Raajje.mv
ފޮޓޯ ގެލަރީ

އޯޝަން އެންޑް ކްލައިމެޓް ޔޫތު އެމްބަސަޑާ ޕްރޮގްރާމް

ޕީސް ބޯޓުން ހުށައެޅި ޕްރޮގްރާމް، "އޯޝަން އެންޑް ކްލައިމެޓް ޔޫތް އެމްބަސަޑާ"'ގެ ބައެއް ހަރަކާތްތައް

އަޝްވާ ފަހީމް
ޕީސް ބޯޓަކީ ޖަޕާންގެ ކްރޫސްލައިނެއްގެ އިތުރުން ސަސްޓެއިނަބަލް ޑިވިލޮޕްމަންޓް ގޯލްސް ހާސިލް ކުރުމަށާއި، ތިމާވެށި ހިމާޔަތް ކުރުމަށާއި، އިންސާނިއްޔަތުގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން ނިއުކްލިއާ ވޭސްޓްގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތަކުން ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުންދާ ނޮން ޕްރޮފިޓް އޯގަނައިޒޭޝަނެއެވެ. މިގޮތުން މިއަހަރު ޕީސް ބޯޓުން ވަނީ އޯޝަން އެންޑް ކްލައިމެޓް ޔޫތު އެމްބަސަޑަރސްގެ ނަމުން ޕްރޮގްރާމެއް ހުށައަޅާފައެވެ. ރާއްޖެޓީވީގެ ފޮޓޯގްރާފަރ އަޝްވާ ވަނީ މި ޕްރޮގްރާމަގައި ބައިވެރިވެފައެވެ.

ޕީސް ބޯޓުން މި ހުޅުވާލި ޕްރޮގްރާމްގައި ހަތް އެމްބަސަޑަރުން ހޮވިފައި ވެއެވެ. އެއީ ދިވެހިރާއްޖެ، ސޭޝެލްސް، މާޝަލް އައިލަންޑްސް، ކިރިބަސް، ފިޖީ، ބެލީޒް އަދި ޓްރިނިޑަޑް އެންޑް ޓޮބާގޯގެ ފަރާތުންނެވެ. މި ހުރިހާ ބައިވެރިންނަކީ ވެސް ތިމާވެށި ރައްކާތެރިކުރުމަށްޓަކާ އެކުދިންގެ ގައުމުގައި މަސައްކަތްކުރަމުންދާ ލޯޔަރުންނާއި، އެކްޓިވިސްޓުނަނާއި އަދި އާޓިސްޓުންނެއެވެ.

ޕީސް ބޯޓް ދުނިޔެ ވަށައި ތިން ބުރު ޖެހިއިރު އެ ދަތުރުގައި 1000 ޖަޕާން ޓުއަރިސްޓުންނާއި އެކި ދާއިރާއިން ފުންނާބު އުސް ގެސްޓް އެޑިއުކޭޓަރުން ވެސް ހިމެނެއެވެ.

ޕީސް ބޯޓުގައި އެކި ހަރަކާތްތައް އުނގަނައިދޭ ކްލާސްތައް ހިންގިއެވެ. އޮގޮތުން ޖަޕާން ބަސް ދަސްކޮއްދޭ ކްލާސްތަކާއި، ޖަޕާންގެ ސަގާފީ ބެރު ޖެހުމުގެ އިތުރުން އާރޓް އެންޑް ކްރާފްޓްސްގެ ހަރަކާތްތައް ހިމެނެއެވެ.

ބާސެލޯނާ އިން ފެށިގެން ސްކޯޓްލަންޑްގައި ކަންޑުމަތީގައި ކުރި ދަތުރުގައި ޔޫރަޕްގެ ވަރަށް ގިން ލޭންޑްމާކްތައް ވަނީ ފެނިފައެވެ. އެގޮތުން ބޮޑެތި ފަރުބަދަތަކުގައި ޔޫރަޕްގެ ވަރަށް ގިނަ ސަރުކާރުތަކުން ވައިގެ ހަކަތައަށް އިންވެސްޓްކޮށް އެއިން ލިބޭ ހަކަތައިން ފެނާއި، ކަރަންޓާއި އަދި އެހެން މުހިންމު ނިޒާމްތަކުގެ ވަސީލައްތައް ޔޫރަޕްގެ ރައްޔިތުންނައް ދަނީ ފޯރުކޮއްދެމުންނެވެ.

ސްކޮޓިޝް ޕާލިމަންޓަށް ޒިޔާތްކޮށް ބައެއް މެމްބަރުންނާއި ބައްދަލުކޮށް އޯޝަން އެންޑް ކްލައިމެޓް ޔޫތު އެމްބަސަޑަރުންގެ ޕްރޮގްރާމާއި ސްކޮޓްލަންޑްގެ ކުރިން ދިޔަ ފަސް ގައުމުގައި އެމްބަސަޑަރުން ތިމާވެއްޓާ ބެހޭ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކުގެ ހުލާސާ ހިއްސާކޮށް އަދި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ހިއްސާކޮށްފައި ވެއެވެ.

ކުރީގެ ޔުނައިޓަޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ އެގްޒެކެޓިވް ސެކްރެޓަރީ ކްރިސްޓިއާނާ ފިގަރަސްއާ އެކީ ރާއްޖެޓީވީ ފޮޓޯގްރާފަރ ކްލާހެއްގައި ބައިވެރިވަމުންދާ މަންޒަރު.

އަޝްވާ ފަހީމް ގެ ފޮޓޯ ސްޓޯރީ "ދަ ލާސްޓް ޕެރަޑައިސް" ވަނީ ލަންޑަނާއި ނިއު ޔޯކްގައި އެގްޒިބިޓް ކޮށްފައެވެ. މި ފޮޓޯ ސީރީސްއަކީ ރާއްޖޭގެ ރަށްރަށުގައި ރަށްތައް ގިރަމުންދާ މައްސަލައާ ގުޅިގެންނާއި މޫދަށް އަޅަމުންދާ ކުނީގެ މައްސަލަތައް ދައްކުވައިދޭ ފޮޓޯ ސީރީސްއެކެއެވެ

ބާސެލޯނާގެ ގޮންޑުދޮށާއި އަދި ވަށައިގެންވާ މޫދު ހިމާޔަތްކޮށް ރީތިކޮށް ބެހެއްޓުމަށް މަސައްކަތްކުރަމުންދާ ސެންޓަރުގައި ހުރި ފޮޓޯ އެގްޒިބިޝަނެއްގެ މަންޒަރު: މި ފޮޓޯތަކުން ހާމަކޮށްދޭން ބޭނުންވީ މޫދަށް އަޅަމުންދާ ޕްލާސްޓިކްގެ އެކި ބާވަތްތަކާއި އިތުރުވަމުންދާ އަދަދުގެ ހަގީގަތެވެ.

ބާސެލޯނާގެ ބައެއް ގޮންޑުދޮށްތަކުން 1990 އިން ފެށިގެން މިހާތަނަށް ހޮވާފައިވާ ފާހަގަ ކޮއްލެވޭ ޕްލާސްޓިކް ތަކެތީގެ މައުރަޒެއް: ޕްލާސްޓިކް ހަލާކުވާން 100 އަހަރަށް ވުރެއް ގިނަ ދުވަސް ނަގައެވެ. އެ ގޮތުން 1992ގައި ބާސެލޯނާގައި އޮތް އޮލިމްޕިކްސްގައި އުކާލެވުނު ކުނި ވެސް މި މައުރުޒަގައި ދައްކާލާފައި ވެއެވެ.

ތިން ހަފްތާ ވަންދެން ކުރި ދަތުރުގައި ޔޫރަޕާއި އައިސްލަންޑްއާ ދެމެދުގައި އެޓްލާންޓިކް އޯޝަންގެ ހިސާބެއްގައި ދުނިޔޭގައި މަޝްހޫރުކަން ލިބިފައިވާ ނޯދަންލައިޓްސްގެ މަންޒަރު: މި ހިސާބުގައި ފިނި ހޫނިމިންގެ އުޅެނީ  މައިނަސް އެއް ޑިގްރީ ސެލްސިއަސްގައެވެ.

ސެޕްޓަމްބަރ 22 އިން ފެށިގެން އޮކްޓޯބަރު 17ގެ ނިޔަލަށް ހިންގި ޕްރޮގްރާމްގެ ހަ ވަނަ ގައުމު އަދި އެއްމެ ފަހު ސިޓީ، ނިއު ޔޯކްގެ ޔުނައިޓެޑް ނޭޝަންސްގައި ވާހަކަ ދެއްކުމަށް ފަހު ހަތް ޔޫތު އެމްބާސަޑަރުންނާއެކު ގްރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން. އދ.  ގައި ދަތުރުގެ ހުލާސް ކިޔައިދީ އަދި ރާއްޖޭ އަށް ތިމާވެށީގެ ގޮތުން ކުރިމަތިވަމުންދާ ނުރައްކަލުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ،..