Raajje.mv
ފޮޓޯ ގެލަރީ

ލަންޑަން އަދި ނިއުޔޯކްގައި އެގްޒިބިޓްކުރި "ދަ ލާސްޓް ޕެރަޑައިސް"

"ދަ ލާސްޓް ޕެރަޑައިސް" ފޮޓޯ ސްޓޯރީ ވަނީ އިނގިރޭސި ވިލާތުގެ ލަންޑަން އަދި އެމެރިކާގެ ނިއު ޔޯކްގައި އެގްޒިބިޓްކޮށްފައި

އަޝްވާ ފަހީމް
ރާއްޖެޓީވީގެ ފޮޓޯގްރާފަރ އަޝްވާ ފަހީމްގެ "ދަ ލާސްޓް ޕެރަޑައިސް" ވަނީ މިދިޔަ އޮކްޓޯބަރު މަހު ލަންޑަން އަދި ނިޔޯކްގައި އެގްޒިބިޓްކޮށްފައެވެ.

މި ފޮޓޯ ސީރީސްގައި 10 ފޮޓޯ ހިމެނެއެވެ.

މި ފޮޓޯ ސީރީސްގައި 10 ފޮޓޯ ހިމެނެއެވެ.

ރާއްޖެއަކީ ގުދުރަތީ ގޮތުން ރީތިކަން ލިބިފައިވާ ގައުމަކަށްވާއިރު އޭގެ ރީތިކަން ހިމާޔަތްކޮށް އަދި ދުނިޔެއިން ނަން މަޝްހޫރު ގޮންޑުދޮށްތަކާއި މޫދުތައް މުސްތަގުބަލުގެ ޖީލުތަކަށް ދެމިއޮންނަ ގޮތަށް މިއަދު އެކި ފިޔަވަޅުތައް އެޅުން މުހިންމެވެ.

މި ސީރީސްއަކީ ރާއްޖޭގެ ތިމާވެއްޓަން ލިބެމުންދާ ގެއްލުންތަކާ ގުޅޭ ގޮތުން ތައްޔާރު ކުރެފިއިވާ ފޮޓޯ ސީރީސްއެކެއެވެ.

އަޝްވާ ދެކޭ ގޮތުގައި ތިމާވެށީގެ ގޮތުން ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މޫދަށް ކުނި އެޅުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

ޕީސް ބޯޓުން ފެށި "އޯޝަން އެންޑް ކްލައިމެޓް ޔޫތު އެމްބަސަޑާ" ޕްރޮގްރާމަށް ހޮވިފައިވާ އަޝްވާ ފަހީމް ވަނީ އޮކްޓޯބަރު މަހު 6 ގައުމަކަށް ގޮސް ފޮޓޯގްރަފީ މެދުވެރިކޮއް ރާއްޖޭގެ ތިމާވެށީގެ ހާލަތު ދައްކުވައިދީފައެވެ.

ހދ. މަކުނުދޫ އަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ ހާލަތު މި މަންޒަރުން ވެސް ދަށްކުވައިދެއެވެ.

ފޮޓޯގްރާފަރެއްގެ ގޮތުގައި ރާއްޖޭގެ 40 ރަށަކަށް ދަތުރު ކޮއްފައިވާ އަޝްވާ ބުނާ ގޮތުގައި ރާއްޖޭގައި ރަށް ގިރުމުގެ މައްސަލައާ ދިމާ ނުވާ އެއްވެސް ރަށެއް ނެތެވެ.

ހދ. މަކުނޫދޫގައި ގިރިފަ އޮތް ގޮންޑުދޮށް ކުނި ކެހުމުގައި އަންހެނަކު ހަރަކާތްތެރިވަނީ: ތިމާވެށި ހިމާޔަތްކުރުމުގައި ވަކިވަކި ފަރުދުންގެ އެއްބާރުލުމާއި މަސައްކަތް ވަރަށް މުހިންމެވެ.

އަޝްވާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރެވޭނީ ހުރިހާ ރައްޔިތުންގެ އެހީ އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.