Raajje.mv
ފޮޓޯ ގެލަރީ

ޙަލަބު ގައި ހަނގުރާމަ ހޫނުވެ، އާންމުން ފިލައިގެން ދާން މަޖުބޫރު ވުން

ސީރިއާ އާއި އެސްޑީއެފް އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޙަލަބު ގައި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ވަނީ ހިޖުރަ ކޮށްފަ އެވެ.

ޒުނާނާ ޒާލިފް
09 ޖެނުއަރީ 2026
ކުރުދީން ގެ އަޣުލަބިއްޔަތު އޮންނަ އަވަށް ތަކުން ގެދޮރު ދޫކޮށް ދިޔަ އުމުރުން ދުވަސްވީ އަންހެނަކަށް ސީރިއާ ގެ ސިވިލް ޑިފެންސް ވޯކަރުން އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ސީރިއާ ސަރުކާރާއި ކުރުދީ ސިފައިން ވަނީ ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހަމަނުޖެހުން ތަކުގެ ފަހަތު ގައި ތިބީ އެކަކު އަނެކަކު ކަމަށް ތުހުމަތުކޮށްފައި - ފޮޓޯ: އޭއެފްޕީ

ޙަލަބު ގެ ޑައިރެކްޓްރޭޓް އޮފް ސޯޝަލް އެފެއާޒް އެންޑް ލޭބަރ އިން ބުނީ އެ ހަމަނުޖެހުން ތަކުގައި 138،000 އަށް ވުރެ ގިނަ މީހުން ޝެއިޚް މަޤްސޫދާއި އަޝްރަފިއާ އިން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް - ފޮޓޯ: އޭއެފްޕީ

ސީރިއާ ގެ ރައްޔިތުން ވެހިކަލް ތަކުގައި ތިބި ޝެއިޚް މަގްސޫދާއި އަޝްރަފިހް އަވަށް ތަކުން ފިލަން މަސައްކަތް ކުރަނީ - ފޮޓޯ: އޭޕީ

ސީރިއަން އާމީ އޮޕަރޭޝަންސް ކޮމާންޑުން ވަނީ އެ ސަރަހައްދު ތަކުގައި އެސްޑީއެފް ގެ އަސްކަރީ ޕޮޒިޝަން ތަކުގެ މެޕެއް އާންމުކޮށްފައި - ފޮޓޯ: ރޮއިޓަރސް

"އަހަރެމެން ފިލައިގެން ދިޔަޔަސް، ދާންވީ ތަނެއް ނޭނގެ. 14 އަހަރުގެ ހަނގުރާމަ، ހީވަނީ އެއީ ފުދޭވަރެއްހެން،" ހަމައެކަނި ނަން ދިން އުމުރުން 38 އަހަރުގެ އަހުމަދު އޭނާގެ ދަރިފުޅު ބުރަކަށިމަތީ ގައި އުފުއްލަމުން އޭއެފްޕީ ނިއުސް އޭޖެންސީއަށް ބުނި - ފޮޓޯ: ރޮއިޓަރސް