑް-19: އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އަވަހާރަވެއްޖެ
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު، މުޙައްމަދު ޢަލީ ރަމަޒާނީ ދަސްތަކް އަވަހާރަވީ އަރިދަސްފުސް ރޯގާގެ އާލާސްކަންފުޅަކަށް، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އެހެންނަމަވެސް، އީރާނުގެ އެހެން މީޑިއާތަކާއި، ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ދަސްތަކް އަވަހާރަވީ، ކޮވިޑް-19 ޖެހިގެން، އެއަށް ފަރުވާކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.
އީރާނުގެ ޞިއްހަތާއި ބެހޭ ވަޒީރުގެ ނައިބާއި، މަޖިލީހުންގެ މެންބަރުންނާއި، އަދި ސިޓީތަކުގެ ކައުންސިލް މެންބަރުންތަކަކައްވެސް، ކޮވިޑް-19 ޖެހިފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.
ވެރިރަށް ތެހެރާންގެ ސިޓީކައުންސިލެއްގެ މޭޔަރަކަށް ކޮވިޑް-19 ޖެހިފައިވާ އީރާނުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.
އީރާނުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި، 205 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގ ޖުމުލަ ޢަދަދު މިހާރު ވަނީ 593 އަށް އަރާފައެވެ. އަދި 43 މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް-19: މެލޭޝިޔާއަށް ދަތުރުކުރުކުރި އިންޑިއާ މީހަކު މަރުވެއްޖެ
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، މެލޭޝިޔާއަށް ދަތުރުކުރުމަށް ފަހު، އެނބުރި ޤައުމަށް އައި އިންޑިއާގެ ކެރެލާ ސްޓޭޓުގެ ފިރިހެނަކު މަރުވެއްޖެއެވެ.
އަރުނާކުލަމްގެ ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވިނަމަވެސް، އޭނާގެ ލޭގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެންނަމަވެސް، މެލޭޝިޔާއިން އެނބުރި އައިރު އޭނާގެ ގައިން ކޮވިޑް-19 ގެ ވަރަށް ގިނަ އަލާމާތްތައް ހުރި ކަމަށް ކެރަލާ ސްޓޭޓުގެ ޞިއްޙީ އޮފިޝަލުން ބުނެއެވެ. އޭނާ މަރުވި ފަހުންވެސް ލޭގެ ސާމްޕަލްއެއް ނެގުމަށް ފަހު ޓެސްޓް ހަދަން ޕޫނާގައި ހުންނަ ނެޝަނަލް ވައިރޯލޮޖީ ސެންޓަރަށް ފޮނުވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މީގެ ކުރިން އިންޑިއާއިން 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. ތިން މީހުންވެސް ނިޞްބަތްވަނީ ކެރެލާ ސްޓޭޓަށެވެ. އެމީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.
ޗައިނާއިން އައި ގިނަ ބަޔަކު ކެރެލާ ސްޓޭޓުގައި ކަރަންޓީންކޮށް ފަރުވާ ދީފައިވެއެވެ.
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އޮސްޓްރޭލިއާ އިން މަރުވެއްޖެ
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އޮސްޓްރޭލިއާ އިން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.
އެގައުމުން ބުނީ މަރުވެފައިވަނީ 78 އަހަރުގެ މީހެއްކަމަށާއި އަދި މިއީ ޑައިމަންޑް ޕްރިންސެސް އިން އައި މީހެއްކަމަށެވެ. މިހާތަނަށް އާއިރު އެގައުމުން 25 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ.
ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2,976 ށް
ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2,976 ށް އަރައިފި އެވެ.
ޗައިނާއިން މިވައިރަސް ޖެހިގެން މަރުވެފައިވަނީ 2,870 މީހުންނެވެ. ޗައިނާ އިން ބޭރު ގައުމުތަކުން މިވައިރަސް ޖެހިގެން 106 މީހުން މަރުވެފައިވެ އެވެ.
މިހާތަނަށް ޗައިނާއިން މިވައިރަސް 79,824 މީހުންނަށް ޖެހިފައިވެ އެވެ. ޗައިނާ ނޫން ގައުމުތަކުން 6,676 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މުޅި ޖުމްލަ ވައިރަސް ޖެހުނު މީހުންގެ އަދަދު އަރަނީ 86,500 އަށެވެ.
މިހާތަނަށް އާއިރު ވައިރަސް ޖެހުނު 41,625 މީހުން ރަނގަޅުވެގެން ދޫކޮށްލާފައިވާކަމަށް ޗައިނާއިން ބުނެއެވެ.
ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު 2,870 ށް
ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު 2870 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ހޮނިހިރު ދުވަހު އެގައުމުން މިވައިރަސް ޖެހިގެން 35 މީހުން ވަނީ މަރުވެފަ އެވެ.
އަދި 573 މީހަކަށް އިއްޔެ އަލަށް ވަނީ މިވައިރަސް ޖެހިފަ އެވެ.
ހޮންގ ކޮންގ ގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95 ށް އަރައިފި
ހޮންގ ކޮންގ ގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.
މިހާތަނަށް އާއިރު އެގައުމުން ދެ މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. 60 މީހުންނަށް މިހާރުވެސް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު 33 މީހަކު ވަނީ އެގައުމުގައި ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހާ ބްރެޒިލް އިން ފެނިއްޖެ
ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހާ ބްރެޒިލްއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އެގައުމުން ބުނީ މިއީ އިޓަލީއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އަޔަރލެންޑުން ފެނިއްޖެ
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އަޔަރލެންޑުން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.
މިމީހާއަކީ އިޓަލީއަށް ދަތުރުކޮށްފައިވާ މީހެއްކަމަށް އެގައުމުން ބުނެއެވެ.
ފްރާންސްގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 100 ށް ވުރެ މައްޗަށް އަރައިފި
ފްރާންސްގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 100 ށް ވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އާއިރު އެގައުމުން ދެ މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި 86 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު 12 މީހުން ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.
އެމެރިކާގައި ކޮރޯނާވައިރަސްގެ ފުރަތަމަ މަރާއެކު ވޮޝިންޓަންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި
އެމެރިކާގެ ވޮޝިންޓަންގައި ކޮރޯނާ ވައިރަސް ޖެހިގެން 50 އަހަރުގެ ފިރިހެނަކު މަރުވުމާއި ގުޅިގެން އެ ސިޓީގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފިއެވެ.
ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރެއްވިކަން ހާމަކުރެއްވީ ވޮޝިންޓަންގެ ގަވަރުނަރެވެ. އަދި މިއީ ކޮރޯނާގެ އާ ކޭސްތަކެއް ފެންނަމުންދާތީ އެޅި ފިޔަވަޅެއްކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މީހުން މަރުވެފައިވާ ގައުމުތަކާއި އަދަދުތައް:
ޗައިނާ : 2835 މީހުން
އިރާން: 43 މީހުން
އިޓަލީ: 29 މީހުން
ސައުތު ކޮރެއާ: 17 މީހުން
ޖަޕާނު: 5 މީހުން
ފްރާންސް: 2 މީހުން
ހޮންގ ކޮންގ: 2 މީހުން
އެމެރިކާ: 1
ޓައިވާން : 1
ފިލިޕީންސް : 1
އިރާގުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 13 އަށް އަރައިފި
އިރާގުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 13 އަށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.
އަލަށް މިވައިރަސް މިއަދު 5 މީހަކަށް ޖެހިފައިވާކަމަށް އެގައުމުން ބުނެއެވެ. މިމީހުން މިހާރު ތިބީ ކަރަންޓީނު ކޮށްފައިކަމަށް އެގައުމުން ބުނެއެވެ.
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އެމެރިކާގައި މަރުވެއްޖެ
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އެމެރިކާގައި މަރުވެއްޖެ އެވެ.
މިމީހާ މަރުވީ ވޮޝިންގޓަންގައި ކަމަށް އެމެރިކާއިން ބުނެއެވެ. އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެމެރިކާއިން ހާމައެއް ނުކުރެ އެވެ.
ސްޕެއިން އިން ކޮރޯނާގެ ޖެހިގެން އިތުރު ދެ މީހަކު ފެނިފައިވާކަމަށް ރިޕޯޓުކޮށްފި
ސްޕެއިން އިން ކޮރޯނާވައިރަސް ޖެހިގެން އިތުރު ދެ ކޭސްއެއް ރިޕޯޓުކޮށްފިއެވެ.
ކެޓަލޯނިއާގެ ހެލްތު ޑިޕަރޓްމެންޓާއި ހަވާލާދީ ހޮނިހިރު ދަވަހު އިތުރު ދެ މީހެއް އެ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިހާރު ސްޕެއިން އިން ޖުމްލަ ކޮރޯނާގެ 43 ކޭހެއް ރިޕޯޓުކޮށްފައިވާއިރު މިވަގުތު 41 މީހުން ތިބީ ކަރަންޓީނުކުރެވިފައެވެ. އަދި ދެ މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ.
ޔޫރަޕުގައި ކޮރޯނާ ފެތުރިފައިވާ މިންވަރަށް ބަލާލާއިރު އެންމެ ގިނަ އަދަދަކަށް ކޮރޯނާ އަށް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އެގޮތުން އިޓަލީއިން މިހާތަނަށް 821 ކޭހެއް ރިޕޯޓުކުރެވިފައިވާއިރު 2 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
އިޓަލީގެ އިތުރުން ޖަރމަނީ، ފްރާންސް، ޔުނައިޓެޑް ކިންގްޑަމް، ސްވިޓްޒަރލޭންޑް، ގްރީސް، އޮސްޓިރާ، ފިންލޭންޑް ބެލްޖިއަމް، ސްވީޑެން، ކްރޮއޭޝިއާ، ނޯރވޭ، ރޯމޭނިއާ، ނޯރތު މެސެޑޯނިއާ، ޖޯރޖާ، ޑެންމަރކް އެސްޓޯނިއާ، ނެދަރލޭންޑްސް، ބެލަރުސް، ލިތުއޭނިއާ އަދި މޮނަކޯއިން ކޮރޯނާގެ ކޭސްތައް ވަނީ ފެނިފައެވެ.
ސްޕެއިން އިން ކޮރޯނާގެ ޖެހިގެން އިތުރު ދެ މީހަކު ފެނިފައިވާކަމަށް ރިޕޯޓުކޮށްފި
ސްޕެއިން އިން ކޮރޯނާވައިރަސް ޖެހިގެން އިތުރު ދެ ކޭސްއެއް ރިޕޯޓުކޮށްފިއެވެ.
ކެޓަލޯނިއާގެ ހެލްތު ޑިޕަރޓްމެންޓާއި ހަވާލާދީ ހޮނިހިރު ދަވަހު އިތުރު ދެ މީހެއް އެ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިހާރު ސްޕެއިން އިން ޖުމްލަ ކޮރޯނާގެ 43 ކޭހެއް ރިޕޯޓުކޮށްފައިވާއިރު މިވަގުތު 41 މީހުން ތިބީ ކަރަންޓީނުކުރެވިފައެވެ. އަދި ދެ މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައިވެއެވެ.
ޔޫރަޕުގައި ކޮރޯނާ ފެތުރިފައިވާ މިންވަރަށް ބަލާލާއިރު އެންމެ ގިނަ އަދަދަކަށް ކޮރޯނާ އަށް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އެގޮތުން އިޓަލީއިން މިހާތަނަށް 821 ކޭހެއް ރިޕޯޓުކުރެވިފައިވާއިރު 2 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.
އިޓަލީގެ އިތުރުން ޖަރމަނީ، ފްރާންސް، ޔުނައިޓެޑް ކިންގްޑަމް، ސްވިޓްޒަރލޭންޑް، ގްރީސް، އޮސްޓިރާ، ފިންލޭންޑް ބެލްޖިއަމް، ސްވީޑެން، ކްރޮއޭޝިއާ، ނޯރވޭ، ރޯމޭނިއާ، ނޯރތު މެސެޑޯނިއާ، ޖޯރޖާ، ޑެންމަރކް އެސްޓޯނިއާ، ނެދަރލޭންޑްސް، ބެލަރުސް، ލިތުއޭނިއާ އަދި މޮނަކޯއިން ކޮރޯނާގެ ކޭސްތައް ވަނީ ފެނިފައެވެ.
މިނިސްޓަރުންނާއި ޑިޕްލޮމޭޓުން ދަތުރުތައް މަޑުޖައްސާލަން އދ އިން ގޮވާލައިފި
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުތާރޭޝް މެންބަރު ޤައުމުތަކައް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އަންނަ މަހު ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރުންނާއި ޑިޕްލޮމޭޓުން ދަތުރުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެކަމުން ރައްކާތެރި ވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ދަތުރކުރުމަކީ، ވައިރަސްއަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުކަމެއްގެ ގޮތުގައި އެންތޯނިއޯގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މާރޗު މަހުގެ 9 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން 7،000 މަންދޫބުން ހިމެނެއެވެ. މީގެތެރޭގައި މެންބަރު ޤައުމުތަކުގެ މިނިސްޓަރުންނާއި އިސް މަސްއޫލުވެރިންގެ ވަފްދުތައް ހިމެނެއެވެ. އެންތޯނިއޯ ދަތުރުނުކުރަން އިލްތިމާސްކުރެއްވި ނަމަވެސް ބައްދަލުވުން ކެންސަލް ކުރިކަން ސިޓީގައި ބަޔާންކުރައްވާފައެއް ނުވެއެވެ.
އދ އިން މިހާރުވަނީ ކޮވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ހަވާސާ ބައްދަލުވުންތައް ކެންސަލްކޮށްފައެވެ.
މެކްސިކޯ އިން ކޮރޯނާ ވައިރަސްގެ ތިން ވަނަ ކޭސް ރިޕޯޓުކޮށްފި
މެކްސިކޯ އިން ކޮރޯނާ ވައިރަސް ޖެހިފައިވާ ތިން ވަނަ މީހެއް ފެނިފައިވާ ކަމަށް އެ ގައުމުން އިއުލާނުކޮށްފިއެވެ.
މީގެ ކުރިން އެގައުމުން ކޮރޯނާ އަށް ޕޮސިޓިވް ދެ މީހަކު ފެނިފައިވާއިރު އިތުރު މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށް މެކްސިކޯގެ ސިއްހަތާއި ބެހޭ ވިޒާރާއާއި ހަވާލާދީ ޚަބަރުތަކުގައިވެއެވެ.
އެގޮތުން އެމީހާ ނިސްބަތްވަނީ މެކްސިކޯގެ ސިނައޯލާ ސްޓޭޓުގެ ކުލިއާކަން ސިޓީއަށެވެ. ކުރިން މި ބަލިފެނިިފައިވަނީ މެކްސިކޯ ސިޓީންނެވެ.
ލެޓިން އެމެރިކާގައި ކޮރޯނާ ފެތުރިފައިވާ މިންވަރަށް ބަލާއިރު ބްރެޒިންގެ ސިއްހަތާއި ބެހޭ ވަޒީރު ވަނީ އެގައުމުން ކޮރޯނާއަށް ޕޮސިޓިވް ކޭސްއެއް ފެނިފައިވާކަން ކަޑަވަރުކޮށްދީފައެވެ. އެގޮތުން އެ މީހާއަކީ އިޓަލީއިން ބްރެޒިލްގެ ސައޮ ޕޯލޯ އަށް އައި 61 އަހަރުގެ ފިރިހެނެކެވެ.
ކޮވިޑް-19: ޓައިވާން އިން އިތުރު 5 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
ޓައިވާނުގެ ސެންޓްރަލް އެޕިޑެމިކް ކޮމާންޑް ސެންޓަރުން ހާމަކުރާ ގޮތުގައި މިއަދު އަލަށް 5 މީހުން ކޮވިޑް
-19 އަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 4 މީހުންނަކީ މި ވައިރަސް ޖެހިފައިވާ މީހުންނާއި ކުރިން ދިމާވެފައިވާ މީހުން ކަމަށެވެ. އަނެއް މީހާއަަކީ މިޞްރަށާއި، ދުބާއީއަށް ގޮސް އެނބުރި ޤައުމަށް އައި އުމުރުން 60 އަހަރުގެ އަންހެނެއް ކަމަށެވެ.
ޓައިވާނުން މިހާތަނަށް 39 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 :ކުވޭތުގެ ރައްޔިތުން އެހެން ޤައުމުތަކައް ދަތުރުނުކުރަން އަންގައިފި
ކުވޭތުގެ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީ އޮފިޝަލުން ބުނެފައިވަނީ، މި ދަނޑިވަޅުގައި ބައިނަލްއަޤުވާމީ އެއްވެސް ޤައުމަކަށް ދަތުރު ނުކުރަން އިލްތިމާސްކުރާކަމަށެވެ.
ދުނިޔޭގެ 45 ޤައުމަކުން މިހާރު ކޮވިޑް-19 ފެނިފައިވާއިރު، މި ދަނޑިވަޅުގައި އެހެން ޤައުމުތަކަށް ދަތުރުކުރުމަކީ އެހާ ރައްކާތެރިކަމެއް ނޫންކަން ބަޔާންކޮށް، ދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވެދިޔަ 24 ގަޑިއިރު ކުވޭތުން އެއްވެސް މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ކުވޭތުގައި 45 މީހުންނަށް މިވައިރަސް ޖެހުނުކަން ވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް އެއްވެސް މީހަކު އަދި މި ވައިރަސްގައި މަރުވެފައެއް ނުވެއެވެ.
ކޮވިޑް-19: ސައުދީ ރައްޔިތުން، ލުބްނާނަށް ދަތުރުކުރުން މަނާކޮށްފި
ސައުދީ ޢަރަބިއްޔާގެ ރައްޔިތުން ލުބްނާނަށް ދަތުރުނުކުރަން އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ. މިކަން އަންގާ ލުބްނާނުގައި ހުންނަ ސައުދީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ލުބްނާނުގައި މިހާރު ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ލުބްނާނަށް މިވަގުތު ދަތުރުކުރަން އެހާ ރައްކާތެރިއެއް ނޫންކަމަށެވެ. އަދި ލުބްނާނަށް ކުރަން ރާވާފައިވާ ދަތުރުތައް ފަސްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ލުބްނާނުން މިހާތަނަށް އައިއިރު 4 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެޤައުމުން ވަނީ ސްކޫލްތައް މާރޗް 8 ގެ ނިޔަލަށް ބަންދުކޮށްފައެވެ.
ކޮވިޑް-19: ސައުދީ ރައްޔިތުން، ލުބްނާނަށް ދަތުރުކުރުން މަނާކޮށްފި
ސައުދީ ޢަރަބިއްޔާގެ ރައްޔިތުން ލުބްނާނަށް ދަތުރުނުކުރަން އެޤައުމުގެ ސަރުކާރުން އަންގައިފިއެވެ. މިކަން އަންގާ ލުބްނާނުގައި ހުންނަ ސައުދީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ލުބްނާނުގައި މިހާރު ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ލުބްނާނަށް މިވަގުތު ދަތުރުކުރަން އެހާ ރައްކާތެރިއެއް ނޫންކަމަށެވެ. އަދި ލުބްނާނަށް ކުރަން ރާވާފައިވާ ދަތުރުތައް ފަސްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ލުބްނާނުން މިހާތަނަށް އައިއިރު 4 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެޤައުމުން ވަނީ ސްކޫލްތައް މާރޗް 8 ގެ ނިޔަލަށް ބަންދުކޮށްފައެވެ.
ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އިރާނުން 9 މަރު
އިރާނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 205 މީހުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވައިރަސްއަށް ފަރުވާ ހޯދަމުން ދިޔަ 9 މީހަކު ވަނީ މަރުވެފައެވެ.
މިހާރު އީރާނުގައި މި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ ޢަދަދަކީ 593 އެވެ. އަދި މަރުވި މީހުންގެ ޖުމުލަ ޢަދަދަކީ، 43 އެވެ.
ކޮވިޑް-19: ދެކުނު ކޮރެއާއިން މިއަދު އެކަނިވެސް 17 މަރު
އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން، ދެކުނު ކޮރެއާއިން މިއަދު އެކަނިވެސް ކޮވިޑް-19 ޖެހިގެން 17 މީހުން މަރުވިއެވެ. އެޤައުމުގެ ހެލްތު މިނިސްޓްރީން މިއަދު ޢާންމުކުރި މަޢުލާމާތުތަކައް ބަލާއިރު، ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު 17 މީހުން އަދި އިއްޔެ 47 މީހުން ވަނީ މަރުވެފައެވެ.
މިއަދު އެކަނި 811 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެޤައުމުގައި މިހާރު ޖުމުލަ 3،150 މީހުންނަށް މިހާރު މި ވައިރަސް ޖެހުނުކަން ވަނީ ކަށަވަރުވެފައެވެ.
ޤަތަރުންވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ޤަތަރުން މިއަދު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެޤައުމުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވެފައިވަނީ އިރާނަށް ގޮސް އެނބުރި އައި އެޤައުމުގެ 36 އަހަރުގެ ފިރިހެނެކެވެ.
ޤަތަރުން ކޮވިޑް- 19 ފެނުމާއެކު، މި ވައިރަސް ފެނުނު ޤަލްފުގެ ޤައުމުތަކުގެ އަދަދު ވަނީ 5 އަށް އަރާފައެވެ.
މޮންގޯލިއާގެ ރައީސާއި، އިސް މަސްއޫލުވެރިންތަކެއް ކަރަންޓީންކޮށްފި
މޮންގޯލިއާގެ ރައީސާއި އެމަނިކުފާނާއެކު ޗައިނާއަށް ދަތުރުކުރި ވަފުދު 14 ދުވަހުގެ މުއްދަތަކައް ކަރަންޓީންކޮށްފިއެވެ. ރައީސް ބައްޓުލްގާ ޚާލްތުމާ އާއި އިސްމަސްއޫލުވެރިންތަކެއް ކަރަންޓީން ކުރީ، މިހާރު އެޤައުމުގައި ޢަމަލުކުރަމުންދާ ޚާއްޞަ ޕްރޮޓޮކޯލްގެ ދަށުންނެވެ. އޭގެ ދަށުން ޗައިނާއަށް ދަތުރުކޮށް އެބުރި ޤައުމަށް އަންނަ ކޮންމެ މީހަކު ކޮވިޑް -19 އަށް ޕޮޒިޓިވް ނުވިޔަސް 14 ދުވަސް ވަންދެން ކަރަންޓީންކުރަން ޖެހެއެވެ. މޮންގޯލިއާގެ ރައީސާއި، ޚާރިޖީ ވަޒީރާއި، ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ވަފްދު ޗައިނާއިން އެނބުރި އައީ މިދިޔަ ބުރާސްފަތިދުވަހުއެވެ.
ދެކުނު ކޮރެއާގައި ހުންނަ ހިޔުންޑާއީ ކާރުޚާނާ ބަންދުކޮށްްފި
މިކަމާއިގުޅޭ ގޮތުން ހިޔުންޑާއީ މޮޓޯރ ކޮމްޕެނީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ، ދެކުނު ކޮރެއާގެ އުލްސާން ޤާއިމުކޮށްފައިވާ ކާރުޚާނާގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާ ކާރުޚާނާ ބަންދުކުރަން މިއަދުން ފެށިގެން ނިންމާފައިވާކަމަށެވެ. މިގޮތައް ނިންމީ، އެ ކާރުޚާނާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެތާނގެ އެހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި، ހިޔުންޑާއީ މޮޓޯރ ކޮމްޕެނީން ބުނެއެވެ. މީގެކުރިން އެކުންފުނިން ވަނީ ޗައިނާއައި ހޮންގކޮނގގައި ހުރި ބައެއް ކާރުޚާނާތައްވެސް ބަންދުކޮށްފައެވެ.
މިކަމާއި ގުޅިގެން ހިޔުންޑާއީ މޮޓޯރ ކޮމްޕެނީއަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.
ނިއުޒީލެންޑުންވެސް ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ
ނިއުޒީލެންޑުގެ ޞިއްޙީ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި، އިއްޔެ އެޤައުމުގައި ނޮވެލް ކޮރޯނާވައިރަސްއަށް އިއްޔެ ޕޮޒިޓިވްވީ އަމިއްލަ ބޭނުމެއްގައި އިރާނަށް ގޮސް، އެނބުރި ޤައުމަށް އައި ނިއުޒީލެންޑުގެ ރައްޔިތެކެވެ. އުމުރުން 60 އަހަރުގެ މިމީހާއާއި، އޭނާގެ ޢާއިލާ ކަރަންޓީންކޮށްފައިވާ ކަމަށް އފިޝަލުން ބުނެއެވެ. އަދި އޭނާ ދަތުރު ކުރި އެމިރޭޓްސްގެ ފްލައިޓުން ނިއުޒީލެންޑަށް އައި މީހުން ޓްރެކް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ފްލައިޓުން ދަތުރުކުރި އެންމެން ނިއުޒީލެންޑުގެ ޞިއްޙަތާއި ބެހޭ އިދާރާއަށް ރިޕޯޓުކުރުކަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ، ނިއުޒީލެންޑުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.
ނިއުޒީލެންޑުގެ ސަރުކާރުން ވަނީ، ޢާންމުން މިދަނޑިވަޅުގައި ކަންބޮޑު ނުވުމަށް ގޮވާލާފައެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމެއް އަތުވެއްޖެނަމަ، އެކަމަށް ފުރިހަމަޔަށް ތައްޔާރުވެފައިވާކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.
ނައިޖީރިއާއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިއްޖެ
ނައިޖީރިއާގެ އެންމެ ބޮޑު ސިޓީކަމަށްވާ ލާގޯސް ސިޓިގ ހެލްތު ކޮމިޝަނަރއާއި އަކިން އެބެޔޯމީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ކޮވިޑް019 އަށް އިއްޔެ ޕޮޒިޓިވްވެފައިވަނީ، އެޤައުމަށް ދިޔަ އިޓަލީގެ ފަތުރުވެރިއެކެވެ. އޭނާގެ ޙާލަތު އެހާ ސީރިއަސް ނޫންކަމަށާއި، އެކަހެރިކޮށްގެން ފަރުވާ ދެމުންދާކަމަށް ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.
ލާގޯސްގެ ކަމާއިބެހޭ މަސްއޫލުވެރިން މިހާރުކުރަމުންދާ މަސައްކަތަކީ ކޮވިޑް-19 ޖެހުނު އިޓަލީ މީހާއާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތެވެ. މިއީ، ނައިޖީރިއާއިން ކޮވިޑް-19 ފެނުނު ފުރަތަމަ ފަހަރެވެ. އެފްރިކާ ބައްރުގެ ނައިޖީރިއާގެ ލާގޯސް ސިޓީއަކީ ދެކުނު އެފްރިކާގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ލާގޯސްގެ އާބާދީއަކީ 20 މިލިއަނެވެ.
އޮސްޓްރޭލިޔާގައި އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އޮސްޓްރޭލިޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއަދު އެކަނިވެސް އެޤައުމުގައި ކޮވިޑް-19 އަށް 2 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 25 އަށް އަރާފައެވެ.
އެމެރިކާގައި ބާއްވަން އޮތް އާސިއާން ސަމިޓް ފަސްކޮށްފި
އެމެރިކާގައި ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެމުންދާތީ އެޤައުމުގައި ބާއްވަން ކުރިން ތާވަލުކޮށްފައި އޮތް އާސިއާން ސަމިޓް ކެންސަލްކޮށްފިއެވެ. އަންނަ މަހުގެ މާރޗުމަހުގެ 14 ވަނަ ދުވަހު، އެމެރިކާގެ ނިއުޔޯކުގައި ބާއްވަން ނިންމާފައި އޮތް އިރުމަތީ އޭޝިޔާގެ މެންބަރު ޤައުމުތަކުގެ ބައްދަލުވުން ފަސްކުރިކަން އިޢުލާންކުރިނަމަވެސް، އަލުން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި، އެމެރިކާގެ ކެލިފޯނިއާއިން ދެމީހަކު ވަނީ ޕޮޒިޓިވްވެފައެވެ.