ޣައްޒާ އަށް ތާއީދު ކޮށް ތުރުކީ ގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރުން
އިޒްރޭލުން ޣައްޒާ ގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިސްތަންބުލް ގައި ވަނީ މުޒާހަރާ ކޮށްފަ އެވެ.

މި މުޒާހަރާ ރާވާފައި ވަނީ ހިއުމެނިޓޭރިއަން އެލަޔަންސް އަދި ނެޝަނަލް ވިލް ޕްލެޓްފޯމުން - ފޮޓޯ: ގެޓީ އިމޭޖަސް

މި މުޒާހަރާ ގައި ގިނަ ބައިވެރިން ތުރުކީ އާއި ފަލަސްތީނުގެ ދިދަތައް އުފުލާ ފައި ވޭ - ފޮޓޯ: ގެޓީ އިމޭޖަސް

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އިސްތަންބޫލްގެ އެކި ހިސާބުތަކު ގައި އެތައް ހާސް ބަޔަކު އެއްވެ ފަލަސްތީނު ގެ ރައްޔިތުންނާ އެކު ވާކަން ދައްކާލުމު ގެ ގޮތުން ކުރި މުޒާހަރާ ގެ ތެރެއިން - ފޮޓޯ: ގެޓީ އިމޭޖަސް

މުޒާހަރާ ގެ ބައިވެރިން ގަލާޓާ ބުރިޖު މަތީ ގައި އެއްވެފައި ވާ މަންޒަރު ދައްކުވައިދޭ ޑްރޯން ފޮޓޯ އެއް - ފޮޓޯ: ރޮއިޓަރސް

މުޒާހަރާގެ ބައިވެރިން އެއްވެފައި ވަނީ ފަތިސް ނަމާދަށް ފަހު - ފޮޓޯ: ރޮއިޓަރސް

ގަދަ ފިނީ ގައި ވެސް، އެތައް ހާސް ބަޔަކު ވަނީ މި މުޒާހަރާގައި ބައިވެރި ވެފައި - ފޮޓޯ: ރޮއިޓަރސް