ސްޕެއިންގެ ރޭލު އެކްސިޑެންޓް - އެތައް ބަޔަކު މަރު
ސްޕެއިން ގެ ދެކުނު ގައި ހިނގި ރޭލު އެކްސިޑެންޓެއް ގައި 39 މީހުން މަރު ވެ 150 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެ، މީހުން ސަލާމަތް ކުރުމު ގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގި ރޭލު ގެ ކައިރީ ގައި ފަޔަރ ފައިޓަރަކާއި ސްޕެއިނު ގެ ސިވިލް ގާޑު ގެ ސިފައިން ހަރަކާތްތެރި ވަނީ - ފޮޓޯ: ރޮއިޓަރސް

މި އެކްސިޑެންޓު ހިނގާފައި ވަނީ މެޑްރިޑް ގެ ދެކުނުން 370 ކިލޯމީޓަރު ދުރުގައި އޮންނަ ކޯރްޑޯބާ ޕްރޮވިންސް ގެ އަޑަމުޒް ކައިރީ - ފޮޓޯ: ރޮއިޓަރސް

މި އެކްސިޑެންޓު ހިނގާ ފައި ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ މަލާގާއިން މެޑްރިޑަށް ދަތުރުކުރި ރޭލެއް ކަހާލުމުން - ފޮޓޯ: ރޮއިޓަރސް

ޓްރާންސްޕޯޓު މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށް - ފޮޓޯ: ރޮއިޓަރސް

އަނިޔާ ލިބުނު މީހުން ގެންގޮސް ފަރުވާ ދީފައި ވަނީ އަޑަމުޒްގެ ކަސެޓާ މުނިސިޕަލްގައި - ފޮޓޯ: ރޮއިޓަރސް

އަދާމުޒު ގައި ހުރި ސްޕޯޓްސް ސެންޓަރެއް ވަގުތީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވޭ - ފޮޓޯ: ރޮއިޓަރސް