2017 ވަނަ އަހަރުގެ އެންމެ ފާހަގަކޮށްލެވުނު ފޮޓޯތައް
2017 ވަނަ އަހަރުގައި ނޫސްވެރި ކަމުގެތެރެއިން، ބައިނަލްއަގްވާމީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވުނު ފޮޓޯތައް

ޖެނުއަރީ 10، 2017: އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝެލް، ރައީސްކަމުގެ އެންމެ ފަހު ސްޕީޗް އަށްފަހު ސްޓޭޖް ދޫކޮށް ފައިބާވަޑައިގަންނަވަނީ

ޖެނުއަރީ 20، 2017: އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވަނީ

ފެބްރުއަރީ 1، 2017: ފަލަސްތީނުގެ ސަރަހައްދެއްގައި މުޒާހަރާ ކުރަމުންގެންދިޔަ މީހަކު، އިޒްރޭލުގެ ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ

ފެބްރުއަރީ 5، 2017: ރޮމޭނިއާގައި ކުރި މުޒާހަރާއެއްގައި، މުޒާހަރާގެ ބައިވެރިން ފޯނުގެ ޓޯޗު ދިއްލައިގެން މުޒާހަރާގައި އިޙްތިޖާޖް ކުރަނީ

ޖެނުއަރީ 21، 2017 : އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރައީސް ކަމަށް އިންތިޚާބުވުމާއި ގުޅިގެން މިލިއަނަކަށްވުރެ ގިނަ މީހުން މަގުތަކަށް ނިކުމެ "ވުމެންސް މާޗް" ގައި ބައިވެރިވަނީ

މާޗް 17، 2017: ޕެރޫގައި މޫސުމް ގޯސްވެ ކިސަޑު ފޭބުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ

މާްޗް 22، 2017: ލަންޑަންގައި ދިން ހަމަލާއައްފަހު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު، އަނިޔާވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ޖޫން 14، 2017: ލަންޑަންގެ ގްރެންފެލް ޓަވަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އިމާރާތުން ތަކެތި ފައިބަނީ. މިހާދިސާގައި ގިނަ އަދަދެއްގެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވޭ

ޖޫން 18، 2017: ސީރިއާގެ ވީރާނާވެފައިވާ ސަހަރެއް ކަމަށްވާ ދޫމާގައި ބަޔަކު ރޯދަ ވީއްކަނީ

ޖުލައި 7، 2017: ޖީ20 ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ސަލާމް ކުރައްވަނީ

އޮކްޓޫބަރު 1، 2017: ލާސް ވެގާސްގެ މަންޑަލޭ ބޭ ހޮޓެލްގައި ހުރި މީހަކު ދެމުންދިޔަ ބަޑީގެ ހަމަލާއިން ސަލާމަތްވުމަށް މިއުޒިކް ފެސްޓިވަލަކަށް ހާޒިރުވެތިބި ބަޔަކު މަސައްކަތް ކުރަނީ

ޑިސެމްބަރު 5، 2017: ކެލިފޯނިއާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަލިފާން ނިއްވާ ފަރާތްތަކުން މަސައްކަތް ކުރަނީ