ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 03:19
 މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އެރުވުން
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އެރުވުން
މިނިސްޓްރީ އޮފް ޑިފެންސް
ޑިފެންސް މިނިސްޓްރީ
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
 
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ނިޝާން އަސްކަރިއްޔާގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފިއެވެ.

ދިވެހި އަސްކަރިއްޔާގެ ތައުލީމާޢި ތަމްރީނުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތް ފާހަގަކުރުމުގެ ގޮތުން، މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީ އަރުވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުމުގެ ގެ ރަސްމިއްޔާތުގައެވެ.

މި އޮނަރަރީ މާސްޓަރސް ޑިގްރީ މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި، ގިނަ ޢަދަދެއްގެ ސިފައިނާއި ދަސްވެނިންގެ ޢާއިލާތަކުގެ ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
0%
25%
25%
ކޮމެންޓް
7 ނޮވެންބަރ 2017 | އަންގާރަ 15:26
އުފާވެއްޖެދެރަވެސްވޭ
މީ ރަނގަޅު ފެށުމެއް ކަމަށް ހީކުރަން. އެކަމާ އުފާވޭ. އަޅެ އެހެން ދާއިރާތަކުންވެސް އެދާއިރާތަކުން މީހުން ބިނާކުރަން ރަނގަޅު ގޮތްގޮތަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް މިކަހަލަ ފާހަގަކުރުމުގެ ސަނަދުތައް ދޭނެ ނަމައޭ...އެކަމަކު ނުދޭތާނގައި ޚިދުމަތުގެ ހަނދާންވެސް ނުހުރެޔޭ ބުނެލަންޖެހޭތީ ވަނީ ދެރައެވެ.
6 ނޮވެންބަރ 2017 | ހޯމަ 12:34
ޙަލީމު
This is really important ! We need to value and appreciate the hard work n effort of others, specially in such organizations. Great example by MNDF.