ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ
އޯގަސްޓް 23، 2017: މިރޭ ކުރިއަށްގެންދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ފާހަގަ ކުރަށްވަާފައިވާ ގޮތުގައި ބީއެމްއެލްއަށް ފާއިތުވެ ދިޔަ އަހަރު 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ، އަދި ޓެކްސްއަށް ކެނޑުމަށްފަހު 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ
އޯގަސްޓް 23، 2017: މިރޭ ހޮޓެލް ޖެންގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަފުޅު ދައްކަވަނީ: މި ޖަލްސާގައި ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ
އޯގަސްޓް 23، 2017: މިރޭ ހޮޓެލް ޖެންގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ގައި ހިއްސާދާރުން ވޯޓްލަނީ
އޯގަސްޓް 23، 2017: މިރޭ ހޮޓެލް ޖެންގައި ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބޯޑް އޮފް ޑިރެކްޓާރސްއަށް ވަނީ 3 ބޭފުޅަކު ހޮވާފައެވެ
އޯގަސްޓް 23، 2017: މިރޭ ހޮޓެލް ޖެންގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ގައި ބީއެމްއެލްގެ ހިއްސާދާރުން ބައިވެރިވެވަޑައިގަންނަވަނީ
އޯގަސްޓް 23، 2017: މިރޭ ހޮޓެލް ޖެންގައި ބޭއްވުނު ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ގައި ބީއެމްއެލްގެ ހިއްސާދާރުން ބައިވެރިވެވަޑައިގަންނަވަނީ
އޯގަސްޓް 23، 2017: މިރޭގެ އަހަރީ އާންމު ޖަލްސާއަކީ ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އެންމެ ފަހުޖަލްސާއެވެ. މި އޭޖީއެމްއަށް ފަހު ބޯޑްގެ އިތުރު 2 މެމްބަރަކުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ
އޯގަސްޓް 23، 2017: ޗެއާޕާސަން ފަރީހާ ޝަރީފް ރިޔާސަތު ބެލެހެއްޓެވި މިރޭގެ އާންމު ޖަލްސާގައި 41 ހިއްސާދާރަކު ވަނީ ބައިވެރިވެ ވަޑައިގަންފައެވެ
އޯގަސްޓް 23، 2017: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 20 ރުފިޔާ ބަހަންވަނީ މިރޭގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައެވެ
އޯގަސްޓް 23، 2017: ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އޭޖީއެމް މިރޭ ހޮޓެލް ޖެންގައި ކުރިއަށްގެންގޮސްފިއެވެ.މިރޭގެ އަހަރީ އާންމު ޖަލްސާގައި 41 ހިއްސާދާރުން ވަނީ ބައިވެރިވެ ވަޑައިގަންފައެވެ